02 ޖޫން 2016
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބާލަން ބޭނުންކުރާ ސާމާނާއި އުޅަނދު އެކަށީގެންވާ ވަރަށް ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން ނުވަ ވަރަކަށް މަސް ނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބާލަން ބޭނުންކުރާ ސާމާނާއި އުޅަނދު އެކަށީގެންވާ ވަރަށް ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަތައް ހައްލުކުރަން ނުވަ ވަރަކަށް މަސް ނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ދާދިފަހުން އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޖުނައިދު ވިދާޅުވީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން އެތެރެކުރާ މުދަލުގެ އަދަދު 50 ޕަސެންޓް އިތުރުވި އިރު، އެ ކުންފުންޏަށް ހައްލު ކުރެވިފައި ނުވާ ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސައަކީ އިކުއިޕްމަންޓް ނެތުން. އެ ތަކެތި ހޯދަން ބަލާއިރު މެނުފެކްޗަރާ އަތުން ގެންނަން ހައެއްކަ މަސް އެބަ ނަގާ. އަޅުގަނޑުމެން އެބަ ބޭނުންވޭ އާރުޓީޖީން ފެށިގެން ފޯކްލިފްޓާ ހަމަޔަށް ވެހިކަލް. މިތަނުގެ ގިނަ ވެހިކަލްތައް ހުރީ ހަލާކުވެފައި،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރަށް ބޭނުންވާ އާ އުޅަނދުތައް ގެންނަން ބޭނުންވާ ހުއްދަތައް ހޯދަން ވަރަށް އަވަހަށް އެ ކުންފުނީގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ހުއްދަތައް ލިބިގެން އުޅަނދުތައް ގެންނަން ހައެއްކަ މަސް ނަގާނެ ކަމަށް ޖުނައިދު ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރަކުން މުދާ ނެރެގެން ގެންދަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"އަޅުގަނޑުމެންގެ 1،400 އެއްހާ މުވައްޒަފުން އެބަތިބި. އެކަމަކު އިކުއިިޕްމަންޓް ނެތި މަސައްކަތެއް ނުކުރެވޭނެ. އެހެންވެ މިހާރު އެންމެ ބޮޑު އިސްކަމެއް މި ދެނީ މިތަނަށް ބޭނުންވާ އިކުއިޕްމަންޓް ހޯދަން،" އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދިއުން ހުއްޓާލުމަށް ފަހު، އެތަކެތި ކަނޑުމަތީގައި ބެހެއްޓުމަށް ބިޔަ ބާޖެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިހާރު މިތަނުން ހުސްކުރާ ކޮންޓެއިނަރުތައް ބަހައްޓަން ޖެހެނީ ހުޅުމާލޭގައި. އެކަމަށް ވަރަށް ގިނަ ވަގުތު އެބަ ނަގާ. އެ މައްސަލަ ހައްލުކުރަން 200 ކޮންޓެއިނަރު ބެހެއްޓޭ ވަރުގެ ބާޖެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނީ. އެ ބާޖު އޮންނާނީ މި ބަނދަރު ކައިރީގައި. އޭރުން ވަރަށް ގިނަ ވަގުތު ސަލާމަތްވާނެ،" އޭނާ ވިދާޅުވި އެވެ.
މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ކޮންޓެއިނަރަކުން މީހަކު މިއަދު މުދާ އުފުލަނީ: އެ ކުންފުނިން ބުނީ މުދާ ބާލަން ބޭނުންވާ ވެހިކަލް މަދުވުމުން ދަތިތަކެއް ދިމާވާ ކަމަށް. --ފޮޓޯ: ނިޝާން އަލީ /މިހާރު
ޖުނައިދު ވިދާޅުވީ އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރު ބަހައްޓާނެ ޖާގަ އިތުރުކުރުމުގެ ގޮތުން، ކުރިން އެ ސަރަހައްދުގައި އެއް ލައްކަ އަކަފޫޓުގެ ގޮނޑެއް ހުސްކޮށްފައިވާ ކަމަށެވެ.
"އެތަނަކީ ކުރިން ބާވެހިކަލްތަކާއި އެކި ކަހަލަ ކުނިބުނި އަޅާފައި އޮތް ބޮޑު ގޮނޑެއް. އަޅުގަނޑު ހަވާލުވުމަށް ފަހު އެ ތަނުގައި ހުރި ތަކެތި ވަނީ ތިލަފުއްޓަށް ގެންގޮސްފައި. އެތަން ހުސްކުރުމުން 100 ކޮންޓެއިނަރު ބެހެއްޓޭނެ ޖާގަ އިތުރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ 1،400 އެއްހާ މުވައްޒަފުން އެބަތިބި. އެކަމަކު އިކުއިިޕްމަންޓް ނެތި މަސައްކަތެއް ނުކުރެވޭނެ. އެހެންވެ މިހާރު އެންމެ ބޮޑު އިސްކަމެއް މި ދެނީ މިތަނަށް ބޭނުންވާ އިކުއިޕްމަންޓް ހޯދަން،"
ޖުނައިދު ވިދާޅުވީ ރޯދައާ ދިމާކޮށް ގޭގެ އިން އުކާލާ ކުނީގެ އަދަދު އިތުރުވަމުން އަންނާތީ، އެމްޕީއެލްގެ މީރުބަހުރު ބަނދަރަށް ކުނި ހިފައިގެން އަންނަ ލޮރީގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އެއާއެކު އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ޓިކެޓް ވިއްކާ ކައުންޓަރު ބަނދަރުގެ އެތެރެ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުވާލަކު ހާހެއްހާ ލޮރީ ދަތުރު އެބަކުރޭ އެ ސަރަހައްދުން މުދާ ހިފައިގެންނާއި ކުނި އުކާލުމަށް. ކުރިން އޮންނަ ގޮތުން ވަންނަ ގޭޓު ކައިރިން ޓިކެޓް ގަންނަން މަޑުކުރަން ޖެހޭ. އޭގެ ސަަބަބުން ޓްރެފިކް ތޮއްޖެހި ވަރަށް ގިނަ ދަތިތައް ކުރިމަތިވޭ. ނަމަވެސް މިހާރު މި ގެނައި ބަދަލާ ގުޅިގެން އެ މައްސަލަ ހައްލުވެގެންދާނެ،" ޖުނައިދު ވިދާޅުވި އެވެ.
ބޮޑެތި ކާގޯ ލައިންތައް ރާއްޖެއާ ދުރަށް!
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އެމްޕީއެލް އިން އިމްޕޯޓަރުންނަށް ލުއިތަކެއް ދީފި
ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރުގެ ފީއެއް ނަގަނީ
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
މުޅި ރާއްޖެއަށް މެރިޓައިމް ދާއިރާ ފުޅާކުރާނަން: ވަޖީހު
ފުރަތަމަ ހިދުމަތް ދެނީ "ވައިސީ ބެރިއާ" އަށް