01 ޖެނުއަރީ 2018
އެމެރިކާގެ ހުރިހާ ސަރަހައްދުތަކެއް ވެސް އޮތީ އުތުރު ކޮރެއާގެ ހަތިޔާރުތައް ފޯރާ ފަށުގައި ކަމަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ހުރިހާ ސަރަހައްދުތަކެއް ވެސް އޮތީ އުތުރު ކޮރެއާގެ ހަތިޔާރުތައް ފޯރާ ފަށުގައި ކަމަށް އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.
މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި ކިމް ވިދާޅުވީ އުތުރު ކޮރެއާ އަށް ހަމަލާ ދިނުމަކީ މިހާރު އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު އުތުރު ކޮރެއާ އަކީ ހަގީގީ ނިއުކްލިއާ ބާރެއް ކަމަށް އިއުތިރާފް ވުމަށް ވެސް އޭނާ އެމެރިކާ އަށް ގޮވައިލެއްވި އެވެ.
"މުޅި އެމެރިކާ ވެސް އޮތީ އަހަރެމެންގެ ނިއުކްލިއާ ހަތިޔާރުތައް ފޯރާ ފަށުގައި. ނިއުކްލިއާ ހަތިޔާރުގެ ތަޅުދަނޑި އަބަދުމެ އޮންނާނީ އަހަރެންގެ މޭޒު މަތީގައި. މިއީ ހަގީގަތް، މިއީ އިންޒާރެއް ނޫން،" ކިމްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
ކިމްގެ މެސެޖްގައި އެ ގައުމުގެ އަސްކަރީ ވެރިންނަށް ގޮވައިލެއްވީ އިތުރު ނިއުކްލިއާ ވޯހެޑް އުފައްދައި އިތުރު ބެލެސްޓިކް މިސައިލް ވެސް އުފެއްދުމަށެވެ. އަދި އުތުރު ކޮރެއާ އޮތީ އެމެރިކާގެ ނިއުކްލިއާ ހަމަލާއަކާ ކުރިމަތިލުމުގެ ފުރިހަމަ ގާބިލުކަމާ ވެސް އެކުގައި ކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް، އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލްގެ ހަ ތަޖުރިބާއެއް ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މިސައިލްތައް ޖަޕާނުގެ މަތިން ވެސް ފޮނުވާލާފައިވެ އެވެ.
އަނެއްކޮޅުން އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ މައިކް މޮލެން ވިދާޅުވީ، އުތުރު ކޮރެއާއާ އެކު ހަނގުރާމައެއް ފެށުމަށް އެމެރިކާ އިން މަސްރަހު ހޫނު ނުކުރާ މިންވަރަށް މިހާރު ވަނީ މަސްރަހު ހޫނުކޮށްފައި ކަމަށެވެ. އުތުރު ކޮރެއާއާ މެދު ރައީސް ޓްރަމްޕުގެ ބަސްމަގު ހުރި ގޮތުން ދެ ގައުމުގެ ޒަމާންވީ ދެކޮޅުވެރިކަން އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ތިލާސަން ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށްޓަކައި ކުރިމަގުގައި ވެސް އެ ގައުމަށް ހުރިހާ ގޮތަކުން ފިއްތުންތައް ކުރިމަތި ކުރަމުންދާނެ ކަމަށެވެ.
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ރަޝިޔާއިން އެމެރިކާއަށް: ނިއުކްލިއާ ހަތިޔާރޭ ނުކިޔާ!
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް
އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއަށް ނުދޭނެ
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި