Roadha Mihaaru
ސިފައިންގެ ތަމްރީނުތަކެއްގައި ފްލެއާ އަރުވަނީ

ހަ ރަށެއްގައި ސިފައިންގެ ތަމްރީނުތަކެއް، ފްލެއާ އަރުވާނެ

22 ޑިސެމްބަރ 2017

ސިފައިންގެ އަސްކަރީ ތަމްރީނުތަކެއްގައި މާދަމާ އިން ފެށިގެން ހަ ރަށެއްގައި ފްލެއާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިފައިންގެ އަސްކަރީ ތަމްރީނުތަކެއްގައި މާދަމާ އިން ފެށިގެން ހަ ރަށެއްގައި ފްލެއާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ލ. ކައްދު އާއި އެ އަތޮޅު މާންދު އާއި ގަމުގެ އިތުރުން ކަޅައިދު އާއި ބަރެސްދޫ އަދި ޅ. މާފިލާފުށީގަ އެވެ.

ލ. އަތޮޅުގެ ރަށްތަކުގައި ފްލެއާ އަރުވާނީ މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އިރުއޮއްސޭ ވަގުތުން ފެށިގެން، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ހަމަ އަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މާފިލާފުށީގައި ފްލެއާ އަރުވާނީ މާދަމާ އިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް އެ ވަގުތުތަކުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ލ އަތޮޅުގައި ބާއްވާ ތަމްރީނުގައި ބޭނުންކުރާ ވަޒަން ދަތުރު ކުރާނީ ބިމުން ފެށިގެން މައްޗަށް 300 މީޓަރު ދުރުމިނަށާއި 300 މީޓަރު އުސްމިނަށެވެ. މާފިލާފުށީގައި ބޭނުންކުރާ ވަޒަން ދަތުރު ކުރާނީ ބިމުން ފެށިގެން މައްޗަށް 200 މީޓަރު ދުރުމިނަށާއި 200 މީޓަރު އުސްމިނަށެވެ.

ދާދިފަހުން ސިފައިން ވަނީ ހަތިޔާރާ އެކު ނިކުމެ، މާލޭގައި ވެސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އިންޑިއާ ސިފައިންނާ އެކު އިންޑިއާގައި ވެސް ދިވެހި ސިފައިންގެ ތަމްރީނުތަކެއް މިހާރު އެބަ ކުރިއަށް ގެންދެ އެވެ.