Roadha Mihaaru
މަރުވި ނާހިދުގެ އާއިލާއަށް އެމްޑީޕީން އެހީވަނީ

މަރުވި ނާހިދުގެ އާއިލާއަށް އެމްޑީޕީން އެހީވަނީ

18 ޑިސެމްބަރ 2017

ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ އަށް، އެ އަތޮޅު ބިލެއްދޫން ފަތާފައި ދަނިކޮށް މަރުވި އިބްރާހިމް ނާހިދުގެ އާއިލާ އަށް އެމްޑީޕީން އެހީތެރިވާން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ އަށް، އެ އަތޮޅު ބިލެއްދޫން ފަތާފައި ދަނިކޮށް މަރުވި އިބްރާހިމް ނާހިދުގެ އާއިލާ އަށް އެމްޑީޕީން އެހީތެރިވާން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އިދިކޮޅު އެހެން އެކްޓިވިސްޓުންނާއެކު މި މަހުގެ އަށް ވަނަ ދުވަހު ފަތާފައި ދަނިކޮށް މަރުވި ނާހިދަކީ އެ ޕާޓީގެ އިޚުލާސްތެރި މެމްބަރެއް ކަމަށާއި އެހެންވެ، އޭނާގެ އާއިލާ އަށް އެމްޑީޕީން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނައިރު، ގޮތެއް ނިންމާނީ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު ކަމަށް އެމްޑީޕީން ބުންޏެވެ.

"އެހީގެ ގޮތުގައި ފައިސާ ދޭނީތޯ ނޫނީ އެހެން ގޮތެއް ހަމަޖައްސާނީ އަޅުގަނޑުމެން ކަނޑައަޅާނީ އާއިލާއާ މަޝްވަރާ ކުރުމަށް ފަހު. އާއިލާއާ އަދި އެކަމާ ގުޅޭގޮތުން ވާހަކަ ނުދައްކާ މިއުޅެނީ ހިތާމައިގެ ވަގުތުގައި އާއިލާ އަށް ވަގުތު ދޭން ވެގެން،" އެމްޑީޕީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

މަގޫދޫގައި އޮތް އިދިކޮޅު ޖަލްސާއަށް ބިލެއްދޫން ޒުވާނުންތަކެއް ފަތާފައި ދަނީ

މަގޫދޫގައި އޮތް އިދިކޮޅު ޖަލްސާއަށް ބިލެއްދޫން ޒުވާނުންތަކެއް ފަތާފައި ދަނީ

އޭނާ ވިދާޅުވި ގޮތުގައި މިކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

ނާހިދު މަރުވީ، މޫދަށް ފުންމާލިތާ މާގިނަ އިރުތަކެއް ނުވަނީސް މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޑޮކްޓަރުން ބުނާގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

މަރުވި އިރު ނާހިދުގެ އަންބަކާއި ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.

އޭނާ މަރުވި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވި ނަމަވެސް، އެ ޖަލްސާއަށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވަޑައިގަތީ ނާހިދުގެ ޖަނާޒާގެ ކަންކަން ނިންމާފަ އެވެ.