03 ޖުލައި 2022
އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.
އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.
ލަންކާގައި ދިރިއުޅުއްވާ ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެމްޑީޕީގެ އަދި ސިޔާސީ މަސައްކަތްތަކުގައި ވެސް އޭނާ ފަހުން ނޫޅުއްވަ އެވެ.
ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔާފައިވެ އެވެ. އަމިއްލައަށް އަރުވާލެވިގެން ރާއްޖޭން ބޭރުގައި އުޅުއްވަމުން މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި ލަތީފް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގަ އެވެ.
ލަތީފް އަވަހާރަވުމާ ގުޅިގެން އެކަމާ ހިތާމަ ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓްވީޓްކުރައްވައި ވިދާޅުވީ ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
އެމްޑީޕީގެ އެއް ފައުންޑަރ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި މުޙައްމަދު ލަޠީފު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާ އެކު. މަރްޙޫމަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) July 3, 2022
"އެމްޑީޕީގެ އެއް ފައުންޑަ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި މުހައްމަދު ލަތީފު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާ އެކު. މަރްހޫމަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން،" ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ލަތީފް އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ލަތީފަކީ ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި އެއީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބައިވެރިއެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Alhugaduge hayaathuga dhimaavi varah hiyheyo,thedhuveri, vafaatheri,visnuntherii adhi ehaame hivvarugadha eh beyfulhakee Thinadhoo Mohamed Latheef.Siyasee gina kankamuge heyo lafaadhevvi baiverieh.Maaiy Allah marhoom ah suvaruge minvarukuravva,aaila ah kehtherikan dhevvashi.Ameen
— Mohamed Nasheed (@MohamedNasheed) July 3, 2022
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަތީފަކީ އެމްޑީޕީ ވުޖޫދަށް ގެނެސް ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި އަގުނުކުރެވޭ ގުރުބާނީތަކެއްވި ހިތްވަރުގަދަ ދިވެހި ދަރިއެއް ކަމަށެވެ.
އެމްޑީޕީގެ ފައުންޑާ މެމްބަރ މުހައްމަދު ލަތީފް އަކީ މި ޕާޓީ ވުޖޫދަށް ގެނެސް ދިވެހިރައްޔިތުން ގެ އިންސާނީ ހައްގުތައް ހޯދާދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރައްވާ އަދި އަގުނުކުރެވޭ ގުރުބާނީ ތަކެއް ވެފައިވާ ހިއްވަރުގަދަ ދިވެހި ދަރިއެކެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.
— Fayyaz Ismail (@faya_i) July 3, 2022
ލަތީފް މަޖިލިސް މެންބަރުކަން ކުރެއްވީ 1989 ވަނަ އަހަރު އެވެ. މެންބަރުކަން ދޫކޮށްލެއްވީ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ އިސްލާހީ މަސައްކަތްތައް ކުރެއްވުމުގެ ސަބަބުން ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެމްޑީޕީގެ "ކޮމާންޑަރު" މަރުވެއްޖެ
އެމްޑީޕީގެ 5 މިލިއަންގެ ދަރަނިދައްކަން އެއްބަސްވުމަކަށް
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
އެމްޑީޕީން ކުރި މަސައްކަތް ފެންނަން ހުންނާނެ: އާޒިމް
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި
މެމްބަރު ހައިތަމް އެމްޑީޕީން ވަކިވެއްޖެ
މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް