Roadha Mihaaru

ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފި

ދިހަ ހާސް މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބަޖެޓު ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެރިކަން ކުރާ ޕީއެންސީ އަށް 13 މިލިއަން ހިމެނޭ ގޮތަށް އިތުރު ހަތަރު ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ސެޕްޓެމްބަރ 2025

ދިހަ ހާސް މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބަޖެޓު ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެރިކަން ކުރާ ޕީއެންސީ އަށް 13 މިލިއަން ހިމެނޭ ގޮތަށް އިތުރު ހަތަރު ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށް ފަހު، ޕާޓީތަކަށް ފައިސާ ޖަމާކުރަން ބޭންކުތަކަށް ފޮނުވާފައިވާ ކަމަށެވެ.

އީސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އެމްޑީޕީއަށް ޖަމާކުރަން ފޮނުވާފައި ވަނީ 8.45 މިލިއަން ރުފިޔާ އެވެ. ޕީއެންސީ އަށް 13.31 މިލިއަން ޖަމާކުރަން ފޮނުވާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭ އަށް 1.7 މިލިއަން ރުފިޔާ ދޫކުރަން ބޭންކުތަކަށް ފޮނުވި އެވެ.

އީސީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ދޫކުރާ ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ވަނީ 10،000 މެމްބަރުން ތިބި ފަސް ސިޔާސީ ޕާޓީއަކަށް އެ ޕާޓީއެއްގައި މެމްބަރުން ތިބި ނިސްބަތުން ބޮލަކަށް 193ރ. ދޫކޮށްފައިވާ ކަމަށް ވެސް އީސީން ބުންޏެެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ޕީއެންސީ އެވެ. އެ ޕާޓީގައި 68،665 މެމްބަރުން އެބަ ތިއްބެވެ. އަދި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 43،765 މެމްބަރުންނެވެ.