ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި މި އަހަރުގެ ބަޖެޓްގައި ކަނޑައެޅި 27 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
10 އެޕްރީލް 2025
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި މި އަހަރުގެ ބަޖެޓްގައި ކަނޑައެޅި 27 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 27،981،256ރ. ކަމަށެވެ. އެ ފައިސާ ލިބެނީ ފަސް ޕާޓީއަކަށެވެ.
ފައިސާ ޕާޓީތަކަށް ބަހާނެ ގޮތުގެ ތަފުސީލު ވެސް އީސީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
މި އަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބޭ ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި 68،968 މެމްބަރުން ތިބުމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެއް ޕާޓީއަކަށް އެންމެ ގިނަ ފައިސާ ޕީއެންސީއަށް ދޭން ކަނޑައަޅާފައިވާއިރު، މީގެކުރިން އެންމެ ގިނައިން ފައިސާ ލިބެމުންދިޔަ އެމްޑީޕީއަށް މި އަހަރު ދޭން ކަނޑައަޅާފައިވަނީ 8.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި ތިބީ 43،755 މެންބަރުންނެވެ.
• ޕީއެންސީ - 13.3 މިލިއަން ރުފިޔާ
• އެމްޑީޕީ - 8.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ - 2.6 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ - 1.7 މިލިއަން ރުފިޔާ
• އެމްޑީއޭ - 1.7 މިލިއަން ރުފިޔާ
އެ ފައިސާ ދޫކުރަން ފަށާނެ ދުވަހެއް މިހާތަނަށް އީސީން ނުބުނެ އެވެ.
މީގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގާނޫނު އިސްލާހު ކުރުމަށްފަހު މިހާރު ވަނީ އެ އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޫކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓުން ސިޔާސީ ހަ ޕާޓީއަކަށް ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
ސައްހަ ނޫން ފޯމު ހުށަހެޅުނު ގޮތް ޕީއެންސީން ބަލަނީ
ނޭނގި ޕާޓީ ބަދަލުކުރާކަމުގެ ޝަކުވާ ލިބިފައިވޭ: އީސީ
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ 5 ޕާޓީއަކަށް
މިފަހަރު އެންމެ ގިނަ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް
10،000 މެމްބަރުން ހަމަވެ، ފައިސާ ލިބޭ ލިސްޓަށް ޕީއެންސީ
އީސީން އަންގާ ކަންކަން ކުރާ އިސްލާހާ ޕާޓީތަކުން ދެކޮޅު
ޕީޕީއެމާއި ޕީއެންސީ ދޮޅުލައްކަ ރުފިޔާ އިން ޖޫރިމަނާ
އެއްވުން ބާއްވަން ވާނީ އެޗްޕީއޭއިން އަންގާ ގޮތަށް