03 ޖުލައި 2022
އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަކީ ރާއްޖެ އަށް ހެޔޮވެރިކަމެއް ގެންނެވުމަށް ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގަތް ބޭފުޅެއް ކަމަށާއި އޭނާ ވަކިވެގެން ދިއުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް އެ ޕާޓިން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަކީ ރާއްޖެ އަށް ހެޔޮވެރިކަމެއް ގެންނެވުމަށް ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގަތް ބޭފުޅެއް ކަމަށާއި އޭނާ ވަކިވެގެން ދިއުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް އެ ޕާޓިން މިއަދު ބުނެފި އެވެ.
ލަންކާގައި ދިރިއުޅުއްވާ ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު އެވެ.
ލަތީފް ނިޔާވުމުގެ ހިތާމައިގައި އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީ އަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގު ނުކުރެވޭނެ ކަމަށެވެ. ގެއްލިގެން އެ ދިޔައީ، އެ ޕާޓީ ދެމިއޮތުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި ފަހުލަވާނެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީގެ ބަޔާނުގައި ބުނި ގޮތުގައި ލަތީފަކީ އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފަންކޮށް، މިއަދާ ހަމައަށް ހޯދާފައިވާ އެންމެހާ ކާމިޔާބީތަކުގެ އެއް ބާނީ އެވެ. ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި، ހަރުދަނާކުރުމަށް އެ ޕާޓީން އިސްނަގައިގެން ފެށި މަސައްކަތުގެ އެއް މޭސްތިރިއަކީ ވެސް އޭނާ ކަމަށް ބަޔާނުގައިވެ އެވެ.
"އޭނާ ވެވަޑައިގެންނެވި ގުރުބާނީ އަކީ، ގައުމުގައި ހެޔޮވެރިކަމެއް ގާއިމުކުރުމަށް އެމްޑީޕީން އިސްވެއޮވެ ފެށި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ގުރުބާނީއެކެވެ. އަދި އެގޮތުގައި ކުރިއަށް ދިޔުމުގައި ލިބުނު އެންމެބޮޑު އެއް ހިތްވަރެވެ،" އެމްޑީޕީން ބުންޏެވެ،
އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވަމުން، މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި ލަތީފް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގަ އެވެ.
މަޖިލިސް މެންބަރުކަން ލަތީފް ކުރެއްވީ 1989 ވަނަ އަހަރު އެވެ. މެންބަރުކަން ދޫކޮށްލެއްވީ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ އިސްލާހީ މަސައްކަތްތައް ކުރެއްވުމުގެ ސަބަބުން ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެ
އެމްޑީޕީގެ "ވަފާތެރި" އިސްމާއިލްބެ ނިޔާވެއްޖެ
ރައީސް: ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ހުސެއިން
މެމްބަރުންގެ ރުޅި ލުތުފީއަށް، ދިފާއުކުރެއްވީ އިމްރާން!
އެމްޑީޕީގެ "ކޮމާންޑަރު" މަރުވެއްޖެ
މަރުވި ގައިދީންނާ ގުޅޭ ދިރާސާ ރިޕޯޓެއް ހަދަނީ
މަޖީދުގެ ދީނީ ލަފަޔަށް ބިޔަ އިންވެސްޓްމަންޓެއް ހުއްޓާލި
މަރުވި ނާހިދުގެ އާއިލާއަށް އެމްޑީޕީން އެހީވަނީ
ސިންގަޕޫރު ކުއްޖަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
ދުވަނިކޮށް ހާޓްއެޓޭކް ޖެހުނު މީހާ ނިޔާވެއްޖެ