17 ޑިސެމްބަރ 2017
މެންޗެސްޓާ (ޑިސެމްބަރު 17) - އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ލީގުގައި ޖެހިޖެހިގެން 16 މޮޅު ހަމަކޮށްފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 17) - އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ލީގުގައި ޖެހިޖެހިގެން 16 މޮޅު ހަމަކޮށްފި އެވެ.
މި މެޗުން މޮޅުވުމާ އެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ 2010-2011 ވަނަ އަހަރުގެ ސީޒަނުގައި ބާސެލޯނާއާ އެކު ޖެހިޖެހިގެން 16 މެޗުން މޮޅުވެ ސްޕެނިޝް ލީގުގެ އެންމެ ގިނަ މެޗުން ޖެހިޖެހިގެން މޮޅުވެގެން ހެދި ރެކޯޑާ ހަމަކޮށްފަ އެވެ. ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހަމަކޮށްފައިވަނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ބަޔާން މިއުނިކުންނެވެ. އެ ޓީމުން ވަނީ 19 މޮޅު ހަމަކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ޖެހިޖެހިގެން އެންމެ ގިނަ މޮޅުގެ ރެކޯޑް ސިޓީން ހެދީ 15 މެޗުން މޮޅުވެގެންނެވެ.
މި މެޗުން މޮޅުވެ ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި 14 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެ ޓީމަށް 18 މެޗުން 52 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. މިރޭ ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޔުނައިޓެޑަށް އަލުން ސިޓީގެ ލީޑު 11 ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 1-0 އިން މޮޅުވެ ލީގުގެ ތިން ވަނައިގައި އޮތް ޗެލްސީން ވެސް ވަނީ 18 މެޗުން 38 ޕޮއިންޓް ހަމަކޮށްފަ އެވެ.
ސިޓީގެ އެއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމަށް ދެ ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. އަނެއް ދެ ލަނޑު ޖެހީ އިލްކޭ ގުންޑޮގާން އާއި ކެވިން ޑިބްރޭނާ އެވެ. އިތުރު ލަނޑެއް ޖަހަން ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް ފޮނުވާލި ބޯޅަ ކާމިޔާބެއް ނުވި އެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން އެވެ.
މެސުޓް އޮޒިލްގެ ލަނޑާ އެކު އަމިއްލަ ދަނޑުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައި އާސެނަލް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. މިރޭ ރަށުން ބޭރުގައި ބޯންމައުތު އަތުން މޮޅުވެގެން ލިވަޕޫލަށް އަލުން ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރޯއީ ހޮޖްސަންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ކްރިސްޓަލް ޕެލަސް ވަނީ 3-0 އިން ފޯމުގައި އޮތް ލެސްޓާ ސިޓީ ބަލިކޮށް ސީޒަނުގައި ފުރަތަމަ ފަހަރަށް ރަށުންބޭރުގައި މޮޅުވެފަ އެވެ. ބްރައިޓަން އާއި ބާންލީ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ހަޑްސްފީލްޑް ޓައުން ވަނީ 4-1 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. އަދި ޑޭވިޑް މޮއިސްގެ ވެސްޓް ހޭމް ވަނީ ރަށުން ބޭރުގައި 3-0 އިން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
ސިޓީ އާއި އާސެނަލް އެއްވަރު، ޗެލްސީ ބަލިވެއްޖެ
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ސިޓީ އަށް ރެކޯޑެއް، ޓޮޓެންހަމް ޗެމްޕިއަންސް ލީގަށް
ސިޓީ އާއި ޓޮޓެންހަމް މޮޅުނުވުމުގެ ފައިދާ އާސެނަލް އަށް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް