ލަންޑަން (ޑިސެމްބަރު 16) - ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑޮރްގާބާ އާއި މިހާރު އެ ޓީމަށް ކުޅޭ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާއާ އަޅާނުކިޔޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
16 ޑިސެމްބަރ 2017
ލަންޑަން (ޑިސެމްބަރު 16) - ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑޮރްގާބާ އާއި މިހާރު އެ ޓީމަށް ކުޅޭ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާއާ އަޅާނުކިޔޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އަނިޔާގެ ސަބަބުން އެންމެ ފަހުން ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު ނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ޗެލްސީން ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި މޮރާޓާ ކުޅޭނެ އެވެ. މި ހަފްތާގައި މޮރާޓާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ކުރިން ޑްރޮގްބާ ކުޅެފައިހުރި މެޗުތަކުގެ ވީޑިއޯތައް ބަލަމުން އަންނަ ކަމަށެވެ.
ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް 300 އަށް ވުރެން ގިނަ މެޗު ކުޅުނު ޑްރޮގްބާ ވަނީ އެ ޓީމަށް 164 ގޯލު ޖަަހައިދީފަ އެވެ. ޑްރޮގްބާގެ އެންމެ ހާއްސަ އެއް މެޗަކީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން އަތުން ޗެލްސީ މޮޅުވި މެޗެވެ. އެ މެޗުގައި ޗެލްސީ އަށް އެއްވަރުކޮށްދިން ލަނޑުގެ އިތުރުން މޮޅުވި ޕެނަލްޓީ ވެސް ކާމިޔާބުކުރީ ޑްރޮގްބާ އެވެ.
"ޑްރޮގްބާ އާއި މޮރާޓާ އަކީ ތަފާތު ދެ ކުޅުންތެރިން. ޑްރޮގްބާ އަކީ ފިޒިކަލީ ވަރުގަދަ ކުޅުމެއް ދެއްކި ކުޅުންތެރިއެއް. އެކަމަކު މޮރާޓާ އެހާ ފިޒިކަލީ ވަރުގަދައެއް ނޫން. ޑްރޮގްބާ ވަރަށް ގިނަ އަހަރުތަކުން ކާމިޔާބީ ހޯދީ. ހަނދާން ނައްތާލައިގެން ނުވާނެ މޮރާޓާ އަކީ އަދި ޒުވާން ކުޅުންތެރިއެއް. މުސްތަގުބަލުގައި އޭނާ އަށް ވެސް ގިނަ ކާމިޔާބީ ހޯދިދާނެ،" ކޮންޓޭ ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މި ވަގުތު އޮތީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. މިދިޔަ ސީޒަނުގައި ޗެލްސީން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެ ޓީމުން ޔޫރަޕް މުބާރާތެއްގައި ވާދަނުކުރެ އެވެ.
ކޮންޓޭ ބުނީ މި ސީޒަނުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ގިނަ މުބާރާތްތަކެއްގައި ކުޅެން ޖެހޭއިރު އެ ވަރުގެ ބޮޑު ސްކޮޑެއް ނެތުން ކަމަށެވެ.
ސައުތެމްޓަންގެ ކޯޗު މައުރީސިއޯ ޕެލެގްރީނޯ ބުނީ މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީ ހުއްޓުވަން ކުރަން ޖެހޭ މަސައްކަތް އެނގޭ ކަމަށާއި އެކަން ކާމިޔާބުކުރެވޭނެ ކަމަށެވެ.
ޗެލްސީ އާއި ސައުތެމްޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
މޮރާޓާގެ ގޯލުން ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި
މޮރާޓާ އަށް ހެޓްރިކެއް، ކުޓީނިއޯ ތަފާތު ދައްކައިފި
އެސްޓަން ވިލާ މޮޅުވެ، ޗެލްސީ އަށް ޕްރެޝަރު
ހުތުރުކޮށް ވެސް މުހިއްމީ މޮޅުވުން: މަރެސްކާ
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ކީޕަރަށް ފާޑުކިޔުމުގެ ކުރިން ވިސްނާލާ: މަރެސްކާ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި