24 ސެޕްޓެމްބަރ 2017
ލަންޑަން (ސެޕްޓެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަލްވާރޯ މޮރާޓާގެ ހެޓްރިކާ އެކު ސްޓޯކް ސިޓީ އަތުން ޗެލްސީ 4-0 އިން މޮޅުވިިއިރު، ފިލިއްޕޭ ކުޓީނިއޯގެ މޮޅު ކުޅުމާ އެކު 3-2 އިން ލެސްޓާ ސިޓީގެ މައްޗަށް ލިވަޕޫލް ކުރިހޯދައިފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަލްވާރޯ މޮރާޓާގެ ހެޓްރިކާ އެކު ސްޓޯކް ސިޓީ އަތުން ޗެލްސީ 4-0 އިން މޮޅުވިިއިރު، ފިލިއްޕޭ ކުޓީނިއޯގެ މޮޅު ކުޅުމާ އެކު 3-2 އިން ލެސްޓާ ސިޓީގެ މައްޗަށް ލިވަޕޫލް ކުރިހޯދައިފި އެވެ.
ރެކޯޑް އަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު މޮރާޓާ ރޭގެ މެޗުގައި ހެޓްރިކެއް ހެދިއިރު، މިއީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްވަންސީ ސިޓީ ކޮޅަށް ޑިއޭގޯ ކޮސްޓާ ހެޓްރިކެއް ހެދި ފަހުން ލީގުގައި ޗެލްސީގެ ފުރަތަމަ ހެޓްރިކެވެ.
ސްޓޯކް ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. ބްރާމީ ދިއުފާއި ހެސޭ ރޮޑްރިގޭޒް އަދި ޒެރްޑަން ޝަގީރީ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ. ޗެލްސީގެ އަނެއް ލަނޑު ޖެހީ ޕެޑްރޯ ރޮޑްރިގޭޒް އެވެ.
ލީގު ކަޕުން އަތުން ކެޓުމުން ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ ޖެހިޖެހިގެން ދެ މެޗުން ލެސްޓާ އަތުން ބަލިނުވުމަށެެވެ. މުހައްމަދު ސަލާ އާއި ފިލިއްޕޭ ކުޓީނިއޯގެ ހިލޭ ޖެހުމުން ލިވަޕޫލް ދެ ލަނޑުގެ ލީޑެއް ނެގިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާގެ ޝިންޖީ އޮކަޒާކީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ އުއްމީދު އާ ކޮށްދީފަ އެވެ.
ރޭގެ މެޗުގައި ކުޓީނިއޯ ހިލޭ ޖެހުން ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގެ މެދުތެރެއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިއަލް ސްޓަރިޖް ދިން ބޯޅައަކުން ޖޯޑަން ހެންޑަސަން ވަނީ ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. އެހެން ނަމަވެސް އޭގެ މިނިޓެއް ފަހުން ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރަން ވާޑީ ފޮނުވާލި ޕެނަލްޓީ ލިވަޕޫލް ކީޕަރު ސިމޮން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި 1-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
ސިޓީ ވަނީ ރޭ ކުޅުނު މެޗުން 5-0 އިން ލީގު ފުލުގައި އޮތް ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ރަހީމް ސްޓާލިން ދެ ލަނޑު ޖެހި އެވެ. އަދި ސާޖިއޯ އަގުއޭރޯ، ލިރޯއި ސާނޭ އަދި ފަބިއަން ޑެލްފް ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހި އެވެ.
ވެސްޓް ހޭމް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު އަތުން ޓޮޓެންހަމް މޮޅުވީ 3-2 އިންނެވެ. މި މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ޖެހީ ހެރީ ކޭން ދެ ލަނޑާއި ކްރިސްޓިއަން އެރިކްސެން އެވެ. ވެސްޓް ހޭމްގެ ދެ ލަނޑު ޖެހީ ހަވިއޭ ހެނާންޑޭޒާއި ޗެއިކް ކޮޔާޓޭ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑާއި ޗެލްސީ އެއްވަރު، ލިވަޕޫލް ދެ ވަނަ އަށް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ރެކޯޑް މޮޅާ އެކު ލިވަޕޫލް މަގާމު ދަމަހައްޓައިފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ
ޔުނައިޓެޑް ބަލިކޮށް ސިޓީ އަލުން އެއް ވަނަ އަށް
ޗެލްސީ އަށް ހަ ޕޮއިންޓުގެ ލީޑެއް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް