އެފްއޭ ކަޕް ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު، މިރޭ އެ ޓީމު ނުކުންނާނީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު، ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދެކޭގޮތުގައި ފައިނަލެއް ކަމުގައިވިޔަސް ޓީސީ އަށް އިތުރު ޕްރެޝަރެއް ނެތެވެ.
06 ޑިސެމްބަރ 2017
އެފްއޭ ކަޕް ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު، މިރޭ އެ ޓީމު ނުކުންނާނީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު، ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ދެކޭގޮތުގައި ފައިނަލެއް ކަމުގައިވިޔަސް ޓީސީ އަށް އިތުރު ޕްރެޝަރެއް ނެތެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ޓީސީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނައިރު ދެ މުބާރާތެއް ފިޔަވައި ދެން ކުޅުނު ހުރިހާ މުބާރާތަކުން ޓީސީ ވަނީ ދެ ވަނަ ހޯދައިފަ އެވެ.
މި އަހަރު ކުރީކޮޅު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދާފައިވާއިރު، ކްލަބް ލެވެލްގައި މިއީ އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީ އެވެ. މިދިޔަ އަހަރު ޓީސީން ރާއްޖޭގެ ދެ މުބާރާތެއްގެ ފައިނަލުގައި ކުޅެގެން ވެސް ވަނީ ބަލިވެފަ އެވެ. އެފްއޭ ކަޕް ފައިނަލްގައި ވެލެންސިއާ އަތުން ބަލިވިއިރު، ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމު ވަނީ އީގަލްސް އަތުން ބަލިވެފަ އެވެ.
"ޓީސީ އަށް މިއީ އާ މެޗެއް. މާ ބޮޑު ހާއްސަ ކަމެއް. އާ ޕްރެޝަރެއް ނެތް،" މެޗުގެ ކުރިން "މިހާރަ"ށް ނިޒާްމްބެ ބުންޏެވެ.
ޓީސީ މި މެޗަށް ނުކުންނައިރު އެ ޓީމަށް ދިމާވެފައިވާ ހަމައެކަނި މައްސަލަ އަކީ ޒުވާން ޑިފެންޑަރު މުހައްމަދު މާޒިން އަށް ސެމީ ފައިނަލުގައި މާޒިޔާ އަތުން މޮޅުވި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ މި މެޗަށް ސަސްޕެންޑްވުމެވެ.
ނިޒާމްބެ ބުނީ މި އަށް ވުރެ އުނދަގޫ ހާލަތްތަކުގައި ޓީސީން ކުޅެފައި އެބަހުރި ކަމަށާއި އެކަމުން މައްސަލައެއް އޮތް ކަމަަށް ނުދެކޭ ކަމަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން ދަގަނޑޭ ޓީސީގެ އަލާ ނާސިރު ކައިރިން ބޯޅަހިފައިގެން ދަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި އަށް ވުރެން އުނދަގޫ ހާލަތްތަކުގައި ވެސް ޓީސީން ކުޅެފައި އެބަހުރި، ސަސްޕެންޝަންތަކާއި އަނިޔާގެ މައްސަލަތަކާ އެކު ވެސް. ޓީސީން ދެކޭގޮތުގައި މި ކަހަލަ ކަންތައްތަކަކީ ހަމަ ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް ވެސް ދިމާވާނެ ކަންތައްތައް،" އޭނާ ބުންޏެވެ.
ނިއު އިން މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމުގެ ފަހަތުގައި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ހުނަރާއި އެ ކުޅުންތެރިން ތިބި ފޯމު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންނަކީ މިދިޔަ އަހަރު ޓީސީ އަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ނިޒާމްބެ ބުނީ ފުޓްބޯޅައިގައި އިދިކޮޅަށް ނުކުންނަ ކޮންމެ ކުޅުންތެރިއަކާ މެދުވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.
"ފުޓްބޯޅައިގައި އިދިކޮޅު ކޮންމެ ޓީމެއް ނަގަން ޖެހޭނީ ވަރަށް ސީރިއަސްކޮށް. ޓީސީން ދެކޭގޮތުގައި ފައިނަލުގައި ކުޅެން މި ޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް. ފުޓްބޯޅައިގެ ވިސްނުމުގައި ބަލާނަމަ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ މެޗެއް މިއީ،" އޭނާ ބުންޏެވެ.
ނިއު އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދީ ފަހު މެޗުގައި ޓީސީ އަތުން 3-2 އިން މޮޅުވެގެންނެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ދެކޭގޮތުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވާނީ ޓީސީގެ ފަރާތުންނެވެ.
"ތިއަށް ކޮމެންޓެއް ކުރަން ނެތިން. ފުރިހަމަ އަށް އިހުތިރާމްކުރަން ކޯޗު (އޮސްކާ)ގެ ވިސްނުމަށް،" ނިޒާމްބެ ބުންޏެވެ.
މި ސީޒަނުގެ މިހާތަނަށް ޓީސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ނިއު ވަނީ މޮޅުވެފަ އެވެ. މިރޭގެ މެޗަކީ ފައިނަލެއްގައި ޓީސީ އާއި ނިއު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
އެފްއޭ ކަޕް 12 ވަނަ ފަހަރަށް ނިއު ކާމިޔާބުކޮށްފި
މިއީ ނިއު އަށް ހާއްސަ ފައިނަލެއް: އޮސްކާ
ނިއު ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް
އެފްއޭ ކަޕުގެ އެކުވެރިޔާއާ ދެކޮޅަށް ޓީސީ ނުކުންނަނީ
ނިއުއާ ރަށްޓެހި އެފްއޭ ކަޕުން އެ ޓީމު ފެންނާނެ
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ޕެނަލްޓީގައި ޓީސީ ބަލިކޮށް ގްރީން ސެމީ އަށް
ދިވެހި ލީގުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި
ރަށު ޓީމު ކޮޅަށް ސައްޓު 13 މިނެޓުން ހެދި ހެޓްރިކް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟