Roadha Mihaaru
ޕާސްތާ ކައިގެން ފަލައެއް ނުވާނެ: އިޓަލީ ސައިންސްވެރިން

އިޓަލީގެ ސައިންސްވެރިން ބުނަނީ ޕާސްތާ ކެޔަސް ފަލަ ނުވާނެ ކަމަށް

09 ޖުލައި 2016

ޕާސްތާ އަކީ އިޓަލީގެ ހާއްސަ ކާނާއެކެވެ. އެހެންވެ ޕާސްތާގެ ރަނގަޅު ވާހަކައެއް ނޫނީ އިޓަލީ މީހުން ދައްކާނެ ކަމަކަށް ނުފެނެ އެވެ. އެ ގައުމުގެ ސައިންސްވެރިން ކުރި ދެ ދިރާސާއަަކުން ވެސް ދައްކަނީ ޕާސްތާ އަކީ އެކަށީގެންވާ ވަރަށް ވުރެ ފަލަވެ ހަކުރު ބައްޔަށް މަގު ފަހިކުރުވާ އެއްޗެއް ނޫން ކަމަށެވެ. އެ ދިރާސާތަކުގައި ބުނަނީ އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ޕާސްތާ އަކީ އެހީއެއް ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މި ދިރާސާތަކުގައި 23000 މީހަކު ބައިވެރިކޮށް އެ މީހުން ޕާސްތާ ކައި މިންވަރު ބަލާފައިވެ އެވެ. ސައިންސްވެރިން ބުނީ އާންމުކޮށް ޕާސްތާ ކައި މީހުންގެ މެދުގައި، ހަށިގަނޑުގެ ރޫފަ ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމުގެ ފުރުސަތު ބޮޑުކަން ފާހަގަވެފައިވާ ކަމަށެވެ.

ނިއުޓްރިޝަން އެންޑް ޑައެބެޓީސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ކަނޑައަޅާފައި ވަނީ ޕާސްތާ އަކީ ކާން ރަނގަޅު ސިއްހީ އެއްޗެއް ކަމަށެވެ. މި ދިރާސާގައި ފާހަގަވި އަނެއް ކަމަކީ ޕާސްތާ ގިނައިން ކައި އުޅޭ މީހުން ސިއްހީ ޑައެޓެއް ކަމަށް ބަލާ މެޑިޓެރޭނިއަން ޑައެޓް ބޭނުންކުރުން އިތުރު ކަމެވެ. މެޑިޓެރޭނިއަން ޑައެޓްގައި ތަރުކާރީ އާއި މޭވާ އާއި މަހާއި ޒައިތޫނި ތެލާއި ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ. މިއި ހިތުގެ ބައްޔާއި ސްޓްރޯކާ ދެކޮޅަށް އަދި ހަނދާން ނެތޭ ބަލި ފަދަ ކަންކަމާ ދެކޮޅަށް ވަރަށް އެކަށީގެންވާ ޑައެޓެއްގެ ގޮތުގައި ސައިންސްވެރިން ގަބޫލުކުރެ އެވެ.

"އާންމުކޮށް ގަބޫލުކުރެވިފައި އޮންނަ ގޮތާ ހިލާފަށް، ޕާސްތާ އަކީ ހަށިގަނޑުގެ ބަރުދަން އިތުރުކުރުވާ އެއްޗެއް ނޫން. އެކަމަކު ނަތީޖާ އަކީ އޭގެ އިދިކޮޅު،" ދިރާސާގައި އިސްކޮށް ހުންނެވި ޖޯޖް ޕޫނިސް ވިދާޅުވެފައިވެ އެވެ.

ސައިންސްވެރިން ބުނީ ޕާސްތާ ކައި މީހުން ކަމަށް ދިރާގައި ކަނޑައަޅާފައި މީހުންނަކީ އާންމު ކެއުމުގައި އެ ހިމަނައިގެން ބޭނުންކުރާ މީހުން ކަމަށާއި ދޭތެރެއަކުން ޕާސްތާ ކޮޅެއް ކާލާ މީހުން ނޫން ކަމަށެވެ.