Roadha Mihaaru
އުމުރާ ގުޅޭ ގޮތުން ކާން ޖެހޭނީ ކިހާ ކެލަރީއެއް

އުމުރާ ގުޅޭ ގޮތުން ކާން ޖެހޭނީ ކިހާ ކެލަރީއެއް

15 ޖޫން 2016

ބަރުދަން ލުއިކުރުމުގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް އަންނާނީ ކެލަރީސްގެ ވާހަކަ އެވެ. އެކި އުމުރުގެ މީހުންނަށް ކެލަރީސް ބޭނުންވަނީ އެކި މިންވަރަށެވެ. ކެލަރީސް ލިބެނީ ކާބޯތަކެތިން ކަމަށް ވާއިރު ބަރުދަން ލުއިކުރުމަށް ނުވަތަ އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ކެލަރީސް ނަގަން ޖެހޭނީ އެ މީހެއްގެ އުމުރާއި އެ މީހެއްގެ ސިއްހަތާ ގުޅޭ މިންވަރަކަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބަރުދަން ލުއިކުރުމުގެ ވާހަކަ ދައްކާ ނަމަ އެންމެ ފުރަތަމަ ވެސް އަންނާނީ ކެލަރީސްގެ ވާހަކަ އެވެ. އެކި އުމުރުގެ މީހުންނަށް ކެލަރީސް ބޭނުންވަނީ އެކި މިންވަރަށެވެ. ކެލަރީސް ލިބެނީ ކާބޯތަކެތިން ކަމަށް ވާއިރު ބަރުދަން ލުއިކުރުމަށް ނުވަތަ އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް ކެލަރީސް ނަގަން ޖެހޭނީ އެ މީހެއްގެ އުމުރާއި އެ މީހެއްގެ ސިއްހަތާ ގުޅޭ މިންވަރަކަށެވެ.

ވަރަށް ކުރިންސުރެ ބުނަމުން އަންނަނީ އަންހެނަކަށް ނަމަ ދުވާލަކަށް ބޭނުންވާނީ 2000 ކެލަރީސް ކަމަށެވެ. އަދި ފިރިހެނެއް ނަމަ 2500 ކެލަރީސް ކަމަށެވެ.

ދިރާސާތަކުގައި ބުނެފައި ވަނީ ބޯދާ މި ބުނުން މުޅިން ގޯސް ނޫން ކަމަށާއި ކެލަރީސް ބޭނުންވަނީ ގާތްގަނޑަކަށް މި މިންވަރަށް ކަމަށެވެ. އެކަމަކު މީހާގެ އުމުރަށް އަންނަމުންދާ ބަދަލާ އެކު ކެލަރީސްގެ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަވެފަ އެވެ.

ޔޫސީއެލްއޭގެ ސްޓެޓިސްޓީޝިއަން ނަތަން ޔާއޫ ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސްގެ ތަފާސް ހިސާބުތައް ދިރާސާކުރުމަށް ފަހު، އުމުރާ ގުޅޭ ގޮތުން ކެލަރީސް ބޭނުންވާ މިންވަރާ ގުޅޭ ތާވަލެއް އެކުލަވާލައިފަ އެވެ.

ދިރާސާގައި ބުނެފައި ވަނީ ގިނައިރު އިށީނދެ ތިބޭ އަންހެނުންނަށް ދުވާލަކަށް ބޭނުންވާ މިންވަރަކީ 1800 ކެލަރީސް ކަމަށެވެ. އެއީ އުމުރުން 25-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެކަމަކު އުމުރުން 50 އަށް އަރާއިރު މި މިންވަރު 1600 އަށް ދަށްވެ އެވެ. ހަރަކާތްތެރިކޮށް އުޅޭ 20 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނަކު ނަމަ ދުވާލަކަށް 2400 ކެލަރީސް ބޭނުންވެ އެވެ. އަދި ހަރަކާތްތެރި އަންހެނަކު ނަމަ އުމުރުން 60 އަހަރު ވުމުން ބޭނުންވަނީ 2000 ކެލަރީސް އެވެ.

ސިއްހަތު ރަނގަޅު ފިރިހެނެއް ނަމަ 20-30 އަހަރާ ދެމެދުގައި ދުވާލަކަށް 3000 ކެލަރީސްއާ ހަމަޔަށް ކެއުމަކީ މައްސަލައެެއް ނޫނެވެ. އެކަމަކު އުމުރުން 60 ވުމުން މި މިންވަރު 2600 އަށް ދަށްކޮށްލަން ޖެހެ އެވެ.