Roadha Mihaaru
ކަށިތައް ވަރުގަދަކުރަން ކިއުކަމްބާ

ކަށިތައް ވަރުގަދަކުރަން ކިއުކަމްބާ

19 އެޕްރީލް 2021

ޑިހައިޑްރޭޝަނާ ދެކޮޅަށް ކިއުކަމްބާ އަކީ އެއްވަނައިގެ އެއްޗެކެވެ. ގިނަ އަދަކަށް ފެން އެކުލެވޭތީ ކިއުކަމްބާ އަކީ ހަށިގަނޑުން ފެން މަދުވެ، އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޭނުން ކުރެވިދާނެ ހައްލެކެވެ. ކަރާއެކޭ ގޮތަށް ފެނުގެ ނިސްބަތް، ކިއުކަމްބާގައި މަތީ މިންވަރަަށް އެކުލެވޭތީ އެ ބޭނުން ކުރުމުން ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ގެނުވައި ދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިހައިޑްރޭޝަނާ ދެކޮޅަށް ކިއުކަމްބާ އަކީ އެއްވަނައިގެ އެއްޗެކެވެ. ގިނަ އަދަކަށް ފެން އެކުލެވޭތީ ކިއުކަމްބާ އަކީ ހަށިގަނޑުން ފެން މަދުވެ، އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޭނުން ކުރެވިދާނެ ހައްލެކެވެ. ކަރާއެކޭ ގޮތަށް ފެނުގެ ނިސްބަތް، ކިއުކަމްބާގައި މަތީ މިންވަރަަށް އެކުލެވޭތީ އެ ބޭނުން ކުރުމުން ހަށިގަނޑަށް ތާޒާކަމާއި އާރޯކަން ގެނުވައި ދެ އެވެ.

ތާޒާކޮށް ކިއުކަމް ކެއުމާއި ކިއުކަމްބާ އިން ޖޫސް/ސްމޫތީ އަދި ސެލަޑް ހަދައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކިއުކަމްބާ އަކީ ވިޓަމިން ކޭ އިން ވަރަށް މުއްސަނދި އެއްޗެކެވެ. އެހެންވެ ކޮންމެ ދުވަހަކު ޖޯޑެއްގެ މިންވަރުގެ ކިއުކަމްބާ ކާ ނަމަ ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ކޭގެ 19 ޕަސެންޓް ލިއްބައިދޭނެ ކަމަށް ޔުނިވަސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވެ އެވެ.

ވިޓަމިންގެ ކޭ އަކީ ކަށިތަކުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދާއަކަށްވާތީ، އާދަކޮށް ކިއުކަމްބާ ކާ ނަމަ ކަށިތަކާއި ގައިގެ ހުޅުތަކަށް ދިމާވާ އެކި އުނދަގޫތަކުން ރައްކާތެރިކޮށް ދޭނެ އެވެ. އެގޮތުން ކަށިތައް ބިނދުމާއި ކަށިތައް ބަލިކަށިވުން ފަދަ މައްސަލަތަކަށް މިއީ ހައްލެކެކެވެ. އަންހެނުންނަށް މިއީ އާންމުކޮށް ދިމާވާ މައްސަލައަކަށް ވާތީ އަންހެނުންނަށް މި ތަރުކާރީ މުހިންމެވެ.

ހަމަމިއާ އެކު ކިއުކަމްބާ އިން ލިއްބައިދޭ ވިޓަމިން ޑީގެ ސަބަބުން ކަށިތަކުގެ ޑެންސިޓީ އިތުރުކޮށް، ކަށިތައް ވަރުގަދަކޮށްދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކިއުކަމްބާ އަކީ ކެންސަރަށް މަގުފަހިވާ ސެލްތަކާ ދެކޮޅަށް ވެސް މަސައްކަތްކުރާ އެއްޗެކެވެ. އެހެންވެ އާންމުކޮށް ކިއުކަމްބާ ކާ ނަމަ ކެންސަރަށް މަގުފަހިވުމުން ރައްކާތެރިކޮށް ދޭނެ އެވެ.

ކިއުކަމްބާ އަކީ ރީތިވުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ހަންގަނޑަށް ދިރުން ގެނައުމާއި ލޯ ކައިރި ކަޅުވުން ފަދަ ކަންކަމަށް ވެސް ކިއުކަމްބާ އާންމުކޮށް ބޭނުންކޮށް އުޅެ އެވެ.

ހަށިގަނޑަށް ބޭނުންވާ މުހިއްމު އޮކްސިޑަންޓްތަކަށް ވެސް ސަމާލުކަން ދެވޭ ނަމަ ކިއުކަމްބާ އަކީ ބޭނުންކުރަން ޖެހޭ އެއްޗެކެވެ. އޭގައި އެކުލެވޭ ވިޓަމިން ސީ އާއި، ބީޓާ-ކެރޮޓީން، މެގްނީޒް، ފްލެވަނޮއިޑްސް، ލިގްނަންސް އަދި އެންޓި-އިންފްލަމޭޓްރީ މާއްދާތަކަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު މާއްދާތެކެވެ. މިއާ އެކު ކިއުކަމްބާ ބޭނުން ކުރުމުން ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދީ، ލޮލުގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހަޖަމުކުރުގެ ނިޒާމުގެ މައްސަލަތަކާއި ހިތުގެ މައްސަލަތަކާ ދެކޮޅަށް ވެސް ކިއުކަމްބާ އަކީ އެތައް ފައިދާއެއް ލިއްބައިދޭނެ އެވެ. މީގެ އިތުރުން ކިއުކަމްބާ އަކީ ހަނދާން ގަދަކޮށްދީ، ސިކުނޑީގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ އެއްޗެކެވެ.

ހަމަމިއާ އެކު މިއީ ބަރުދަން ލުއިކޮށްދޭން ވެސް އެހީވެދޭ އެއްޗެކެވެ. ކުރިން ވެސް ފާހަގަކުރި ކިއުކަމްބަކީ ފެނުގެ މިންވަރު ގިނަ އެއްޗަކަށްވާތީ އެ ބޭނުންކުރުމުން ބަނޑުހައިވުން ކުޑަކޮށްދެ އެވެ. އެހެންވެ ބެލެންސް ޑައިޓަކަށް ވެސް ކިއުކަމްބާ އަކީ ވަރަށް މުހިއްމު އެއްޗެކެވެ.