Roadha Mihaaru
ފޭރު ޖޫހަކީ ހާސްކަމާ ދުރުކޮށްދޭ އެއްޗެއް

ފޭރު ޖޫހަކީ ހާސްކަމާ ދުރުކޮށްދޭ އެއްޗެއް

31 ޖެނުއަރީ 2021

ހާސްކަމާއި ނުވަތަނަސްކަން ފިލުވާލަން އެންމެ ފަސޭހަ އެއްގޮތަކަށް ފޭރު ޖޫސް ތައްޓެއް ފުދޭނެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީގައި އެކުލެވޭ މެގްނީޒަމްގެ ސަބަބުން ހަށިގަނޑުގެ މަސަލްތައް ވެސް ހަމަޖައްސައިލަދަ އެވެ. އަދި އާދަކޮށް ފޭރު ޖޫސް ބޯ ނަމަ ސްޓްރެސް އާއި އެންޒައިޓީ ފަދަ ނަފުސާނީ އުނދަގޫތަކުން މީހާ ދުރުކޮށް ދޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހާސްކަމާއި ނުވަތަނަސްކަން ފިލުވާލަން އެންމެ ފަސޭހަ އެއްގޮތަކަށް ފޭރު ޖޫސް ތައްޓެއް ފުދޭނެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީގައި އެކުލެވޭ މެގްނީޒަމްގެ ސަބަބުން ހަށިގަނޑުގެ މަސަލްތައް ވެސް ހަމަޖައްސައިލަދަ އެވެ. އަދި އާދަކޮށް ފޭރު ޖޫސް ބޯ ނަމަ ސްޓްރެސް އާއި އެންޒައިޓީ ފަދަ ނަފުސާނީ އުނދަގޫތަކުން މީހާ ދުރުކޮށް ދޭނެ އެވެ.

ފޭރަކީ އޭގެ މަޑުމަޑު ވަހުން ވެސް ސިކުނޑި އަށް އަރާމުކަން ގެނުވައިދޭ އެއްޗެކެވެ. އެހެންވެ ބުރަކޮށް މަސައްކަތްކުރާ މީހުންގެ ޑައިޓްގެ ލިސްޓްގައި ވެސް ފޭރު ޖޫސް ހިމަނާލުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ. ފޭރު ޖޫހަކީ ޑިހައިޑްރޭޝަނަށް ވެސް ވަރަށް ރަނގަޅު ބުއިމެކެވެ.

ފޭރަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މުހިއްމު މާއްދާތަކުން މުއްސަނދި މޭވާއެކެވެ. އޭގެ ތެރޭގައި ވިޓަމިން އޭ، ސީ، އީ، މެގްނީޒިއަމް، ފައިބަ، ޕޮޓޭސިއަމް، މެންގަނީޒް، ފޮސްފަރަސް އަދި އެންޓިއޮކްސިޑަންޓްސް ހިމެނެ އެވެ.

ފޭރު ޖޫހުން ލިއްބައިދޭ އިތުރު ފައިދާތަކަށް ބަލާ އިރު މީގެ ގައިގަނޑުގެ ހަންގަނޑު ވެސް ރީތިކޮށްދޭން މަގުފަހިވާނެ އެއްޗެކެވެ. ފޭރުގައި އެކުލެވޭ ވިޓަމިނާއި މިނެރަލްސްގެ ސަބަބުން ހަނޑަށް ދިރުން ގެނެސްދީ އުޖާލާކަން ގެނުވައިދެ އެވެ. އަދި މީގައި އެކުލެވޭ އެންޓި-ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން މޫނުގައި ބިހި ނެގުމާއި ރޫޖެހުން ފަދަ މައްސަލަތަކަށް ވެސް ހައްލު ލިއްބައި ދޭނެ އެވެ.

ބަރުދަން ލުއިކުރަން އުޅޭ މީހަކަށް ވެސް ފޭރު ޖޫހަކީ ދޫކޮށްލަ ވަރުގެ އެއްޗެއް ނޫނެވެ. މީގެ ކެލޮރީޒް ވަރަށް ބޮޑަށް ދަށްވުމުން ބަރުދަން ލުއިކޮށްދޭން މަގުފަހިކޮށްދެ އެވެ. ފޭރު ޖޫހަކީ ބޯލެނބުމުން މީހާ ފުރިފައިވާކަމުގެ އިހުސާސްކޮށްދީ، ބަނޑުހައިވުމާ ވެސް ދުރުކޮށްދޭނެ ކަމެކެވެ.

ފޭރުގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. އޭގެ ސަބަބުން ފަސޭހައިން ޖެހެ އިންފެކްޝަންތަކުން ސަލާމަތްކޮށްދެ އެވެ. ކެއްސުމާއި އަރިދަފުސް ރޯގާ ޖެހިގެން އުޅޭ އިރު ފޭރު ޖޫސް ބޭނުން ކުރުމުން އެކަމަށް ވެސް ލުއިވެ އެވެ.

ބަނޑު ސަކަރާތްވެ، ބޭރަށް ހިންގާނެ އެކަމުގެ އަވަސް ފަރުވާއަކަށް ފޭރު ޖޫސް ތައްޓެއް ރަނގަޅުވާނެ އެވެ. ފޭރުގެ ވިޓަމިން ސީ އާއި ޕޮޓޭސިއަމް އަދި މީގައި އެކުލެވޭ އެންޓިމައިކްރޯބަލް މާއްދާތަކުގެ ސަބަބުން ބަނޑުގެ އުނދަގޫތަކުން ސަލާމަތްކޮށް ދެ އެވެ.