24 އޮކްޓޯބަރ 2021
ބައެއް ކާ އެއްޗެހި ތައްޔާރުކުރާ އިރު އޮރެންޖް ތޮށި ގާނާފައި ބޭނުން ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު މިއީ އެއަށް ވުރެ މާ ފުޅާކޮށް ބޭނުން ހިފިދާނެ އެއްޗެކެވެ. ސަމާލުކަން ދޭންވީ ކަމަކީ އޮރެންޖް ތޮށި އެއްގޮތަށް ވެސް އުކާނުލުމަށެވެ.
ބައެއް ކާ އެއްޗެހި ތައްޔާރުކުރާ އިރު އޮރެންޖް ތޮށި ގާނާފައި ބޭނުން ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު މިއީ އެއަށް ވުރެ މާ ފުޅާކޮށް ބޭނުން ހިފިދާނެ އެއްޗެކެވެ. ސަމާލުކަން ދޭންވީ ކަމަކީ އޮރެންޖް ތޮށި އެއްގޮތަށް ވެސް އުކާނުލުމަށެވެ.
މީރު ވަހެއް ވެސް ހުންނަ މި ތޮށި ބޭނުން ކުރެވިދާނެ ބައިވަރު ގޮތްތަކެއް އެބަހުއްޓެވެ.
- މޫނުގައި ބިހި ގިނަ ނަމަ އޮރެންޖް ތޮށި ބޭނުން ކުރެވިދާނެ އެވެ. އޮރެންޖް ތޮށި ބާރަށް ފިތަމުން މޫނުގައި އުނގުޅުމުން އޭގައި ހުންނަ ތާސީރުގެ ސަބަބުން ހަމަށް ތާޒާކަން ވެސް ގެނުވައި ދޭނެ އެވެ.
- ސަޔަށް އޮރެންޖް ތޮށި އަޅާލެވިދާނެ އެވެ. ޔަގީނުން ވެސް ރަހަ މީރުކޮށް ދޭނެ އެވެ.
- ގައިގެ ހަންގަނޑުގައި އޮރެންޖް ތޮށި އުނގުމުން މަދިރީގެ ތުރާތަކުން ވެސް ރައްކާތެރި ވެވޭނެ އެވެ.
- ސެލަޑް ކަހަލަ އެއްޗެހި ހަދާ އިރު އެއަށް ބޭނުންކުރާ ޒައިތޫނި ތެލުގެ ތެރެއަށް އޮރެންޖް ތޮށި އިންފިއުޒް ކޮށްފައި ބޭނުން ކުރުމުން ރަހަ މީރު ކޮށްދޭނެ އެވެ.
- އުނދުނާއި ސިންކް ފަދަ އެއްޗެހީގައި ތަތްލައްވާފައި ހުންނަ ހަޑިތައް ނައްޓައިލަން ވެސް އޮރެންޖް ތޮށި ބޭނުން ކުރެވޭނެ އެވެ.
- ލަކުޑި ފަރުނީޗަރު އޮފް ކޮށްލަން ވެސް އޮރެންޖް ތޮށްޓަކީ އެއް ވަނައިގެ އެއްޗެކެވެ.
- ގޭތެރޭގެ ތަންތަން ސާފުކުރަން ބޭނުންކުރާ އެއްޗަކަށް ވެސް އޮރެންޖް ތޮށި ހެދިދާނެ އެވެ. ސްޕްރޭ ފުޅިއަކަށް ވިނިގާ އަޅާފައި އޭގެ ތެރެއަށް އޮރެންޖް ތޮށި އަޅާފައި ހަފުތާއެއް ވަންދެން ފްރިޖްގައި ބަހައްޓާށެވެ. މިއީ ބިއްލޫރި ދޮރުތަކާއި މުށި ތަޅުންގަނޑު ވެސް ސާފުކޮށްލަން ރަނގަޅު އެެއްޗަކަށް ވާނެ އެވެ.
- ވަގު ބުޅާ ގޯތިތެރެ އަށް ވަންނަ ނަމަ ގޯތިތެރޭގައި އޮރެންޖް ތޮށި ބަހައްޓާށެވެ. އޭރުން ބުޅާ ނުވަންނާނެ އެވެ.
- ޕެސްޓިސައިޑްތަކުން ގަސްތައް ރައްކާތެރިކަން ކުރަން ބޭނުން ނަމަ ގަސް ކައިރީ ވެލިގަނޑުމަތީގައި އޮރެންޖް ތޮށި ބަހައްޓާށެވެ. އެކި ކަހަލަ ސޫފިތަކުން ރައްކާތެރިކޮށް ދޭނެ އެވެ.
ލުނބޯ ތޮށިން "ހުތްފޮނި" ހަކުރު
ދޮން އަލަނާސި ދެނެގަންނާނެ ގޮތް
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ
މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު
ބަރުދަން ލުއިކުރާ ޑައެޓުގައި ޖުމްހޫރީ މޭވާ މުހިންމު
ޓޮމާޓޯގެ ފައިދާތަކުގެ ލިސްޓް ވަރަށް ދިގު
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
އެވަކާޑޯ މިއީ ޑައެޓް ފުރިހަމަކޮށްލަން މޮޅު މޭވާއެއް
ވަސް މީރު، ރަހަ މީރު އަދި ފައިދާތައް ގިނަ އަލަނާސި
ފޭރު ޖޫހަކީ ހާސްކަމާ ދުރުކޮށްދޭ އެއްޗެއް