19 އެޕްރީލް 2022
ލުނބޮޔަކީ ވެސް އޭގެ ހުތްގަނޑު ބޭނުންކޮށްލުމަށް ފަހު، ތޮށިގަނޑު އެއްލައިލާ އެއްޗެކެވެ. އެކަމަކު އޭގެ ތޮށިގަނޑުން ވެސް ކޭކް ފަދަ އެއްޗެހީގައި ބޭނުންކޮށްލުމަށް މީރު ހަކުރެއް ހަދާލެވިދާނެ އެވެ.
ލުނބޮޔަކީ ވެސް އޭގެ ހުތްގަނޑު ބޭނުންކޮށްލުމަށް ފަހު، ތޮށިގަނޑު އެއްލައިލާ އެއްޗެކެވެ. އެކަމަކު އޭގެ ތޮށިގަނޑުން ވެސް ކޭކް ފަދަ އެއްޗެހީގައި ބޭނުންކޮށްލުމަށް މީރު ހަކުރެއް ހަދާލެވިދާނެ އެވެ.
- ލުނބޯ ތޮށި
- ހަކުރު
- ކޮންޓެއިނާއެއް
ހަކުރުކޮޅު ކޮންޓެއިނާ ތެރެއަށް އެޅުމަށް ފަހު، ލުނބޯގެ ތޮށިތަކާ ހަކުރުކޮޅާ އެއްކޮށްލާށެވެ. - ބޮޑު އެއް ލުނބޯއިން 2-3 ތަށީގެ ހަކުރު ހަދާލެވޭނެ އެވެ.
ދެން ގަޑިއެއްހާއިރު ވަންދެން ހަކުރުތަށީގެ ތެރޭގައި ލުނބޯގެ ތޮށިތައް ހިކެންދެން ބަހައްޓާލާށެވެ. އަދި ކޮންޓެއިނާގެ މަތި ޖަހާލުމަށް ފަހު، ރަނގަޅަށް ކޮންޓެއިނާ ތަޅުވާލާފައި އޭގެ މަތި ޖަހައިލާފައި ބަހައްޓާށެވެ. އަދި ބޭނުން ކުރަންވީމާ، އެއިން ހަކުރު ނަގައިގެން އެއްޗިހި ހަދާ ލެވޭނެ އެވެ.
އެއްފަހަރު ބޭނުން ކުރުމަށް ފަހު، ދެވަނަ ފަހަރަށް ބޭނުން ކުރާއިރު، ކޮންޓެއިނާ ތެރެއަށް އިތުރަށް ހަކުރު އެޅުމަށްފަހު ތަޅުވާލާފައި ބަހައްޓާށެވެ.
މިހަކުރު އަޅައިގެން ލެމަން ސައި ވެސް ހެދިދާނެ އެވެ. އަދި ލެމަނޭޑް ނުވަތަ ކޮކްޓެއިލް ހެދުމަށް ވެސް މި ހަކުރު ރަނގަޅުވާނެ އެވެ.
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު
އޮރެންޖް ތޮށްޓަކީ އުކާލާ ވަރުގެ އެއްޗެއް ނޫން
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
އެންމެ ހޮޓްޑޯގަކުން އުމުރުން 36 މިނިޓް ގެއްލޭ
ދޮން އަލަނާސި ދެނެގަންނާނެ ގޮތް
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު
ތެލުލިފަތެއް ނޫން؛ ކާންވީ ތާޒާ މުރަނގަފަތް