05 ޖޫން 2018
މެޑިޓެރޭނިއަން ޑައިޓަކީ ސިއްހީ ފައިދާތައް ބޮޑު އެއްޗެއްގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. ނޯޑިކް ޑައިޓަކީ ވެސް ހަމަ މި ފާޑެއްގެ ޑައެޓެކެވެ.
މެޑިޓެރޭނިއަން ޑައިޓަކީ ސިއްހީ ފައިދާތައް ބޮޑު އެއްޗެއްގެ ގޮތުގައި އޮންނަނީ މަޝްހޫރުވެފަ އެވެ. ނޯޑިކް ޑައިޓަކީ ވެސް ހަމަ މި ފާޑެއްގެ ޑައެޓެކެވެ.
ސިއްހަތަށް ބަލައިގެން ދުޅަހެޔޮ ދިރުއުޅުމަކަށް ރުޖޫއަވާން ބޭނުން ނަމަ މެޑިޓެރޭނިއަން ނުވަތަ ނޯޑިކް އިހުތިޔާރު ކުރެވިދާނެ އެވެ. ނޯޑިކް ޑައިޓްގެ ނަން ދީފައި މި ވަނީ ޑެންމާކާއި އައިސްލޭންޑާއި ފިންލޭންޑާއި ނޯވޭ އާއި ސްވިޑްން ފަދަ ގައުމުތައް ހިމެނޭ ސަރަހައްދަށް ނިސްބަތްކޮށްފަ އެވެ.
މެޑިޓެރޭނިއަން ޑައިޓާ އެއްގޮތަށް ނޯޑިކް ވެސް ބޮޑަށް ބިނާ ވަނީ ހޯލް ގްރެއިން އާއި ތަކުކާރީ (ކެބެޖާއި ރޫޓް ވެޗެޓަބަލްސް/ ކެރޮޓް، އަލުވި، ރެޑިޝް ފަދަ ބާވަތްތައް) މޭވާ (ބެރީޒް) އާއި ފެޓީ ފިޝް (މެކަރަލް/ސޭމަން) ފަދަ ބާވަތްކުންނެވެ. އަދި މި ޑައިޓް ފޮލޯ ކުރާ ނަމަ ހަކުރު ގިނަ އެއްޗިއްސާއި ޖަންކް ފުޑް ކަހަލަ ބާވަތްތަކާ ދުރުވާން ޖެހޭނެ އެވެ.
ހަމައާ އެކު މަތީ މިންވަރަށް ފެޓްގެ ބާވަތްތައް އެކުލެވޭ ސޮސެޖާއި ބޭކަން ފަދަ ބާވަތްތަކަށް ވެސް ނޫނެކޭ ބުނަން ޖެހޭނެ އެވެ.
The Nordic diet used to be heavy on meat, low on vegetables. But the New Nordic diet focuses on berries and fruits, fish, legumes, vegetables and whole grain cereals. #healthydiet #beatNCDs pic.twitter.com/3ffWli7emK
— WHO/Europe (@WHO_Europe) May 7, 2018
ޑަބްލިއުއެޗްއޯގެ ޓްވީޓެއް.
ނޯޑިކް ޑައިޓްގެ އެންމެ ހާއްސަ އެއް ސިފައަކީ ކާން ބޭނުން ކުރާ ތެޔޮ ވެސް ތަފާތުވުމެވެ. މެޑިޓެރޭނިއަން ޑައިޓްގައި އާންމުކޮށް ބޭނުންކުރާ އެއްޗަކީ ޒައިތޫނި ތެޔޮ ކަމަށް ވިޔަސް ނޯޑިކް ހާއްސަ ވަނީ ރޭޕްސީޑް ނުވަތަ ކެނޯލާ ތެލަށެވެ. ކާ ތަކެތި ތައްޔާރު ކުރަން މި ތެޔޮ ބޭނުން ކުރުމުން، ހަށިގަނޑުގައި އުފެދޭ ބޭޑް ކޮލެސްޓްރޯލްގެ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެ އެވެ.
ނަތީޖާއަކީ ނޯޑިކް ޑައިޓަށް ތަބާވާ މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ނުރައްކާތަކުން ވެސް ސަލާމަތްވުމަށް ބާރު އަޅައި ދިނުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ބުނެފައިވާ ގޮތުގައި ނޯޑިކް ނުވަތަ މެޑިޓެރޭނިއަން ޑައިޓާ އެއްގޮތަށް ކެއުމުގެ ވައްޓަފާޅި ބަހައްޓާ ނަމަ ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ.
ބަރުދަން ލުއިކުރަން ކައްޓަލަ އާއި ސަނާމުގު
ފަލަވަނީ ކާބޯހައިޑްރޭޓްސް އަކުން ނޫން، ގިނައިން ކާތީ
ޕާސްތާ ކައިގެން ފަލައެއް ނުވާނެ: އިޓަލީ ސައިންސްވެރިން
ގިނަ އަންހެނުން ފަލަކޮށް ތިބެނީ ގިނައިން ކާތީއެއްނޫން
ތައިރޮއިޑް މައްސަލަ ގޯސްވިޔަނުދޭން ބައެއް ލަފާ
ހަކުރު މަތިވެ ދަށްވާ ނަމަ ފަރުވާ ކުޑަ ނުކުރާތި
ހަކުރުބައްޔާ ދެކޮޅަށް ފޮނިތޮށި
ހަކުރުބަލީގެ މީހުންނަށް ޕިސްޓާޝިއޯ
ކެއުމުގެ ނުރަނގަޅު އާދަ ޓިކްޓޮކުން ޕްރޮމޯޓްކުރޭ
ހުދު ތަށީގައި މާ ގިނައިން ކެވޭ