04 ޖުލައި 2020
ނަޓްސްގެ ހުރިހާ ބާވަތްތަކަކީ ވެސް ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އެކަމަކު ހަކުރުބަލީގެ މީހުން ނަޓްސް ކެއުމުގައި ސަމާލުވާން ޖެހޭނެ އެވެ. ހަކުރު ބަލީގެ މީހުން ކާން އެންމެ ރަނގަޅީ ނަޓްސްގެ ތެރެއިން ޕިސްޓާޝިއޯ އެވެ. ލޭގައި ހަކުރު ހުންނަ މިންވަރު މީގެ ސަބަބުން ދަށްކޮށްދޭނެ އެވެ.
ނަޓްސްގެ ހުރިހާ ބާވަތްތަކަކީ ވެސް ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އެކަމަކު ހަކުރުބަލީގެ މީހުން ނަޓްސް ކެއުމުގައި ސަމާލުވާން ޖެހޭނެ އެވެ. ހަކުރު ބަލީގެ މީހުން ކާން އެންމެ ރަނގަޅީ ނަޓްސްގެ ތެރެއިން ޕިސްޓާޝިއޯ އެވެ. ލޭގައި ހަކުރު ހުންނަ މިންވަރު މީގެ ސަބަބުން ދަށްކޮށްދޭނެ އެވެ.
ކޮލަމްބިއާ އޭޝިއާގެ ރެފެރަލް ހޮސްޕިޓަލް ޔެޝްވަންތަޕޫރް ޗީފް ޑައިޓިޝަން ޕަވިތުރާ އެން ރާޖް ވިދާޅުވި ގޮތުގައި ހެނދުނު ހޭލާ ގޮތަށް ހުސްބަނޑާ ބުރެ ޕިސްޓާޝިއޯ ކެއުމަކީ ހަކުރުބަލީގެ މީހުންނަށް ރަނގަޅު ކަމެކެވެ.
"ހަކުރުބަލީގެ މީހުންގެ ނޫން މީހުންނަށް ވެސް ޕިސްޓާޝިއޯ އަކީ ޑައިޓްގެ ތެރޭގައި ހިމަނަން ވަރަށް މުހިއްމު ބާވަތެއް." އޭނާ ވިދާޅުވި އެވެ.
ޕިސްޓާޗޝިއޯ އަކީ ހަށިގަނޑަށް ބޭނުންވާ ހެލްދީ ފެޓާއި ޕްރޮޓީނާއި އެންޓިއޮކްސިޑަންޓްސް އާއި ފައިބާ ވެސް ލިއްބައިދޭ އެއްޗެކެވެ. އޭގައި އެކުލެވޭ ގްލައިސެމިކް އިންޑެކްސް ދަށްވުމުގެ ނަތީޖާ އަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެންސްކޮށްދޭން ބާރު އެޅުމެވެ. މިއީ ނަޓްސްގެ އެހެން ބާވަތްތަކާ ހިލާފަށް ޕިސްޓާޝިއޯގެ މުހިއްމު ދައުރަކަށްވާތީ ވަކިން ހާއްސަ ޓައިޕް2 ގެ މީހުން ޕިސްޓާޝިއޯގެ ކެއުމުގެ ތެރޭގައި އާންމުކޮށް ހިމެނުން މުހިއްމެވެ.
ޕަވިތުރާ ވިދާޅުވި ގޮތުގައި ޕިސްޓާޝިއޯ ކެއުމަކީ ހަކުރުބަލީގެ މީހުންނަށް ދިމާވާ ފިކުރުތަކާއި ހާސްކަމުން ދުރުކޮށްދޭން ބާރުއަޅާ އެއްޗެކެވެ. އަދި މީގައި އެކުލެވޭ ހޯމޯނެއް ކަމަށްވާ މެލަޓޯނިން ކިޔާ މާއްދާއެއްގެ ސަބަބުން ނިދުމަށް ވެސް ފަސޭހަކޮށްދެ އެވެ.
ޕިސްޓާޝިއޯ.
"ޕިސްޓާޝިއޯގެ ގްރާމަކުން ހަސޭތަކޭ މެލަޓޯނިން ލިއްބައިދޭނެ." ޕަވިތުރާ ވިދާޅުވި އެވެ.
ޕިސްޓާޝިއޯގެ އިތުރު ފައިދާތަކަށް ބަލާ އިރު މިއީ ބަރުދަން ލުއިކުރުމާއި ކޮލެސްޓްރޯލް ދަށްކުރުމާއި ބަނޑުގެ މައްސަލަތައް ހައްލުކޮށް ދިނުމާއި ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމާއި ލޭ ދައުރުވުމަށް ފަސޭހަކޮށްދޭ އެހީތެރިއެކެވެ. އެހެންވެ ކޮންމެ ދުވަހެއްގެ ކެއުމުގެ ތެރޭގައި ޕިސްޓާޝިއޯ އަކީ ހިމެނުން މުހިއްމު ބާވަތެކެވެ.
ޕަވިތުރާ ވިދާޅުވި ގޮތުގައި ޕިސްޓާޝިއޯ ކާން ވާނީ ވެސް ކޮންޓްރޯލްކޮށްގެންނެވެ. އެހެން ނޫން ނަމަ މޫޑަށް ނުރަނގަޅު ބަދަލުތައް އައުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ.
"މުށެއްހާ ޕިސްޓާޝިއޯ އަކީ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ބޭނުންކޮށްލަން ރަނގަޅު މިންވަރަކަށް ވާނެ." އޭނާ ވިދާޅުވި އެވެ. "ހާއްސަކޮށް ހެނދުނުގެ ހުސްބަނޑާ ހުރެ."
ހަކުރުބައްޔާ ދެކޮޅަށް ފޮނިތޮށި
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް
ހަކުރު މަތިވެ ދަށްވާ ނަމަ ފަރުވާ ކުޑަ ނުކުރާތި
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ކޮވިޑްގައި މަރުވި ޒުވާނާއަކީ ހަކުރުބަލީގެ މީހެއް
ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް
ތެލުލިފަތެއް ނޫން؛ ކާންވީ ތާޒާ މުރަނގަފަތް