29 ޖުލައި 2020
ދުރާލައި ހަކުރުބަލިން ރައްކާތެރިކަން ހޯދަން ފޮނިތޮއްޓަކީ ވަރަށް މުހިންމު އެެއްޗަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ދުރާލައި ހަކުރުބަލިން ރައްކާތެރިކަން ހޯދަން ފޮނިތޮއްޓަކީ ވަރަށް މުހިންމު އެެއްޗަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފޮނިތޮއްޓަކީ ކެއުންތައް ތައްޔާރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ވަރަށް މުހިއްމު ބާވަތެކެވެ. ހާއްސަކޮށް އޭޝިއާގެ ގައުމުތަކުގައި ކައްކާ ރިހަގަނޑުތަކާއި ފޮނިކާތަކެތީގެ ރަހަމީރުކޮށް ދިނުމުގައި ވެސް ފޮނިތޮށި އަދާކުރާ ދައުރު ބޮޑެވެ.
ފޮނިތޮއްޓާ ބެހޭ ގޮތުން ކުރިއަށް ގެންދާ ދިރާސާގެ މަސައްކަތް އަދިވެސް ކުރިއަށްދާ އިރު، އެ ދިރާސާ ޓީމުން ބުނާ ގޮތުގައި ފޮނިތޮއްޓަކީ ބޭނުން ނުކޮށް ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. މި ދިރާސާގެ ކުރީ މަރުހަލާގައި ވަނީ 51 މީހަކު ބައިވެރިވެކޮށްގެން، ފޮނިތޮށި ބޭނުންކުރުމުން އެ މީހުންގެ ސިއްހަތަށް އައި އެދެވޭ ބަދަލުތައް ދެނެގެންފަ އެވެ. އެގޮތުން އެންޑްރޮކްރައިން ސޮސައިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ޕައިލެޓް ދިރާސާގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު ކަމަކީ ފޮނިތޮށި ބޭނުންކުރާ ނަމަ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭން ވަރަށް ބޮޑަށް ބާރުއަޅާކެމެވެ. ނަތީޖާ އަކީ ހަކުރުބަލީގެ އަލާމާތްތައް ހުންނަ މީހުން ދުރާލައި އެ ބަލިން ރައްކާތެރިކޮށް އެހީއަކަށްވުމާ އެކު، ޓައިޕް2 ޑައިބިޓީޒަށް ވެސް ހުރަސްއަޅާކަމެވެ.
ދިރާސާ ކުރިއަށް ގެންދާ އެމެރިކާގެ ބޮސްޓަން ޖޯޒްލިން ޑައިބިޓީޒް ސެންޓަރު އަދި ބެތު އިޒްރޭލް ޑިކޯނެސް މެޑިކަލް ސެންޓަރުގެ ފިޒިޝަން ޑރ. ގްލިއޯ ރޯމިއާ ވިދާޅުވި ގޮތުގައި ފޮނިތޮއްޓަކީ ހަކުރުބަލިން ރައްކާތެރިކަން ހޯދަން ބޭނުން ކުރަން އެންމެ ރަނގަޅު އެއް ބާވަތެވެ.
"ސަބަަބަކީ މިއީ ލިބުން ފަސޭހަވެފައި އަގުހެޔޮ އެއްޗަކަށްވުމުގެ އިތުރަށް ދެމެހެއްޓެނިވި ގޮތަކަށް ބޭނުން ވެސް ކުރެވިދާނެ އެއްޗަކަށްވުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޮނިތޮށިން ލިއްބައިދޭ ފައިދާތައް ދެނެގެންފައި ވަނީ ދިރާސާ އަށާް ބޭނުންކުރި މީހުންގެ ޑައިޓްގައި 12 ހަފުތާ ވަންދެން ފޮނިތޮށި ހިމަނައިގެންނެވެ. އަދި އޭގެ ނަތީޖާ ދެއްކީ ވަރަށް އުޖާލާކޮށް ކަމަށްވާ ރޯމިއޯ ވިދާޅުވި އެވެ. އެންމެ މުހިއްމު ކަމަކީ ބައިވެރިންގެ ލޭގެ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިންދިން ކަމެވެ.
ފޮނިތޮށި.
"ބާރަ ހަފުތާ އިން ދެއްކި ނަތީޖާ ވަރަށް ރަނގަޅު. އޭގެ މާނަ އަކީ ޓައިޕް2 ޑައިބިޓީޒުން ވެސް ރައްކާތެރިކަން ހޯދައިދޭން ފޮނިތޮށި މުހިއްމު ދައުރެއް އަދާކުރިކަން. ދެން އޮތީ މިއަށް ވުރެ ދިގު މުއްދަތަކަށް ފޮނިތޮށި ބޭނުން ކުރާ ނަމަ ލިބޭނެ ފައިދާތައް އިތުރަށް ދެނެގަތުން،" ރޯމިއޯ ވިދާޅުވި އެވެ.
ފޮނިތޮއްޓާ ބެހޭ ގޮތުން ދިރާސާއަކުން ދެއްކި މި އުންމީދީ ވާހަކަތަކާ އެކު ދެން އޮތީ ފޮނިތޮށި ޑައިޓްގެ މުހިއްމު ބަޔަކަށް ހެދުމަށް އިސްކަން ދިނުމެވެ. މިއީ ހޯދަން އުނދަގޫ އެއްޗެއް ނޫނެވެ. ގަންނަން ލިބޭ އަގު ވެސް ބޮޑު އެއްޗެއް ނޫނެވެ. އެހެންވެ ދުޅަހަޔޮ ސިއްހަތަކަށް ފޮނިތޮށި ބޭނުންނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.
ފޮނިތޮށީގެ އުޅެނީ މައިގަނޑު ދެ ބާވަތެކެވެ. އެއީ ސްރީ ލަންކާގައި ހައްދާ ސިލޯން ފޮނިތޮށްޓާއި ޗައިނާ އާއި އިންޑިއާގައި ހައްދާ ކަސިއާ އެވެ. އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަނީ ކަސިއާ އެވެ. މީގެ ކުރިން ފޮނިތޮށްޓާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ކަސިއާ އަކީ ލޭގެ ހަކުރުގެ މިންވަރު ބެލެންސްކޮށްދޭން އެހީވެދޭ އަދި ސަރުބީ ވެސް ކޮންޓްރޯލްކޮށްދޭ އެއްޗެކެވެ.
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ހަކުރުބަލީގެ މީހުން ދޮންކެޔޮ ކާންވާނެތަ؟
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
އެންމެ ހޮޓްޑޯގަކުން އުމުރުން 36 މިނިޓް ގެއްލޭ
ތެލުލިފަތެއް ނޫން؛ ކާންވީ ތާޒާ މުރަނގަފަތް
އުމުރުން ދުވަސްވާ ވަރަކަށް ކާންވީ ނަޓްސް
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު
ދުވާލަކަށް އެންމެ ތިން ކަދުރުން ބޮޑު ފައިދާއެއް
ސަލާންކުރާ ގޮތުން ހަކުރުބަލީގެ ނިޝާނެއް!