Roadha Mihaaru
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު

ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު

24 ނޮވެމްބަރ 2020

ބެލެންސް ޑައިޓަކުން ނޫނީ ދުޅަހެޔޮ ސިއްހަތެއް ނުލިބޭނެ އެވެ. އެހެންވެ ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ މާއްދާތައް ލިބޭ ކެއުންތަކަށް ފަރުވާތެރިވާން ޖެހެ އެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކުގެ ތެރެއިން ވިޓަމިން ޑީ އަކީ ވެސް ވަރަށް މުހިއްމު މާއްދާއެކެވެ. މި މާއްދާ ދަށްވެއްޖެ ނަމަ ހަށިގަނޑުތައް ކަށިތައް ބަލިކަށިވެ، ދިފާއީބާރު ވެސް ދަށްވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލެންސް ޑައިޓަކުން ނޫނީ ދުޅަހެޔޮ ސިއްހަތެއް ނުލިބޭނެ އެވެ. އެހެންވެ ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ މާއްދާތައް ލިބޭ ކެއުންތަކަށް ފަރުވާތެރިވާން ޖެހެ އެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކުގެ ތެރެއިން ވިޓަމިން ޑީ އަކީ ވެސް ވަރަށް މުހިއްމު މާއްދާއެކެވެ. މި މާއްދާ ދަށްވެއްޖެ ނަމަ ހަށިގަނޑުތައް ކަށިތައް ބަލިކަށިވެ، ދިފާއީބާރު ވެސް ދަށްވާނެ އެވެ.

އެހެންވެ ކެއުމުގެ ވައްޓަފާޅި ބަހައްޓަން ކުރަން ޖެހެނީ މިފަދަ ކަންކަމަށް ވިސްނައިގެންނެވެ. ވިޓަމިން ޑީ އަކީ ފަސޭހައިން ހަށިގަނޑަށް ހޯދިދާނެ މާއްދާއެކެވެ.

ވިޓަމިން ޑީ ލިއްބައިދޭނެ އެއް ބާވަތަކީ ކިރެވެ. ހެނދުނުގެ ނާސްތާ އަށް ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން ހޫނު ކިރު ތައްޓެއް ބޯލުމަކީ ވަރަށް ފައިދާ ހުރި ކަމަކަށް ވާނެ އެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދީ ގިނަ ބަލިތަކުން ރައްކާތެރިކޮށް ދޭނެ އެވެ. ފަސޭހަ އިން ނިދުމަށްޓަކައި ރޭގަނޑު ނިދުމުގެ ކުރިން ހޫނު ކިރު ތައްޓެއް ބޯލުމުގެ ވާހަކަ އަކީ ސިއްހީ މާހިރުން ދެއްވާ އިރުޝާދެކެވެ.

ވިޓަމިން ދީ ހޯދަން ބިހުގެ ގޮބޮޅި އަކީ ވެސް އެއް ވަނައިގެ އެއްޗެކެވެ. އެހެންވެ ހެނދުނު ނާސްތާ އަށް ބިސް ބޭނުން ކުރެވިދާނެ އެވެ.

ޔޯގަޓް ކެއުމަކީ ވެސް ވިޓަމިން ޑީ ލިއްބައިދޭނެ ގޮތެކެވެ. މީފެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ކަށިތައް ވެސް ވަރުގަދަކޮށް ދޭން އެހީއަކަށް ވާނެ އެވެ.

އޯޓަކީ ފައިދާތަކުން ފުރިފައިވާ އެއްޗެކެވެ. ވިޓަމިން ޑީ މަދުވާ ނަމަ ހެނދުނުގެ ނާސްތާއަކަށް ކިރާ އެކު އޯޓް ބޭނުންކުރެވި ދާނެ އެވެ. އޯޓަކީ ވިޓަމިން ޑީން މުއްސަނދި ކާނާއެކެވެ. ހޯލް ގްރެއިން އޯޓަކީ ހަކުރުބަލިން ވެސް ރައްކާތެރިކޮށް ދޭން ބާރު އަޅަ އެވެ.

ވިޓަމިން ޑީ އަކީ ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެއް.

ވިޓަމިން ޑީ އަކީ ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެއް.

ވިޓަމިން ޑީ ހޯދަން ބޭނުން ކުރެވިދާނެ އަނެއް ބާވަތަކީ މަޝްރޫމެވެ. ޕާސްޓާ އާއި ސެލެޑާއި އެ ނޫން ވެސް ކާނާގެ ބާވަތްތައް ތައްޔާރުކުރާ އިރު މަޝްރޫމް ބޭނުންކުރުމުން އެތައް ފައިދާއެއް ލިބޭނެ އެވެ.

ވިޓަަމިން ޑީ ހޯދިދާނެ ފަސޭހަ އަނެއް ގޮތަކީ އިރުގެ އަލީގެ ތެރެއަށް ނުކުތުމެވެ. ހެނދުނު އަރާމު އަވީގެ ތެރެއަށް ނުކުމުނަކީ މިކަން ހާސިލުކުރެވިދާނެ ގޮތެކެވެ.

ވިޓަމިން ޑީން ލިއްބައިދޭ މުހިއްމު އިތުރު ފައިދާތަކުގެ ތެރޭގައި ކެންސަރުގެ ބިރު ކުޑަކޮށް ދިނުމާއި ޑިޕްރެޝަނާއި އެންޒައިޓީން ދުރުކޮށް ދިނުމާއި ބަރުދަން ލުއިވާން ވެސް އެހީއަކަށްވުން ހިމެނެ އެވެ.