24 ޖޫން 2016
ކެއުމުގެ ވަގުތުގައި ނުކައި މީހުންނާއި ކެއުމަށް ވަކި ހާއްސަ ވަގުތެއް ނެތި މަސައްކަތުގައި އުޅޭއިރު އާއި ތަންތަނަށް ދަތުރުކުރާއިރު ކެއުމަށް ވަގުތު ދޭ މީހުންނާއި ރޭގަނޑު މާ ލަސްވާ ފަހުން ކާ މީހުންގެ ސިއްހަތު، ކަނޑައަޅާފައި އޮންނަ ވަކި ވަގުތެއްގައި ހަމަޖެހި އިނދެގެން ކާ މީހުންނާ އަޅާބަލާއިރު ގޯސް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ކެއުމުގެ ވަގުތުގައި ނުކައި މީހުންނާއި ކެއުމަށް ވަކި ހާއްސަ ވަގުތެއް ނެތި މަސައްކަތުގައި އުޅޭއިރު އާއި ތަންތަނަށް ދަތުރުކުރާއިރު ކެއުމަށް ވަގުތު ދޭ މީހުންނާއި ރޭގަނޑު މާ ލަސްވާ ފަހުން ކާ މީހުންގެ ސިއްހަތު، ކަނޑައަޅާފައި އޮންނަ ވަކި ވަގުތެއްގައި ހަމަޖެހި އިނދެގެން ކާ މީހުންނާ އަޅާބަލާއިރު ގޯސް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާ ކުރި ޓީމުން ބުނެފައި ވަނީ ކެއުމުގެ ސިއްހީ ރަނގަޅު އާދަތައް އަށަގަންނުވަން މަސައްކަތް ކުރާއިރު މި ދިރާސާ އަކީ ކާންވީ ތަކެއްޗާ ބެހޭ ގޮތުން ލަފާ ދޭ ފަދައިން ކެއުމަށް ވަކި ވަގުތުތަކެއް ކަނޑައަޅަން ވެސް ލަފާ ދޭންޖެހޭކަން ހާމަވި ދިރާސާއެކެވެ.
ކިންގްސް ކޮލެޖް ލަންޑަން އާއި ޔުނިވަސިޓީ އޮފް ސާއޮ ޕާލޯގެ ތަޖުރިބާކާރުންގެ މި ދިރާސާގައި ބުނެފައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާއި ފަލަ ބަލި ފަދަ މައްސަލަތަކާ މިކަމާ ހުރި ގުޅުން ދެނެގަތުމަށް، ކެއުމަށް ވަގުތު ކަނޑައެޅުމުގެ މުހިންމުކަމާ ބެހޭ މި ދިރާސާ އަދި އިތުރަށް ފުޅާކުރަންޖެހޭ ކަމަށެވެ.
ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި، ކިންގްސް ކޮލެޖުގެ ނިއުޓްރިޝަނަލް ސައިންސްގެ ލެކްޗަރާއެއް ކަމަށްވާ ޑރ. ގެރްޑާ ޕޮޓް ވިދާޅުވެފައި ވަނީ ސިއްހަތަށް ފައިދާހުރި ކާނާ އަކީ ކޮބައިކަން މިހާރު ގިނަ މީހުންނަށް އެނގޭ ކަމަށާއި އެކަމަކު އެންމެ ގިނައިން ހަކަތަ ލިބެން ޖެހޭނީ ކޮން ނާސްތާއަކުން ކަމާ މެދު އަދިވެސް ސުވާލު އުފެދިފައި ތިބޭ ކަމަށެވެ.
"ދުވަހުގެ ފަހުކޮޅަށް ގޮސް ގަދަޔަށް ކެއުމަކީ ފަލަވުމަށް މެދުވެރިވާ ކަމެއްގެ ގޮތުގައި ގަބޫލުކުރެވިފައި ވިޔަސް މުޅި ދުވަހުގެ ހަކަތަ މުޅި ދުވަހަށް ހަމަޔަށް ބަހާލަންޖެހޭ ސަބަބެއް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައި. އެހެން ގޮތަކަށް ބުނާ ނަމަ ހެނދުނުގެ ނާސްތާ އަކީ އެންމެ ރަނގަޅަށް ހަކަތަ ލިބޭ ނާސްތާ އަށް ވާންޖެހޭ ސަބަބެއް ނޭނގެ،" ޕޮޓް ވިދާޅުވެފައިވެ އެވެ.
މި ޓީމުން މީގެ ކުރިން ކޮށްފައިވާ ދިރާސާއެއްގައި ވެސް ބުނެފައި ވަނީ ރޭގަނޑު 8:00 ގެ ފަހުން ކެއުމަކީ ފަލަވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބުނާ ބުނުން ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
ދިރާސާގައި ބުނެފައި ވަނީ ކެއުމުގެ ވަގުތު މުހިންމުކަން ދިރާސާއިން އެނގޭ ކަމަށާއި އެކަމަކު އެ ވަގުތުތައް ކަނޑައެޅުމާއި ކާންވީ ކިހާ ވަރަކަށްކަން ކަނޑައެޅުމަށް އަދި އިތުރަށް ދިރާސާކުރަންޖެހޭ ކަމަށެވެ.
ހަކުރުބައްޔާ ދެކޮޅަށް ފޮނިތޮށި
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު
ލުނބޯ ތޮށިން "ހުތްފޮނި" ހަކުރު
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
އެންމެ ހޮޓްޑޯގަކުން އުމުރުން 36 މިނިޓް ގެއްލޭ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ތެލުލިފަތެއް ނޫން؛ ކާންވީ ތާޒާ މުރަނގަފަތް
އުމުރުން ދުވަސްވާ ވަރަކަށް ކާންވީ ނަޓްސް
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ