29 ނޮވެމްބަރ 2017
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް، އިިދިކޮޅު ފިކުރުގެ މީހުން ވެސް ޕީޕީއެމްގެ "ނަވަށް" ގެނައުމަށް މަސައްކަތް ކޮށްދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ގޮވާލައްވައިފި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް، އިިދިކޮޅު ފިކުރުގެ މީހުން ވެސް ޕީޕީއެމްގެ "ނަވަށް" ގެނައުމަށް މަސައްކަތް ކޮށްދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ގޮވާލައްވައިފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ސްރީ ލަންކާގައި ބޭއްވި ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ އެންމެން އެކީގައި އެއް "ލަވައެއް" ކިޔައި، ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮވެގެން އެ ޕާޓީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމަށް އިތުރު މީހުން ގެންގޮސް، ޚިޔާލު ތަފާތުވެފައި ތިބި އިދިކޮޅު ފިކުރުގެ މީހުންގެ ވިސްނުން ބަދަލުކޮށްގެން ނޫނީ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަކީ ގަދަ ކަނޑެއްގައި ނައު ދުއްވުން ކަމުގެ މިސާލު ނަންގަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން "ގައުމުގެ ނައު" އޮތީ ވަރަށް ގަދަ ކަނޑެއްގެ ތެރޭގައި ކަމަށެވެ. ފަޅުވެރިން ވިއްސިވިހާލިވެފައި ތިއްބައި ރައީސް ޔާމީން ހުންގާނުގައި ހިއްޕަވައި ގައުމުގެ މިސްރާބު ސީދާ ކުރައްވައި އަމާޒަށް ދަތުރު ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ލަންކާގައި ރޭ ބޭއްވި ޖަލްސާގައި އެ ގައުމުގެ ދިރިއުޅޭ ބައެއް ދިވެހިން ބައިވެރިވަނީ. - ފޮޓޯ: ޕީޕީއެމް
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން ފަޅުވެރިން ތިބީ ވަރަށް ފޯރި އާއި ޖޯޝްގައި، ބަނދަރަށް ވާސިލް ވުމުގެ ވަރުގަދަ އަޒުމަކާއެކުގަ އެވެ. އެކަމަކު، ދަތުރު ފުރިހަމަކޮށް އަމާން ބަނދަރަކަށް ދިއުމަށް އިތުރު ފަސް އަހަރު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސުންނަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ނައުގެ ހުންގާނުގައި ކުރިން ހިއްޕެވި ބައެއް ބޭފުޅުން ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ކަމަށެވެ. އެކަމަކު، ކައިރި މާޒީއަށް ބަލާއިރު ހުންގާނު ހަވާލު ކުރީ ދަތުރު ކުރަން ދަންނަ މާލިމީއަކާ ނޫން ކަމަށް ވިދާޅުވެ، ނުސީދާ ގޮތުގައި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ގައުމުގެ ވެރިކަމާ ހަވާލުވުމަކީ ރައްޔިތުންނަށް ލިބުނު ދިރުމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން މިހާރު ދައްކާ ވާހަކަ އަޑުއެހުމުގެ ބޭނުމެއް މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އުފެއްދުފުންތެރި ގައުމަކަށް ހަދަން ކުރާ މަސައްކަތާއި ރައްޔިތުންނަކީ ގާނޫނުތަކުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމުގައި ހަދަން ކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އޭނާ ވިދާޅުވި އެވެ.
"ދެހާސްއަށާރަ އަށް މަސައްކަތް ކުރަން އޮތީ 50 ހަފްތާ. ފަންސާސް ހަފްތާ ހެޔޮ ގޮތުގައި ހިފައިގެން ނޫނީ ރިޔާސީ އިންތިހާބު [ޕީޕީއެމަށް] ކާމިޔާބު ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމުން ރޭ ލަންކާގައި ބޭއްވި ޖަލްސާ. - ފޮޓޯ: ޕީޕީއެމް
ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އެ ގައުމުގައި ޕީޕީއެމްގެ "ބައި ބޮޑުވަމުން" ދިއުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށެވެ. ސިޔާސީ މަސައްކަތްތަކެއް ފެށިގެން އަންނަނީ އިޖުތިމާއީ ގުޅުންތަކެއްގެ ސަބަބުން ކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ ލަންކާގައި ތިބި ގިނަ ދިވެހިންތަކެއް ޕީޕީއެމާ ގުޅެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
މުންދު ވިދާޅުވި ގޮތުގައި ކުރިން އެމްޑީޕީން ތަފާތު ބޮޑުކޮށް، އިންތިޚާބުތަކުގައި ވޯޓު ހޯދިޔަސް، މިހާރު އެ ނަތީޖާއެއް އެ ޕާޓީއަކަށް ލަންކާ އިން ނުހޯދޭނެ އެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ޕީޕީއެމްގެ ފަޅި ބޮޑު ކުރަމުން ދާނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލަންކާ އިން އަޣުލަބިއްޔަތު ވޯޓު ލިބޭނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
ލަންކާގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިފި
އިބޫ ވައުދުވުން ހުއްޓާލައްވާ: އަބްދުއްރަހީމް
ކޮންމެ ރާޅެއް ނެގިޔަސް ތިބީ ވިސްނައިގެން:އަބްދުއްރަހީމް
ލަންކާ އަކީ އެމްޑީޕީގެ "ކިއްލާއެއް" ނޫން: މުންދު
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު
ރައީސް ނަޝީދު، މަލިކު ލަވައިގައި ތާށިވެފައި!
އިންތިހާބަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އަދުރޭ
ނަޝީދުގެ ފަހަތަކަށް ޕީޕީއެމް ނާރާނެ: އަބްދުއްރަހީމް
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު