އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގަތުން ހުއްޓާލައްވަން ޖެހޭ ކަމަށާއި އެ ވައުދުތައް ނުފުއްދެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
31 ޖުލައި 2018
އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގަތުން ހުއްޓާލައްވަން ޖެހޭ ކަމަށާއި އެ ވައުދުތައް ނުފުއްދެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ "ނަޔާ ޖަގަހަ 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ނުކުރެވުނު ކަމެއް ދެން ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ވައުދެއް ރައްޔިތުންނަށް ފުއްދައިދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އަބްދުއްރަހީމް ވަނީ ރައީސް އަބްދުﷲ ޔާމީން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިބޫއާ ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ގޮވާލައްވައިފަ އެވެ.
އިބޫ އިއްޔެ ވިދާޅުވީ ރައީސް ޔާމީން ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބު، އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވާހަކަ އާއި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ވާހަކަ އާއި އިސްލާމީ ޝަރީއަތް ގާއިމްކުރާނެ ވާހަކަ ދައްކާކަށް އިދިކޮޅު ފަރާތްތަކަށް ނުކުރޭނެ އެވެ. އެއީ ހުޅަނގު ގައުމުތަކުން އެމީހުންނަށް އޮތް ތާއީދު ގެއްލި، އެމީހުން "އަތުން" ދޫކޮށްލަފާނެތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސިވިލް ސާވިސްގެ އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށް، މުސާރަ ކަނޑާލައި، "ފައިސާތައް ކާލި" ކަމަށެވެ.
ޕީޕީއެމްގެ ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ކުރި ކަމަކީ ރާއްޖެ، އިގްތިސާދީ ވަޅުގަނޑަކަށް ވައްޓާލީ. ރާއްޖޭގެ އިޖުތިމާއީ އަދާލަތު ގެއްލުވާލީ. ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލީ. ތައުލީމީ ނިޒާމު ހަލާކުކޮށްލީ. ސިއްހީ ދާއިރާ ވީރާނާކޮށްލީ. މިއީ ނޫންތޯ ކުރިމަކީ؟ ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކޮން ކަމެއްތޯ ކުރެވުނީ؟ ރާއްޖޭގެ ތަރައްގީއަށް ކޮން ކަމެއްތޯ ކުރެވުނީ؟ އެއް ކަމެއް ވެސް ނުކުރެވުނު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނަށް އަރުވަން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެ އިންތިޚާބަށް އިބޫ އާއި އެމްޑީޕީން ނުކުންނައިރު، ޖަވާބުދާރީވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ސުވާލުތަކެއް ކުރައްވައިފަ އެވެ.
- ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭންޖެހޭ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚަޒާނާ އަށް ލިބުނު އާމްދަނީ ކުޑަވި މައްސަލަ.
- އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
- މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟
- އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލި ސަބަބު.
- އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނު ސަބަބު.
- ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލި ސަބަބު.
- ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ ސަބަބު.
- ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރު ކޮށްދިނުން.
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
އިދިކޮޅުގެ ވެރިކަން އޮންނާނީ ދޮޅު އަހަރަށް: ރައީސް
ދޮޅު އަހަރުގެ ވެރިކަމެއް އިބޫއަށް ނުހިންގޭނެ: ނަޝީދު
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ރައީސްގެ ވާހަކަފުޅު އަމާޒުވަނީ އެމަނިކުފާނަށް: މާރިޔާ
ރައީސްގެ ފާޑުވިދާޅުވުމާއެކު، އިބޫއަށް ގިނަ ސުވާލުތަކެއް
"ޖޭޕީން ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް"