ކުޑައިރުއްސުރެން ފެށިގެން އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި އެ މަނިކުފާނު ދޫކުރައްވައި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އެ ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ކުޑައިރުއްސުރެން ފެށިގެން އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި އެ މަނިކުފާނު ދޫކުރައްވައި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އެ ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ ރައީސް ނަޝީދު ކޮންމެ އެެއްޗެއް ވިދާޅުވިޔަސް ޕީޕީއެމް ކުރިއަށް ދާނީ "ޕީޕީއެމްގެ ފިކުރުގައި" ކަމަށެވެ.
"ވަރަށް ސާފުކޮށް މި ދަންނަނަވަނީ ރައީސް ނަޝީދުގެ ފަހަތަަކަށް ޕީޕީއެމް ނާރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެން ސިޔާސީ ގޮތުން ނުހުންނެވޭނެކަން މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު ނުސީދާ ގޮތަކަށް އެހީތެރިކަމުގެ އަތް ދިއްކޮށްލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ޕީޕީއެމަށެވެ.
"ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްތަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މެސެޖުތަކުގައި ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާއި "އެ ފިކުރުގެ ތެރޭގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާށިވެފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި، އެ މަނިކުފާނު ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅޭ މީހުންގެ ކޯލިޝަނެކެވެ.
"އެއީ ޕީޕީއެމް ވިޔަސް، މިހާރު މިކަން މާ މުހިންމު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް ބަޔަކާއެކު "އަޑި ނޭނގޭ ޑީލަކަށް" ޔާމީނާއި ޕީޕީއެމް ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ، ޔާމީން މަސައްކަތްޕުޅު ކުރައްވާ ގޮތް ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށާއި ކަންކަން ކުރައްވާނީ ދެފުށް ފެންނަ ގޮތަށް ކަމށެވެ.
"އަޅުގަނޑުމެން ނުދާނަން ޑީލަކަށް. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ އަރައިރުންގަނޑުގެ ތެރެއަށް ވަންނާކަށް އަޅުގަނޑުމެން ނެތިން. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ގައުމު ސަލާމަތް ކުރުން. ރައްޔިތުންނަށް އަމާން، ރައްކާތެރި، ހަމަޖެހޭ، ފުދުންތެރި ވެއްޓެއް ގާއިމުކޮށްދިނުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެކަމުގައި އެންމެ މުހިންމު ކަމަކީ ރައީސް ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެނައުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގެނެވޭނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނެސްގެން."
އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން އެހެން ދީނަކަށް ދުވަހަކު ވެސް ޖާގަ ދޭން ޕީޕީއެމް ބޭނުން ނުވާނެ ކަމަށާއި ދިވެހިންގެ ކަންކަން ވެސް ނިންމާނީ ދިވެހިން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކުރުން އޮންނާނީ އެ ގޮތަށް ކަމަށެވެ.
"އެއީ ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ވާހަކަތައް. ރާއްޖެއަކީ އަމިއްލަ، މުސްތަގިއްލު ގައުމެކޭ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނޭ. އެ އުސޫލުން ބަލާއިރު އަޅުގަނޑުމެންނަށް އަބަދުވެސް މުހިންމު ވާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުން،" އޭނާ ވިދާޅުވި އެވެ.
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އިބޫ ވާނީ ނަޝީދުގެ ޕަޕެޓަކަށް: ޕީޕީއެމް
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދޭނެ ލީޑަރެއް އެބަހުރި؟
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
ސަރުކާރުގެ ވައްކަމުން އެމްޑީޕީއަކަށް ނުރެކެވޭނެ: ސައީދު