13 ނޮވެމްބަރ 2017
މިލާން (ނޮވެމްބަރު 13) – އިޓަލީގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމް ކަމަށްވާ މިލާނުގެ ސެންސީރޯގައި މިރޭ ސްވިޑަންއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗަކީ ފަހުގެ ތާރީހެއްގައި އެ ޓީމު ނުކުންނާނެ އެންމެ މުހިއްމު އެއް މެޗެވެ. ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ދެ ވަނަ ލެގުގައި މިރޭ ނަތީޖާ ނުނެރެވިއްޖެ ނަމަ އިޓަލީ އަށް 1958 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ގެއްލޭނެ އެވެ.
މިލާން (ނޮވެމްބަރު 13) – އިޓަލީގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމް ކަމަށްވާ މިލާނުގެ ސެންސީރޯގައި މިރޭ ސްވިޑަންއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗަކީ ފަހުގެ ތާރީހެއްގައި އެ ޓީމު ނުކުންނާނެ އެންމެ މުހިއްމު އެއް މެޗެވެ. ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ދެ ވަނަ ލެގުގައި މިރޭ ނަތީޖާ ނުނެރެވިއްޖެ ނަމަ އިޓަލީ އަށް 1958 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ގެއްލޭނެ އެވެ.
ސްޓޮކްހޯމުގައި ހުކުރު ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗު 1-0 އިން ސްވިޑަން ކާމިޔާބުކޮށްފައިވާތީ މިރޭގެ މެޗު ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ކޮލިފައިވާނީ ސްވިޑަން އެވެ. އިޓަލީ 1-0 އިން މޮޅުވެއްޖެ ނަމަ އިތުރު ވަގުތު ކުޅެން ޖެހޭއިރު 2-1 އިން އިޓަލީ މޮޅުވިޔަސް ކޮލިފައިވާނީ ސްވިޑަން އެވެ. އިޓަލީ އަށް އޮތީ ދެ ލަނޑުގެ ތަފާތަކުން މޮޅުވުމެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އަށް ޕްލޭއޮފުގައި ކުޅެން ޖެހުނީ ގްރޫޕް ޖީ ގެ ދެ ވަނަ އަށް ދިއުމުންނެވެ. މި ގްރޫޕުގެ އެއް ވަނަ ހޯދައި ވޯލްޑް ކަޕުން ސީދާ ޖާގައެއް ކަށަވަރުކުރީ ސްޕެއިނެވެ.
މިރޭގެ މެޗަށް ނުކުންނައިރު އިޓަލީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ ޓީމު ކޮލިފައިނުވެއްޖެ ނަމަ އެއީ އިޓަލީ ފުޓްބޯޅައަށް ކުރިމަތިވާނެ ބޮޑު ލަދެކެވެ. އަދި އޭގެ ސަބަބުން ވޯލްޑް ކަޕުގެ ފޯރިއަށް ވެސް އަސަރުކުރާނެ އެވެ. އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބެ އެވެ. މީގެ އިތުރުން އިޓަލީގެ ހުނަރުވެރި ކުޅުންތެރިން ނުފެނުމަކީ ވޯލްޑް ކަޕަށް ލިބޭނެ އުނިކަމެކެވެ.
މިރޭގެ މެޗަކީ އިޓަލީގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގައުމީ ޓީމުގެ ޖާޒީގައި ފެންނާނެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ނިންމާފައިވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަށެވެ. އެކަމަކު ކޮލިފައިނުވެއްޖެ ނަމަ، މިރޭގެ މެޗަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު އިޓަލީގެ ޖާޒީގައި ފެންނާނެ ފަހު މެޗަށް ވުން ގާތެވެ. އޭނާ އަށް އިޓަލީ އަށް ކުޅެދިން ފުރަތަމަ މެޗަކީ މީގެ 20 އަހަރު ކުރިން 1997 ވަނަ އަހަރު ހަމަ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް މެޗެކެވެ. ރަޝިއާއާ ދެކޮޅަށް ކުޅުނު އެ މެޗު 1-1 އިން އެއްވަރުވިއިރު ދެ ވަނަ ލެގު 1-0 އިން ކާމިޔާބުކޮށް އިޓަލީ ކޮލިފައިވި އެވެ.
"މިއީ އަހަރެމެންނާއި އަހަރެމެންގެ ތާރީހަށް ވެސް މުހިއްމު މެޗެއް. އަހަރެން މިހިރީ ހާސްވެފައި. އެކަމަކު އެއީ ހަމަ ރަނގަޅު މިންވަރަކަށް،" ބުފޮން ބުންޏެވެ.
މި މެޗުން އިޓަލީން ބަދަލުތަކެއް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިޓަލީން 3-5-2 ފޯމޭޝަށް ކުޅޭއިރު ސަސްޕެންޑްވެފައިވާ މިޑްފީލްޑަރު މާކޯ ވެރާޓީގެ ބަދަލުގައި އަރާނެ ކަމަށް ބެލެވެނީ ބްރެޒިލަށް އުފަން މިޑްފީލްޑަރު ޖޯގީނިއޯ އެވެ. އޭނާ އަކީ އިޓާލިއަން ލީގުގައި ނަޕޯލީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިއާ ޑެނިއަލް ޑި ރޮސީގެ ބަދަލުގައި އަރާނެ ކަމަށް ލަފާކުރެވެނީ އަލެސަންދްރޯ ފްލޮރެންޒީ އެވެ. ޗީރޯ އިމޮބިލޭއާ އެކު ފޯވާޑް ލައިނުގައި ކުޅޭނީ ސައުތުހެމްޓަންގެ ފޯވާޑް މަނޮލޯ ގަބިއަޑިނީ އެވެ. އިތުބާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ ނޭފަތް ފަޅައިގެން ގޮސްފައިވީ ނަމަވެސް ގާޑެއް ލައްވައިގެން އޭނާ މިރޭ ކުޅޭނެ އެވެ.
މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ މަގާމުން ވަކިކުރާނެ ކަމަށް ލަފާކުރެ އެވެ. ކްލަބް ލެވެލުގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ވެންޗޫރާއާ އެކު އިޓަލީގެ ކުޅުން ވަނީ ދަށްވެފަ އެވެ. އޭނާ ޓީމު ރާވާ ގޮތަށް ވެސް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ސެންސީރޯގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
ޔޫރޯ ކާމިޔާބުކުރާނެ ގޮތް އިޓަލީއަށް މިހާރު އެނގޭ
އިޓަލީގެ ލެޖެންޑް ޒޮފްގެ އަންގި އަހަރެއްފަހުން ފެނިއްޖެ
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
މުޅިން އާ ޓީމެއް ބިނާކުރާނަން: އިޓަލީ ކޯޗު
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި