11 ނޮވެމްބަރ 2017
މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރުމުގެ ތަހުގީގު ފުރިހަމަނުކޮށް، މައްސަލަ ފައިލްކޮށްގެން ނުވާނެ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމު ލަންޑަނަށް ގޮސްގެން ނަމަވެސް އެކަން އިތުރަށް ބަލަން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ގޮވާލައްވައިފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ޖަމާކުރުމުގެ ތަހުގީގު ފުރިހަމަނުކޮށް، މައްސަލަ ފައިލްކޮށްގެން ނުވާނެ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމު ލަންޑަނަށް ގޮސްގެން ނަމަވެސް އެކަން އިތުރަށް ބަލަން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ގޮވާލައްވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ރައީސަށް އަމާޒުވެފައި ވަނިކޮށް، އެމަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން މައްސަލަ އޭސީސީން ވަނީ ފައިލްކޮށްފަ އެވެ.
ރ. މަޑުއްވަރީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި، އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބެލެން ނެތް ކަމަށް ބުނެ ފައިލް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، ތަހުގީގު ފުރިހަމަ ކުރަން ޖެހޭ މައްސަލައެއް ކަމަށް ރިޔާޒް ތަކުރާރުކޮށް ވިދާޅުވި އެވެ.
"ސަރުކާރުން އެ ވިދާޅުވާ، އެސްއޯއެފް އެކައުންޓުގެ ވެރިން ރާއްޖޭގައި ނެތީމަ އެ މައްސަލަައިގައި ސުވާލު ނުކުރެވޭ ކަމަށް ބުނާ ކަމަށް ވަންޏާ އަޅުގަނޑުމެން މިތިބީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ޓީމަށް ޓިކެޓް ދީގެން ލަންޑަނަށް ގެންގޮސްގެން ވެސް އެ މީހުންނާ ސުވާލުކޮށްގެން ބަޔާން ނަންގަވައި ދެއްވަން،" ރިޔާޒް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި އަބްދުﷲ ރިޔާޒް ވާހަކަދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ވިދާޅުވި ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާވި ސަބަބެއް އަދި އެ ފައިސާ އަށް ފަހުން ވީގޮތެއް ވެސް ރައީސް ޔާމީން ރައްޔިތުންނަށް ވިދާޅުވެ ދެއްވަން ޖެހިވަޑައިގަންނަވަ އެވެ.
"އެ ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަނީ ރައީސް ކަމުގައި ހުންނެވީމަ. އެއީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމަކަށް ވީމަ. އިންތިހާބުކޮށްފައިވާ މަގާމްތަކުގައި ތިބޭ މީހުން ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުން ވަނީ 2018 ގެ އިންތިހާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރާށެވެ. އެމަނިކުފާނު ވެރިކަމުން ދުރުކުރަން ޖެހޭ ސަބަބުތައް ކިތަންމެހާ ވެސް ގިނަ ކަމަށް ވިދާޅުވި އެވެ.
އެއް ސަބަބެއްގެ ގޮތުގައި ރިޔާޒް ވިދާޅުވީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުއްވައި، ސިޔާސީ ލީޑަރުންނަށް ނުހައްގުން ޖަލު ހުކުމްތަކެއް އިއްވުން ކަމަށެވެ. މީގެއިތުރުން ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހަދާ ފްލެޓްތައް މުލިއާގޭގައި އުޅޭ ބަޔަކަށް އެކަނި ދޭކަށް ވެސް ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ލީޑަރުންގެ އިތުރުން، ރާއްޖޭގެ ގާނޫނީ މުއައްސަސާތަކުގެ ވެސް ތާއީދެއް އެމަނިކުފާނަށް މިހާރަކު ނެތެވެ. ރައީސް ޔާމީނަށް ތާއީދު ގެއްލުނީ އެމަނިކުފާނު ސަރުކާރުގައި ކަންކަން ކުރި ގޮތުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި
"ހިޔާނާތުގެ ފައިސާ ހޯދޭނެ ކަމުގެ އުއްމީދެއް ލިބިއްޖެ"
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ