Roadha Mihaaru
އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ދޫކުރަން ފަށައިފި

އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި

07 ނޮވެމްބަރ 2017

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އެ ސްކޫލްތަކުން ދަރިވަރުންނަށް ދޫކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އެ ސްކޫލްތަކުން ދަރިވަރުންނަށް ދޫކުރަން ފަށައިފި އެވެ.

މި އަހަރުގެ ފަހު އިމްތިހާން ފަށާފައިވާ އިރު، ސްކޫލުތައް ބަންދުކޮށް އަހަރުގެ ބޮޑު ޗުއްޓީ ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް ފޮތްތައް ދޫކޮށްފަ އެވެ.

ސްކޫލުތަކުން މިހާރު ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރި ނަމަވެސް، ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަންނަން ބޭނުންވާ ވައުޗަރުތައް ދޫކުރަން ހަމަޖައްސާފައިވަނީ ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭ ދުވަހު އެވެ.

ސްކޫލެއްގެ ބެލެނިވެރިއަކު ބުނި ގޮތުގައި، ބޮޑު ޗުއްޓީގެ ކުރިން ފޮތްތައް ލިބުމުން ވަރަށް ފަސޭހަ އެވެ. އެހެންވެ ބަންދުގެ ތެރޭގައި އަވަހަށް ފޮތްތަކުގައި ސެލޯފިން ލައި ކަންތައްތައް ނިންމާލެވޭނެ ކަމަށް ބުންޏެވެ.

"ސްކޫލުތައް ބަންދުވުމުގެ ކުރިން ފޮތްތައް ލިބުނީމަ، ފޮތްތަކާ ގުޅޭ ކަންތައްތައް އަވަހަށް ނިންމާލެވޭނެ. އެހެންވެ ވަރަށް ފަސޭހަވެގެން ވެގެންދޭ،" ސްކޫލެއްގެ ބެލެނިވެރިއަކު ބުންޏެވެ.

އެކަޑެމިކް ކަލަންޑަރުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ފަހު އިމްތިހާނަށް ފަހު ރިޕޯޓު ފޮތް ދީ ސްކޫލްތައް ބަންދުކުރާނީ ނޮވެމްބަރު 23ގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.