Roadha Mihaaru
ސައުދީގެ ވަޒީރުން ދުރުކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް؟

މުތައިބް އަބްދުﷲ: މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް؟

05 ނޮވެމްބަރ 2017

ރިޔާޒް (ނޮވެމްބަރު 5) - ސައުދީ ވަލީ އަހުދުގެ މަގާމަށް މުހައްމަދު ބިން ސަލްމާން ޖުލައި މަހު ވަޑައިގެންނެވި ފަހުން ގައުމަށް ގެންނަ ބަދަލުތަކުގެ އިތުރުން ސިޔާސީ ގޮތުން ވެސް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެންމެ ފަހުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުގައި ކަމަށް ބުނެ އިސް ވަޒީރުންތަކަކާ އެކު 11 ޕްރިންސަކު ހައްޔަރު ކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ނޮވެމްބަރު 5) - ސައުދީ ވަލީ އަހުދުގެ މަގާމަށް މުހައްމަދު ބިން ސަލްމާން ޖުލައި މަހު ވަޑައިގެންނެވި ފަހުން ގައުމަށް ގެންނަ ބަދަލުތަކުގެ އިތުރުން ސިޔާސީ ގޮތުން ވެސް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެންމެ ފަހުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުގައި ކަމަށް ބުނެ އިސް ވަޒީރުންތަކަކާ އެކު 11 ޕްރިންސަކު ހައްޔަރު ކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް ވެސް ހިމެނެ އެވެ.

ވަލީ އަހުދުގެ މަގާމަށް މުހައްމަަދު ވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބިން ނާއިފް ދުރުކުރުމަށް ފަހު އެވެ. ކެބިނެޓުން ދުރުކުރި މީހުންގެ ތެރޭގައި ނޭޝަނަލް ގާޑުގެ މިނިސްޓަރު މުތައިބް އަބްދުﷲ ހިމެނެ އެވެ. ކުރީގެ ރަސްގެފާން އަބްދުﷲގެ ދަރިކަލުން ސައުދީގެ ސަލާމަތީ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވި އިރު ބައްޕާފުޅު ވަނީ އެ މަސްއޫލިއްޔަތު ބައި ގަރުނެއްހާ ދުވަހު އަދާކުރައްވައިފަ އެވެ. އިނގިރޭސި ވިލާތުގެ އަސްކަރީ އެކަޑަމީއަކުން ތައުލީމް ހާސިލް ކުރައްވާފައިވާ މުތައިބް އަކީ ވަލީ އަހުދުގެ މަގާމަށް ވަޑައިގެންފާނެ ކަމަށް އެއް ދުވަސްވަރެއްގައި ބެލެވުނު ބޭފުޅެކެވެ. މުތައިބަކީ ސައުދީގެ މަތީ މަގާމެއްގައި ހުންނެވި އަބްދުﷲ ރަސްގެފާނުގެ އާއިލާގެ ސައްމާރު ދަރިކޮޅުގެ ފަހު މެންބަރު ވެސް މެ އެވެ. އޭގެ ކުރިން ވަނީ އަބްދުﷲ ރަސްގެފާނުގެ ދެ ދަރިކަލުންވާ މިޝާލް އާއި ތުރްކީ 2015 ވަނަ އަހަރު ގަވަރްނަރުކަމުން ދުރުކޮށްފަ އެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން އަބްދުﷲ. --ފޮޓޯ:އޭއެފްޕީ

ސައުދީ ވަލީ އަހުދު މުހައްމަދު ބިން އަބްދުﷲ. --ފޮޓޯ:އޭއެފްޕީ

ނޭޝަނަލް ގާޑުން މުތައިބް ވަކިކުރުމުން ވެރިކަމުގެ ތެރޭގައި އޮތް ކޯޅުން ނިމުމަކަށް އައީ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ސައުދީ ތަޚުތުގެ ބާރުތައް 1996 ވަނަ އަހަރު އަބްދުﷲ އަށް ލިބިވަޑައިގަތުމާ އެކު ސަލާމަތީ ކޮމާންޑް ލީޑު ކުރެއްވީ މުތައިބެވެ. އަބްދުﷲ ރަސްގެފާނަށް ބާރުތައް ހަވާލު ކުރައްވާފައި ވަނީ ފަހުދު ރަސްގެފާނަށް ސްޓްރޯކެއް ޖެހުމާ ގުޅިގެންނެވެ.

އަބްދުﷲ ގެ ރަސްކަމުގައި މުތައިބުގެ ބާރު އިތުރަށް ވަނީ ގަދަކުރައްވައިފަ އެވެ. ނޭޝަނަލް ގާޑަށް މިނިސްޓްރީއެއްގެ ދަރަޖަ ދިނުމަށް ފަހު މުތައިބް އަކީ މިނިސްޓަރަކަށް ހެއްދެވި އެވެ. އަސްކަރީ އެކަޑަމީތަކާއި ހައުސިން ޕްރޮޖެޓްތަކާއި ހޮސްޕިޓަލްތައް ހިންގަނީ ނޭޝަނަލް ގާޑުގެ ދަށުންނެވެ.

ޝާހީ އާއިލާގެ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ޕްރިންސް މުތައިބް އަކީ ވެސް ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. ޕެރިހުގެ މެދު ތެރޭގައި ހުރި ހޮޓެލް ޑި ކްރިލޮން ހިންގަވަނީ މުތައިބް އެވެ. އެ ހޮޓާ އޭނާ 2010 ވަނަ އަހަރު ބައްލަވައިގެންނެވީ 354 މިލިއަން ޑޮލަރަށް ކަމަށް ފްރާންސްގެ ބައެއް ނޫސްތަކުން ބުންޏެވެ. ވިޔަފާރީގެ ކަންކަމުގައި މާބޮޑަށް މުތައިބް ނޫޅުއްވުމަށް އަބްދުﷲ ރަސްގެފާން ލަފާ ދެއްވާފައިވާ ކަމަށްވެ އެވެ.

އަބްދުﷲ ރަސްގެފާން 2015 ވަނަ އަހަރު އަވަހާރާވުމާ އެކު ސަލްމާން ވެރިކަމަށް ވަޑައިގެން ދަރިކަލުން މުހައްމަދަށް ވަނީ ޑިފެންސް މިނިސްޓަރުކަން ދެއްވައިފަ އެވެ. ސައުދީ އަށް ގެންނަ އިގްތިސާދީ އިސްލާހީ ޕްރޮގްރާމުގެ އިސްވެރިއަކީ ވެސް މުހައްމަދެވެ. އެންމެ ފަހުގެ ބަދަލުތަކާ އެކު ސައުދީގެ ސަލާމަތީ ހުރިހާ ކަމެއްގެ ފުރިހަމަ ކޮންޓްރޯލް މުހައްމަދަށް ލިބުނީ އެވެ. ޝާހީ އާއިލާއާ ދެކޮޅަށް އަސްކަރިއްޔާ އިން ތެދުވުމުގެ ބިރު ނިމުމަކަށް ގެނައީ އެވެ. ވަދި އަލީ އަހުދު މުހައްމަދުގެ ބާރު އިތުރަށް ގަދަވެގެން ދިޔައީ އެވެ.