30 އޮކްޓޯބަރ 2017
ތައުލީމީ ދާއިރާގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ އައިލެންޑާސް ގްރޫޕުން، "ދިރުނބާ" ނަމުގައި ބޮޑު ސީއެސްއާރު މަސައްކަތަކާއި އެކު، އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ކޯހެއް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
ތައުލީމީ ދާއިރާގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ އައިލެންޑާސް ގްރޫޕުން، "ދިރުނބާ" ނަމުގައި ބޮޑު ސީއެސްއާރު މަސައްކަތަކާއި އެކު، އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ކޯހެއް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ކޯސް ތައާރަފް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަަމުން އަންނަ އިރު މިފަދަ ކޯސްތައް ވަރަށް މުހިންމު ކަމަށެވެ. އަދި މިފަދަ ކޯސްތަކާ އެކު، ޓޫރިޒަމް އިންޑަސްޓްރީގެ ވަޒީފާތަކުގައި ދިވެހިންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އައިލެންޑާސް އިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މިހާރު/ނިޝާން އަލީ
އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ކޯސްތައް ހިންގާނީ އައިލެންޑާސް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ އެކަޑަމީގެ ދަށުންނެވެ.
އައިލެންޑާސް އިން ބުނީ އެ ގްރޫޕުން އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓާ ގުޅިގެން ހިންގާ ކޯސްތަކަކީ، ދުނިޔޭގެ އެންމެ ބޮޑެތި ހޮޓާތަކުން ބަލައިގަންނަ ކޯސްތަކަކަށް ވާނެ ކަމަށެވެ. އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ ކޯސްތައް މިހާރު ވެސް 45 ގައުމެއްގައި ހިންގަ އެވެ.
"ރާއްޖޭގައި ކުރިއަރަމުން އަންނަ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންނަށް ބޭނުންވާ ތައުލީމާ ތަމްރީނު ދިނުމަށް އައިލެންޑާސް ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ އެކަޑަމީން މިތިބީ ތައްޔާރަށް... އަޅުގަނޑުމެން އަބަދުވެސް ބަލަނީ ވީހާވެސް ކޮލެޓީ ރަނގަޅު އަދި އިންޓަނޭޝަނަލީ ގަބޫލުރެވޭ ކޯސްތައް ރާއްޖެއަށް ގެންނަން،" އައިލެންޑާސް ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ އެކަޑަމީގެ ސީނިއާ މެނޭޖަރެއް ކަމަށްވާާ އަހުމަދު ނާސިރު ވިދާޅުވި އެވެ.
އައިލެންޑާސް އިން ހިންގާ ކޯސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ނިޝާން އަލީ /މިހާރު
އައިލެންޑާސް އިން ބުނީ "ދިރުނބާ"ގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ތަމްރީނު ޕްރޮގްރާމް ތަަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ "ދިރުނބާ"ގެ ދަށުން ޓްރެއިނިން ދިނުމަށް، ޅ. ނައިފަރު އެޑިއުކޭޝަން ސެންޓަރާ އެކު ސޮއި ކޮށްފަ އެވެ. އައިލެންޑާސް އިން ބުނީ އެ އެގްރީމެންޓްގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެއިނިން ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އައިލެންޑާސް އިން ނައިފަރުގަ އެޑިއުކޭޝަން އެކްސްޕޯއެއް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ފަސް ވަނަ ފަހަަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
ރަސްދޫ މަރު: ކުންފުނީގެ ލައިސެންސް އޮތީ ހަމަވެފައި!
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު