Roadha Mihaaru
ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫގެ ވަފުދެއް އަންނަނީ

ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫގެ ވަފުދެއް އަންނަނީ

29 އޮކްޓޯބަރ 2017

ރާއްޖޭގެ ސިޔާސީ ހާލަތު ބެލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދެއް މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ސިޔާސީ ހާލަތު ބެލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދެއް މާދަމާ ރާއްޖެ އަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް އީޔޫގެ ވަފުދުން ރާއްޖެ އަށް ކުރާ މި ދަތުރުގައި އީޔޫގެ ޕާލަމެންޓުގެ ހަތަރު މެމްބަރަކު ބައިވެރިވާނެ އެވެ.

މި ވަފުދުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަންކަން ސާފުކުރާނެ ކަމަށް އެނގިފައިވެ އެވެ.

އީޔޫގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެ އަންނައިރު، ފްރާންސްގެ ސްޓްރަސްބާގްގައި މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި އީޔޫ ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ. ރާއްޖޭގެ ކަންކަން ހިންގަމުން ގެންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެ ގަރާރާ ގުޅޭ ގޮތުން، ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެފައި ވަނީ އީޔޫ ޕާލަމެންޓަށް ހުށަހެޅި ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ ދެކޮޅަށް އީޔޫ ޕާލަމެންޓުން މީގެ ކުރިން ފަސް ގަރާރެއް ފާސް ކުރި އެވެ.