Roadha Mihaaru
"ބޮބް" ގެ އާ ތިން ލަވައެއް ރިލީޒްކޮށްފި

ލަވަ ކިޔުންތެރިޔާ "ބޮބް"ގެ އާ ތިން ލަވައެއް ރިލީޒްކޮށްފި

28 އޮކްޓޯބަރ 2017

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ކާމިޔާބުކުރި ލަވަ ކިޔުންތެރިޔާ މުހައްމަދު ތަސްނީމް (ބޮބް) ގެ އާ ތިން ލަވައެއް ރިލީޒްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ކާމިޔާބުކުރި ލަވަ ކިޔުންތެރިޔާ މުހައްމަދު ތަސްނީމް (ބޮބް) ގެ އާ ތިން ލަވައެއް ރިލީޒްކޮށްފި އެވެ.

މިއީ ކ. މާފުއްޓަށް އުފަން ބޮބް މެއި މަހު އައިޑޮލްގެ ޓައިޓްލް ގެންދިޔަ ފަހުން އޭނާ އާންމުންނަށް ދޫކޮށްލި ފުރަތަމަ ތިން ލަވަ އެވެ. މި ލަވަތައް ރިލީޒް ކުރީ މޯލްޑިވިއަން އައިޑޮލް ސީޒަން 3 ލޯންޗް ކުރަން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގަ އެވެ.

ބޮބްގެ "އިތުރު ފުރުޞަތެއް"، "ހިތް ހެޔޮ" އަދި "ފަތުރުވެރިއެއްގެ ނަޒަރު" މި ލަވަތައް ނެރެދެއްވީ ޕީއެސްއެމްގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ

މި ލަވަތަކާ ބެހޭ ގޮތުން ބޮބް ބުނީ މިއީ މޯލްޑިވިއަން އައިޑޮލް 2 ގެ އެއް ޖަޖް ކަމަށްވާ އިސްމާއީލް އައްފާންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ނެރުނު ލަވަތަކެއް ކަމަށެވެ.

އޭނާ ބުނީ ތިން ލަވައިގެ ތެރެއިން ދެ ލަވައަކީ ލޯބީގެ ދެ ލަވަ ކަމަށާއި އަނެއް ލަވައަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ހާއްސަ ލަވައެއް ކަމަށެވެ.

އަންނަ މަހުގެ އެއް ވަނަ ދުވަހު ޗައިނާގެ ޗެންޑޫގައި ބާއްވާ ހަ ވަނަ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ޓީވީ ސޯންގް ފެސްޓިވަލްގައި ވާދަ ކުރުމުގެ ފުރުސަތު ވެސް ލިބިފައިވާ ބޮބް އެ ފެސްޓިވަލްގައި ހުށަހަޅައި ދޭނީ ވެސް "ފަތުރުވެރިއެއްގެ ނަޒަރު" އެވެ.

ބޮބްގެ އާ ލަވަތައް މިހާރު ސައުންޑްކްލައުޑުން ވެސް އަޑު އަހައިލެވޭނެ އެވެ.