Roadha Mihaaru
އައިޑޮލްގެ ފިނާލޭ އަށް ހަމޫދު، ބޮބް އަދި ބަރޯ

ފިނާލޭ ޝޯ އަށް ހަމޫދު، ބޮބް އަދި ބަރޯ، ފިނާލޭ މޭ 13 ގައި

30 އެޕްރީލް 2017

ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ ޝޯ އަށް ދާ ގަދަ ތިން ބައިވެރިން ރޭ ކަށަވަރުވެ، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ އެ ޝޯ ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ ޝޯ އަށް ދާ ގަދަ ތިން ބައިވެރިން ރޭ ކަށަވަރުވެ، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ އެ ޝޯ ބާއްވަން ނިންމައިފި އެވެ.

ފިނާލޭ އަށް ދަތުރުކުރި ތިން ބައިވެރިންނަކީ ހަމޫދު އަހުމަދާއި މުހައްމަދު ތަސްނީމް (ބޮބް) ގެ އިތުރުން ޝަމްވީލް މުހައްމަދު (ބޮރޯ) އެވެ.

ރޭގެ އެލިމިނޭޝަން ޝޯ ކުރިއަށް ގެންދިޔައީ ގަދަ ފަސް ބައިވެރިންނާ އެކުގަ އެވެ. ގަދަ ތިނެއް ކަށަވަރުވެގެން ދިޔައިރު، ރޭ ކެޓީ އިބްރާހީމް ވަހީދު (ބޮޑުބެ) އާއި އަބްދުﷲ ހިޝާން އެވެ.

ހިޝާން އަކީ މިދިޔަ އަހަރުގެ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ތިން ވަނަ އަށް ދިިޔަ އަހުމަދު ހިޝާންގެ ކޮއްކޮ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ވެސް ޓައިޓްލް ސްޕޮންސަކޮށްފައިވާ ދިރާގުން ރޭ ވަނީ ފަސް ބައިވެރިންނަށް ހަދިޔާއެއްގެ ގޮތުގައި، ދާދި ފަހުން ތައާރަފު ކުރި ދިރާގު ޓީވީގެ ސަބްސްކްރައިބް އެއް އަހަރު ދުވަހަށް ހިލޭ ދީފަ އެވެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ރޭގެ ޝޯގައި މެހުމާނެއްގެ ގޮތުން ބައިވެރިވި ޑރ. ޝަމްރާހް ޖަޖުންނާއި ހޯސްޓުންނާ އެކު.

މޯލްޑިވިއަން އައިޑޮލް 2 ގެ ރޭގެ ޝޯގައި މެހުމާނެއްގެ ގޮތުން ބައިވެރިވި ޑރ. ޝަމްރާހް ޖަޖުންނާއި ހޯސްޓުންނާ އެކު.

ރޭގެ ޝޯ ފެށިގެން އައީ ސީޒަން އެކެއްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ "މޫނު ބުރުގާ ނެގީމާ މިރޭ" ލަވަ ކިޔައިގެން އެތައް ބަޔަކު އަންތަރީސްކޮށްލި ޑރ. އަހުމަދު ޝަމްރާހްގެ ލަވައަކުންނެވެ. އޭނާ ވަނީ ރޭ ވެސް ވަރަށް ރީތި، ކުރީގެ އަމިއްލަ ރާގެއް ސްޓޭޖް މަތީގައި ހުށަހަޅައި ދީފަ އެވެ.

އަދި ގެސްޓަ ޖަޖެއްގެ ގޮތުގައި އައިޑޮލްގެ ތިން ޖަޖުން ކަމަށްވާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އަދި އިސްމާއީލް އައްފާނާ އެކު ޝަމްރާހް ބައިވެރިވި އެވެ.

ރޭ ބައިވެރިންގެ ހުށަހެޅުންތަކަށް ބަލާ އިރު، މުޅިން ވެސް ފެނިގެން ދިޔައީ ޑްއެޓް ލަވަތަކެވެ. އެއީ ބައިވެރިންނަށް އެންމެ ކަމުދާ އަންހެން ލަވަ ކިޔުންތެރިއަކާ އެކުގަ އެވެ.

އެގޮތުް ބޮބް ލަވަ ކިޔާފައި ވަނީ ނިޝް ނާޝިދާ އެކުގަ އެވެ. ހަމޫދް ލަވަކީ ރާފިޔަތު ރަމީޒާއާ އެކުގަ އެވެ.

ބޮޑުބެ ބަތޫލް އަހުމަދާ އެކު ލަވަކީއިރު، ބޮރޯ ލަވަކީ މާއިން ރަޝީދާ އެކުގަ އެވެ. އަދި ހިޝާން ލަވަކީ އަންދަލާ ހަލީމާ އެކުގަ އެވެ.

މޯލްޑިވިއަން އައިޑޮލް 2 ގެ ރޭގެ ޝޯގައި ބައިވެރިންނާ އެކު ލަވަ ކީ ފަސް އަންހެން ލަވަ ކިޔުންތެރިން ސްޓޭޖް މަތީގައި ބައިވެރިންނާއި ހޯސްޓުންނާ އެކު.

މޯލްޑިވިއަން އައިޑޮލް 2 ގެ ރޭގެ ޝޯގައި ބައިވެރިންނާ އެކު ލަވަ ކީ ފަސް އަންހެން ލަވަ ކިޔުންތެރިން ސްޓޭޖް މަތީގައި ބައިވެރިންނާއި ހޯސްޓުންނާ އެކު.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ނިމުމަކާ ހަމައަށް އަންނައިރު، އަންނަ ހަފުތާގައި ޝޯއެއް ނޯންނާނެ އެވެ.

ދެން އައިޑޮލްގެ ޝޯއެއް ބެލުންތެރިންނާ ހަމައަށް އަންނާނީ ޕްރި ފިނާލޭގެ ޝޯއާ އެކު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

ޖެހިގެން އަންނަ ރޭ އޮންނަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ އެވެ. އެރޭ އެ ޓައިޓްލް އުފުލައިލާނެ ބައިވެރިއަކު އެނގޭނެ އެވެ.

މޯލްޑިވިއަން އައިޑޮލް އަކީ ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ އެވެ.