Roadha Mihaaru
މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ހޮވުން އަންނަހަފުތާއަށް

ރޭ އެލިމިނޭޝަނެއް ނެތް، މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ހޮވުން އަންނަހަފުތާއަށް

23 އެޕްރީލް 2017

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި މިހާރު ތިބި ގަދަ ފަސް ބައިވެރިން، ރޭ އެލިމިނޭޝަނަކަށް ނުގޮސް ސަލާމަތްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި މިހާރު ތިބި ގަދަ ފަސް ބައިވެރިން، ރޭ އެލިމިނޭޝަނަކަށް ނުގޮސް ސަލާމަތްވެއްޖެ އެވެ.

ތިން ބައިވެރިއަކު ބޮޓަމް ތުރީ އަށް ގެންދިއުމަށް ފަހު، އެލިމިނޭޝަނެއް ނެތްކަން އިއުލާން ކުރީ ޖަޖް އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

އޭނާ ބުނީ ތިން ޖަޖުން ވެސް ވާހަކަ ދައްކައިފައި، އެއްވެސް ބައިވެރިއަކު މުބާރާތުން ރޭ ވަކި ނުކުރަން ނިންމީ ކަމަށެވެ.

ރޭ ބޮޓަމް ތުރީ އަށް ދިޔައީ އިބްރާހީމް ވަހީދު (ބޮޑުބެ) އާއި އަބްދުﷲ ހިޝާންގެ އިތުރުން ޝަމްވީލް މުހައްމަދު (ބަރޯ) އެވެ.

އެކަމަކު އަންނަ ހަފުތާ ވެގެން ދާނީ، ޝޯއިން ދެ ބައިވެރިއަކު ވަކިވެގެން ދާނެ ހަފުތާއަކަށެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ޝޯ ނިމިގެން ދާނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ ތިނެއް ކަށަވަރުވުމަށް ފަހު އެވެ.

މޯލްޑިވިން އައިޑޮލް ދޭއްގެ ގަދަ ފަހަކަށް ބީއެމްއެލުން ދިން ހަދިޔާއާ އެކު، އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ.

މޯލްޑިވިން އައިޑޮލް ދޭއްގެ ގަދަ ފަހަކަށް ބީއެމްއެލުން ދިން ހަދިޔާއާ އެކު، އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ.

މޯލްޑިވިއަން އައިޑޮލް 2 ގެ ގަދަ ފަހެއް:

1. މުހައްމަދު ތަސްނީމް (ބޮބް) 2. އިބްރާހީމް ވަހީދު (ބޮޑުބެ) 3. ޝަމްވީލް މުހައްމަދު (ބޮރޯ) 4. ހަމޫދު އަހުމަދު (އަލްވިން) 5. އަބްދުﷲ ހިޝާން

ރޭގެ ޝޯ ހާއްސަވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ގަދަ 10 ގައި ހިމެނުނު ބައެއް ބައިވެރިންނާ އެކު، މި ފަހަރުގެ ސީޒަންގެ ގަދަ ފަހެއް އެކުވެގެން ހުށަހަޅައި ދިން ލަވަތަކަށެވެ.

އެގޮތުން ރޭގެ ޝޯގައި ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދާއި ދެވަނަ ހޯދީ ޝަލަބީ އިބްރާހީމްގެ އިތުރުން ތިން ވަނަ އަށް ދިޔަ އަހުމަދު އިޝާން ބައިވެރިވި އެވެ.

މީގެ އިތުރުން މުއައްޒިން އާއި ސޯދިގް ވެސް ރޭގެ ޝޯ އިން ފެނުނެވެ.

އެ ބައިވެރިންނާ އެކު، ސީޒަން ދޭއްގެ ބައިވެރިން ވަނީ ކޮންމެ ފަންނާނަކާ އެކު ތިން ލަވަ ހިމެނޭ މެޑްލީތަކެއް ހުށަހަޅައި ދީފަ އެވެ.

މޯލްޑިވިއަން އައިޑޮލް ދެއްގެ ގަދަ ފަހެއް، ސީޒަން އެކެއްގެ ބައެއް ބައިވެރިންނާ އެކު ރޭ ލަވަ ކިޔަނީ.

މޯލްޑިވިއަން އައިޑޮލް ދެއްގެ ގަދަ ފަހެއް، ސީޒަން އެކެއްގެ ބައެއް ބައިވެރިންނާ އެކު ރޭ ލަވަ ކިޔަނީ.

ޓީވީއެމުން ހަފުތާ ބަންދުގައި ގެނެސްދޭ މޯލްޑިވިއަން އައިޑޮލްގެ އަންނަ ހަފުތާ ބަންދުގެ ޝޯތަކުން ގަދަ 3 ކަށަވަރުވާނެތީ ވަރަށް ހާއްސަ ވާނެ އެވެ.