27 އޮކްޓޯބަރ 2017
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 27) - ސީރިއާގައި މިދިޔަ އެޕްރީލް މަހު ކެމިކަލް ގޭހުގެ ހަމަލާއެއްދީ އެތައް ބަޔަކު މަރާލުމުގެ ފަހަތުގައި ވަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ކަމަށް އދ.ގެ ތަހުގީގު ރިޕޯޓެއްގައި ބުނެފި އެވެ.
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 27) - ސީރިއާގައި މިދިޔަ އެޕްރީލް މަހު ކެމިކަލް ގޭހުގެ ހަމަލާއެއްދީ އެތައް ބަޔަކު މަރާލުމުގެ ފަހަތުގައި ވަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ކަމަށް އދ.ގެ ތަހުގީގު ރިޕޯޓެއްގައި ބުނެފި އެވެ.
އުތުރުގެ އިދްލީބް ޕްރޮވިންސްގެ ޚާން ޝެއިޚޫންގައި އެޕްރީލް 4 ވަނަ ދުވަހު ސަރިން ކަމަށް ބެލޭ ގޭސް ބޭނުންކޮށްގެން ދިން ހަމަލާގައި 80 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ގިނަ އަދަދަކަށް ހިމެނެ އެވެ. ސަރިން ގޭހަކީ ސައިނަޑް ވިހަ އަށް ވުރެ 20 ގުނަ ބާރުގަދަ އެއްޗެކެވެ.
މި ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިން ވަނީ ސީރިއާގެ އަސްކަރީ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ހަމަލާ ދިނީ ކެމިކަލް ހަމަލާ ދިން މަރުކަޒަށް ކަމަށެވެ.
އދ.ގެ މި ރިޕޯޓާ ގުޅިގެން ސީރިއާ ސަރުކާރުން ވަކި އެއްޗެއް އަަދި ނުބުނެ އެވެ. އެކަމަކު ސީރިއާ އިން ކުރިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން ސީރިއާގައި އެއްވެސް ބާވަތެއްގެ ކެމިކަލް ހަތިޔާރެއް ނުހުންނާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
އެކަމަކު ޔޫއެން ކޮމިޝަން އޮފް އިންކްވަޔަރީ (ސީއޯއައި) އިން ބުނެފައި ވަނީ ސީރިއާގެ ވައިގެ ސިފައިން ޚާން ޝެއިޚޫން އަށް ދިން ހަމަލާގައި ކެމިކަލް ހަތިޔާރުގެ އަސަރު ހުރި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ތަހުގީގު ޓީމުގެ ހޯދުންތައް ބިނާކޮށްފައި ވަނީ ބޮމުގެ ބައިތަކުގެ ފޮޓޯތަކާއި ސެޓެލައިޓް ފޮޓޯ އަދި މަންޒަރު ދުށް މީހުންގެ ހެކި ބަހުގެ މައްޗަށެވެ.
ސީރިއާގައި ދިން ކެމިކަލް ހަމަލާއެއްގައި 70 މަރު
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ