ސީރިއާއިން ވޯލްޑް ބޭންކަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ދަރަނި ސައޫދީ އަރަބިއްޔާ އާއި ގަތަރުން ދައްކައިދޭން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސީރިއާއިން ވޯލްޑް ބޭންކަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ދަރަނި ސައޫދީ އަރަބިއްޔާ އާއި ގަތަރުން ދައްކައިދޭން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސައޫދީ އާއި ގަތަރަކީ މިދިޔަ ޑިސެމްބަރު މަހު ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރި ފަހުން އެ ގައުމުގެ އާ ވެރިންނަށް ޑިޕްލޮމެޓި ގުޅުންތައް ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ގައުމެވެ.
"ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓްރީ އާއި ގަތަރު ގުޅިގެން މި އިއުލާނުކުރަނީ، ސީރިއާއިން ވޯލްޑް ބޭންކް ގްރޫޕަށް ލިބެންޖެހޭ ފައިސާ ހަމަޖައްސައިދޭން ވައުދުވެފައިވާކަންކަން. އެއީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު،" އެ ބަޔާނުގައިވެ އެވެ.
މިކަން އިއުލާނުކޮށްފައި މި ވަނީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ ބައްދަލުވުންތަކުގައި ސީރިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ފިނޭންސް މިނިސްޓަރު 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުންނެވެ.
ޑިމޮކްރަސީއަށް ގޮވާލައި ސީރިއާގައި ފެށި މުޒާހަރާތަކާ ދެކޮޅަށް ފެށި ލޭ އޮހޮރުވުމުގެ އޮޕަރޭޝަންތަކާ އެކު ސީރިއާގައި ފެށުނު ދާހިލީ ހަނގުރާމަ 14 އަހަރު ފަހުން މިދިޔަ އަހަރު ނިމުމަކަށް އައި އިރު ގައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހަނގުރާމަވެރިން ހޯދި ކުއްލި ކުރިއެރުންތަކުގައި ބައްޝާރު މަގާމުން ދުރުކޮށްފައިވާއިރު، ސީރިއާގެ އާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު އެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން އާރާސްތު ކުރަން މަސައްކަތް ފަށައިފަ އެވެ.
ހަނގުރާމަ ފެށުމާ އެކު ވޯލްޑް ބޭންކުން ވަނީ ސީރިއާގެ އޮޕަރޭޝަންތައް މެދުކަނޑާލައިފަ އެވެ. ވޯލްޑް ބޭންކަށް ދަރަނި އަދާކުރުމުން މާލީ އެހީތެރިކަމާއި ފަންނީ ލަފާ ހޯދުމުގެ ފުރުސަތު ސީރިއާއަށް އަލުން ލިބިގެންދާނެ އެވެ. -- އޭއެފްޕީ
ރާއްޖޭގެ ތަރައްގީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން!
ސީރިއާގެ ލީޑަރާއި ސައޫދީ ވަލީއަހުދުގެ ބައްދަލުވުމެއް
ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅު އުވާލަންޖެހޭ: ސައޫދީ
ސީރިއާއަށް އެހީވާން ބޮޑު ސަމިޓެއް ސައޫދީގައި ފަށަނީ
ސީރިއާއާ ދެކޮޅު ފިޔަވަޅުތައް އުވާލަންޖެހޭ: ގަތަރު
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
13 އަހަރަށް ފަހު ބައްޝާރު ސައުދީ އަށް ވަޑައިގެންފި
އަރަބި ޚާރިޖީ ވަޒީރުން ސީރިޔާ އަށް މަރުހަބާ ކިޔައިފި
ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި ސައުދީން އަތުލައިގެންފި