18 މެއި 2023
ސީރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައާ ގުޅިގެން، އަރަބި ލީގްގެ މެމްބަރުކަމުން ވަގުތީ ގޮތުން ވަކިކުރިތާ 11 އަހަރު ފަހުން، އަލުން ސީރިޔާ އަށް މެންބަރުކަން ދިނުމާ ގުޅިގެން، އެ ޖަމާއަތުގެ ބައްދަލުވުންތަކުގައި ސީރިޔާ ބައިވެރިވާން ފެށުމާއެކު، އަރަބި ޚާރިޖީ ވަޒީރުން ސީރިޔާ އަށް މަރުހަބާ ކިޔައިފި އެވެ.
ސީރިޔާގައި ފެށުނު ދާޚިލީ ހަނގުރާމައާ ގުޅިގެން، އަރަބި ލީގްގެ މެމްބަރުކަމުން ވަގުތީ ގޮތުން ވަކިކުރިތާ 11 އަހަރު ފަހުން، އަލުން ސީރިޔާ އަށް މެންބަރުކަން ދިނުމާ ގުޅިގެން، އެ ޖަމާއަތުގެ ބައްދަލުވުންތަކުގައި ސީރިޔާ ބައިވެރިވާން ފެށުމާއެކު، އަރަބި ޚާރިޖީ ވަޒީރުން ސީރިޔާ އަށް މަރުހަބާ ކިޔައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ފެށި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ސީރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު ބައިވެރިވެވަޑައިގަތުމާ އެކު އޭނާ އަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އެވެ. އަރަބި ލީގްގެ މި ދައުރުގެ ރިއާސަތު ބަލަހައްޓާ ސައޫދީ އަރަބިއްޔާގެ ފަރާތުން ސީރިޔާ އަށް މަރުހަބާ ކިޔުމާއެކު، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލްޣައިޘް އާއި އެހެން ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވެސް ސީރިޔާ އަށް މަރުހަބާ ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އިއްޔެ ބޭއްވީ، މާދަމާ ޖިއްދާގައި ފަށާ އަރަބި ވެރިންގެ މަހާސިންތާގެ އެޖެންޑާ ފާސްކުރުމަށެވެ. އެ މަހާސިންތާގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީން، ސީރިޔާގެ ޚާރިޖީ ވަޒީރު ދެއްވި އެވެ.
މެއި 17، 2023؛ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ސީރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. --އޭއެފްޕީ
ޖިއްދާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސީރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު ވިދާޅުވީ ސައޫދީ އަރަބިއްޔާ އާއި ސީރިޔާއާ ދެމެދު ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން ނިންމަވާފައިވާތީ، ކުރިއަށް ދުވަސްތަކުގައި އެމަގުން ގިނަ ކަންތަކެއް ކުރެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ އެމްބަސީ އަލުން ހުޅުވުމުގެ ގޮތުން ސީރިޔާ އިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް އަރަބި ގައުމުތަކުން ކުރަމުން އަންނަ ހުރިހާ ކަމަކަށް ސީރިޔާ އިން ފުރިހަމައަށް އެއްބާރުލުން ދޭނެ އެވެ. ސީރިޔާއަކީ ފެށުނީއްސުރެ އަރަބި ގައުމަކަށް ވާއިރު، އަރަބި ލީގުން ބޭރުގައި އޮތުމަކީ ސީރިޔާ އަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
މާދަމާ ޖިއްދާގައި ފަށާ އަރަބި ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ރައީސް ބައްޝާރުލް އަސަދަށް ޝާހީ ފަތްކޮޅަކުން ދައުވަތު އަރުވައިފަ އެވެ. އެ ދައުވަތު ގަބޫލުކުރައްވައި، މަހާސިންތާގައި ބައިވެރިވެވަޑައިގަންވާނެ ކަމަށް، ރައީސް ބައްޝާރު މި ހަފުތާގައި ވިދާޅުވި އެވެ.
އަރަބި ލީގުގައި ސީރިޔާ ބައިވެރިކުރަން އެ ޖަމާއަތުން ނިންމުމާ ގުޅިގެން، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވަނީ އެކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ. އަދި އެކަމާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ނޫސްތަކުގައި ދަނީ ރިޕޯޓްތައް ވެސް ޝާއިއު ކުރަމުންނެވެ.
އެމިރޭޓްސްގެ ހާރިޖީ ވަޒީރު ބައްޝާރު އަރިހަށް
ސަފީރު ކަމަށް ސަރީރު އައްޔަން ކުރަން ރުހުންދީފި
ސައޫދީގެ ސަފީރު ކަމަށް ސަރީރު އައްޔަން ކުރަނީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ސައޫދީ އެމްބަސީއެއް ގުދުސްގައި ނުހެދޭނެ: އިޒްރޭލު
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް