10 ނޮވެމްބަރ 2021
އެމިރޭޓްސްގެ ހާރިޖީ ވަޒީރު އައްޝައިޚް އަބްދުﷲ ބިން ޒާޔިދު އިއްޔެ ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވަޑައިގެން، އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުއާ ބައްދަލުކުރައްވައިފި އެވެ.
އެމިރޭޓްސްގެ ހާރިޖީ ވަޒީރު އައްޝައިޚް އަބްދުﷲ ބިން ޒާޔިދު އިއްޔެ ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވަޑައިގެން، އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުއާ ބައްދަލުކުރައްވައިފި އެވެ.
އެމިރޭޓްސްގެ ހާރިޖީ ވަޒީރުގެ މި ދަތުރަކީ، މީގެ 10 އަހަރު ކުރިން ސީރިޔާގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން، އެމިރޭޓްސްގެ އިސް ވެރިއަކު ސީރިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހާރިޖީ ވަޒީރުގެ މި ދަތުރުގައި އެމިރޭޓްސްގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގެން، ސީރިޔާ ސަރުކާރުގެ އެންމެ އިސް ވެރިންނާއެކު މަޝްވަރާތަކެއް ކުރެއްވި ކަމަށް ސީރިޔާގެ ރިއާސީ ގަނޑުވަރުން ބުނެ އެވެ.
ދެ ފަރާތުގެ މެދުގައި މަޝްވަރާކުރި އެންމެ މުހިންމު ކަންކަމަކީ، ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި އެއް ގައުމުން އަނެއް ގައުމުގައި އިންވެސްޓް ކުރުމެވެ. އޭގެ އިތުރުން ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެސް ދެ ވަފްދުގެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އެމިރޭޓްސްގެ ހާރިޖީ ވަޒީރު ސީރިޔާ އަށް މި ވަޑައިގަތީ، ސީރިޔާގައި ދާހިލީ ހަނގުރާމަ ފެށުމާ އެކު، ގަލްފުގެ ބައެއް ގައުމުތައް ސީރިޔާ ސަރުކާރާ ގުޅުން ކަނޑާލައި، އިދިކޮޅު ހަނގުރާމަވެރިންނަށް މަދަދު ފޯރުވައިދެމުން ދިއުމަށް ފަހުގަ އެވެ. އެމިރޭޓްސް އަކީ ވެސް، ފެބްރުއަރީ 2012 ގައި ސީރިޔާއާ ގުޅުން ކަނޑައިލި ގައުމެކެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވީ، ގަލްފުގެ ގައުމުތަކާ ދެކޮޅުވެރި ސިޔާސަތެއް ގެންގުޅޭ އީރާނުންނެވެ. ނަމަވެސް ޑިސެމްބަރު 2018 އިން ފެށިގެން، ގަލްފުގެ އަރަބި ގައުމުތަކުން އަންނަނީ، ސީރިޔާގައި ހުރި އެ ގައުމުތަކުގެ އެމްބަސީތައް އަލުން ހުޅުވަމުންނެވެ.
އެ ގައުމުތަކުން ބުނާ ގޮތުގައި، އެމްބަސީތައް އަލުން ހުޅުވަނީ އަރަބި އާއިލާގެ ތެރެއަށް ސީރިޔާ އަލުން ގެނައުމުގެ ގޮތުންނެވެ. އަރަބި ލީގުގެ މެންބަރުކަމުން ސީރިޔާ ސަސްޕެންޑްކުރުމަށް، 2011 ވަނަ އަހަރުން ފެށިގެން އެންމެ ބޮޑަށް ވަކާލާތުކުރި އެމިރޭޓްސް އިން، މިހާރު މަސައްކަތް ކުރަމުން އަންނަނީ އަރަބި ލީގުގައި ސީރިޔާގެ ދައުރު ފުޅާކުރުމަށެވެ.
ސީރިޔާއާ ގުޅުން ކަނޑައިލުމަށް ފަހު، އެ ގުޅުން އަލުން އިއާދަކުރަން މަސައްކަތް ކުރަމުން އަންނަ ހަމައެކަނި ގައުމަކީ އެމިރޭޓްސްއެއް ނޫނެވެ. ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރި ހަނގުރާމަވެރި ޖަމާއަތްތައް، ބައްޝާރުލް އަސަދުގެ ސަރުކާރުން ބަލިކުރުމާ އެކު، މިސްރާއި އުރުދުން ވެސް މިހާރު އަންނަނީ ސީރިޔާއާ އެކުގައި ގާތް ގުޅުމެއް އުފައްދަމުންނެވެ.
ނައިޖަރުން ފަރަންސޭސި ސިފައިން ބޭލުމަށް މަޝްވަރާކުރަނީ
އަރަބި ޚާރިޖީ ވަޒީރުން ސީރިޔާ އަށް މަރުހަބާ ކިޔައިފި
11 އަހަރަށް ފަހު ސީރިޔާ އަރަބި ލީގަށް
ބޭރުގެ ޑިޕްލޮމޭޓުން ސޫދާނުން ބޭރަށް
ސީރިޔާ ހަނގުރާމަ ދިގުދަންމަނީ ހުޅަނގުން: ބައްޝާރު
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި