ސީރިއާއާ ދެކޮޅަށް ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށްފައި ވާތީ، އަވަހަށް އުވާލަންޖެހޭ ކަމަށް ގަތަރުން އިއްޔެ ބުނެފި އެވެ.
ސީރިއާއާ ދެކޮޅަށް ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށްފައި ވާތީ، އަވަހަށް އުވާލަންޖެހޭ ކަމަށް ގަތަރުން އިއްޔެ ބުނެފި އެވެ.
"ސީރިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން އަވަސް ކުރުމަށް ކުރާ މަސައްކަތްތައް ހަލުވި ކުރުމަށް ގޮވާލަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ބްރީފިންއެއްގައި ވިދާޅުވި އެވެ.
ގަތަރުން މިކަމަށް ގޮވާލާފައި މިވަނީ މަތީ ފަންތީގެ ވަފުދެއް ސީރިއާގެ ވެރިރަށް ދިމިޝްގަށް ޒިޔާރަތްކުރިތާ އެއް ދުވަސް ފަހުންނެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ 13 އަހަރުވީ ނުތަނަވަސްކަން ނިމުމަކަށް ގެނެސް، އެތަނުގައި ހުންނަ ގަތަރު އެމްބަސީ އާދީއްތަ ދުވަހު ވަނީ ހުޅުވައިފަ އެވެ.
"ގަތަރުގެ ސްޓޭންޑް ވަރަށް ސާފު،" އަންސާރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އަވަހަށް އުވާލަން ޖެހެނީ، މި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މެދުވެރިވި ސަބަބު މިހާރު ނެތުމުން ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިވީ ކުރީގެ ސަރުކާރުގެ ޖަރީމާތަކާ ހެދި ކަމަށެވެ.
ބައްޝާރާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލުމުން ސަރުކާރާ ދެކޮޅަށް ޖަމާއަތްތަކުން ހަތިޔާރު ނެގުމުން އެ ޖަމާއަތްތަކަށް އެންމެ ބޮޑަށް ތާއީދުކުރި އެއް ގައުމަކީ ގަތަރެވެ.
އަވަށްޓެރި ބައެއް ގައުމުތަކާ ހިލާފަށް ގަތަރަކީ ބައްޝާރުގެ ސަރުކާރަށް ހުއްޓުމެއް ނެތި ފާޑުކިޔަމުން އައި ގައުމެކެވެ. މިދިޔަ އަހަރު އެނބުރި އަރަބި ޑިޕްލޮމެޓިކް މައިދާނަށް ސީރިއާ އައި ނަމަވެސް ގަތަރުން ސީރިއާއާ އަލުން ގުޅުން ގާއިމެއް ނުކުރެ އެވެ.
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ބައިނަލްއަގްވާމީ މުޖުތަމައު ފަސްޖެހިފައިވަނީ އަލަށް ވެރިކަން ހޯދި ހަނގުމަވެރިން ބާރުގެ ބޭނުންކުރާނެ ގޮތެއް ބެލުމަށް ވަގުތު ބޭނުންވާތީ އެވެ.
ސައޫދީ އާއި ގަތަރުން ސީރިއާގެ ދަރަނި ދައްކައިދެނީ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރަކު އަލްޖަޒީރާއަށް
އިޒްރޭލުގެ ގުޅުމާ މެދު އަލުން ވިސްނަން ގޮވާލައިފި
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ގަތަރުގެ އަމީރާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
އިސްލާމީ ވެރިންގެ ކުއްލި ސަމިޓަކަށް ރައީސް ގަތަރަށް
ތަފާތުކުރުން ހުއްޓާލައި އިޒްރޭލަށް އަދަބުދޭން ގޮވާލައިފި
އިޒްރޭލުން މަރާލީ އަސީރުންނަށް އޮތް އުންމީދު: ގަތަރު
އިޒްރޭލުން ބުނަނީ ހަމަލާ ދިނީ ގަތަރަށް ނޫން ކަމަށް