އިއްޔެ އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގައި ދިން ހަމަލާއަކީ ގަތަރަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ހަމާސްއަށް ދިން ހަމަލާއެއް ކަމަށް އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑެނީ ޑެނޮން ބުނެފި އެވެ.
އިއްޔެ އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގައި ދިން ހަމަލާއަކީ ގަތަރަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ހަމާސްއަށް ދިން ހަމަލާއެއް ކަމަށް އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑެނީ ޑެނޮން ބުނެފި އެވެ.
ހަމަލާ ދިފާއުކޮށް އިޒްރޭލުގެ ރޭޑިއޯ ޗެނަލް 103އެފްއެމް އަށް ދިން އިންޓަވިއުގައި ޑެނޮން ބުނީ އެމެރިކާ އާއި ގައުމުތަކުން މި ހަމަލާއާ މެދު ހިތްހަމަނުޖެހުނަސް މިއީ "ހަމަ އެންމެ ރަނގަޅަށް ކުރި ކަމެއް" ކަމަށެވެ.
"އަހަރެމެން އަބަދު މަސައްކަތްކުރަނީ އެމެރިކާގެ މަސްލަހަތަކަށް ނޫން،" ޑެނޮން ބުންޏެވެ.
"މަސައްކަތްކުރަނީ ގުޅިގެން، އެމެރިކާއިން ވަރަށް ބޮޑަށް އެހީވޭ. އަހަރެމެން އެކަން ބަލައިގަންނަން. އެކަމަކު އަހަރެމެން ބައެއްފަހަރު އަމިއްލަ ނިންމުންތައް ނިންމައި އެކަމުގެ މައުލޫމާތު އެމެރިކާއަށް ދެން."
"އެއީ ގަތަރަށް ދިން ހަމަލާއެއް. އެއީ ހަމާސްއަށް ދިން ހަމަލާއެއް. އަހަރެމެން ގަތަރާ ދެކޮޅެއް ނޫން. އަދި އަރަބި އެހެން ގައުމަކާ ވެސް ދެކޮޅެއް ނޫން. މިވަގުތު މި މަސައްކަތްކުރަނީ ޓެރަރިސްޓް ޖަމާއަތަކާ ދެކޮޅަށް،" ހަމާސްއަށް ނިސްބަތްކޮށް ޑެނޮން ބުންޏެވެ.
ޑެނޮން ބުނީ އިޒްރޭލުން އަދިވެސް ތިބީ އޮޕަރޭޝަންގެ ނަތީޖާގެ އިންތިޒާރުގައި ކަމަށެވެ.
"އަދި ނަތީޖާއާ މެދު އެއްޗެއް ބުނަން މާ އަވަސް. އެކަމަކު މިއީ ރަނގަޅު ނިންމުމެއް،" ހަމަލާ ދިފާއުކޮށް ޑެނޮން ބުންޏެވެ.
ހަމާސްއާ ގާތް ބައެއް މަސްދަރުތަކުން ބުނި ގޮތުގައި ހަމަލާ ދިން އިމާރާތުގައި ހަމާސްގެ އިސް ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ އާއި ކުރީގެ އިސް ލީޑަރު ކަމަށްވާ ޚާލިދު މިޝްއަލް ވެސް ހުންނެވި އެވެ. އެކަމަކު ހަމަލާގައި އިސް ބޭފުޅަކަށް ކަމެއް ނުވެ އެވެ. އެކަމަކު އިތުރު ހަ މީހަކު މަރުވެފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ހައްޔާގެ ދަރިފުޅަކާއި އެހީތެރިޔަކާއި ގަތަރުގެ ސަލާމަތީ ބާރުތަކުގެ މީހަކާއި ތިން ބޮޑީގާޑަކު ހިމެނެ އެވެ. -- އޭއެފްޕީ
ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރަކު އަލްޖަޒީރާއަށް
އިޒްރޭލުން މަރާލީ އަސީރުންނަށް އޮތް އުންމީދު: ގަތަރު
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރުގެ ވެރިރަށް ދޯހާ އަށް އިޒްރޭލުން ހަމަލާދީފި
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި
ހަނިއްޔާ ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގައި
ހަމަލާތައް ހުއްޓާލަން ހަމާސް އަށް ބޮޑު ހުށަހެޅުމެއް
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި