ގަތަރުގެ ވެރިރަށް ދޯހާގައި އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާގައި "މަރާލީ އިޒްރޭލުގެ އަސީރުންނަ އޮތް އުންމީދު" ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އިޒްރޭލުން ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާގައި "މަރާލީ އިޒްރޭލުގެ އަސީރުންނަ އޮތް އުންމީދު" ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަށް ހީވަނީ ނަތަންޔާހޫ އިއްޔެ އެ ކުރި ކަމަކީ ރަހީނުންނަށް އޮތް އުންމީދު މަރާލީހެން،" ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން މަސްރަހު ހޫނުވެފައި ވަނިކޮށް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ޝައިހް މުހައްމަދު ވިދާޅުވި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާއި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ގަތަރުންނެވެ.
ގަތަރުގައި ހަމާސްގެ އޮފިޝަލުން އުޅުއްވަނީ ސިއްރުން ނޫން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހަމަލާ ދިން ދުވަހު ވެސް އޭނާ ވަނީ އިޒްރޭލު އަސީރެއްގެ އާއިލާގެ ބަޔަކާ ބައްދަލުކުރައްވައިފަ އެވެ.
"އެ އާއިލާތަކުން އުންމީދުކުރަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުން މި ގެންދާ މީޑިއޭޝަންގެ މަސައްކަތުގެ ނަތީޖާއަށް. އެ މީހުންނަށް އެހެން އުންމީދެއް ނެތް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޖަރީމާތަކުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރަށް އިޝާރާތްކުރައްވައި ބޮޑުވަޒީރު ވިދާޅުވީ ނަތަންޔާހޫ އިންސާފުގެ ކުރިމަައްޗަށް ގެންދަންޖެހޭ ކަމަށެވެ. -- އޭއެފްޕީ
ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރަކު އަލްޖަޒީރާއަށް
އިޒްރޭލުން ބުނަނީ ހަމަލާ ދިނީ ގަތަރަށް ނޫން ކަމަށް
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރުގެ ވެރިރަށް ދޯހާ އަށް އިޒްރޭލުން ހަމަލާދީފި
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި
ހަނިއްޔާ ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގައި
ހަމަލާތައް ހުއްޓާލަން ހަމާސް އަށް ބޮޑު ހުށަހެޅުމެއް
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި