ގަތަރުގެ ވެރިރަށް ދޯހާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ވެރިން ދިރިއުޅުއްވާ އިމާރާތްތަކަށް އިޒްރޭލުން ހަމަލާދީ، އިޒްރޭލުން ގޮތެއްފޮތެއް ނުބަލައި ދެމުން ގެންދާ ހަމަލާތައް ފުޅާކޮށްފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ވެރިން ދިރިއުޅުއްވާ އިމާރާތްތަކަށް އިޒްރޭލުން ހަމަލާދީ، އިޒްރޭލުން ގޮތެއްފޮތެއް ނުބަލައި ދެމުން ގެންދާ ހަމަލާތައް ފުޅާކޮށްފި އެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމުކޮށް، ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ގަތަރުން ވަނީ އިޒްރޭލުގެ މި އަމަލު ހަރުކަށިކަމާ އެކު ކުށްވެރިކޮށްފަ އެވެ.
އަލްޖަޒީރާއިން ހަމާސްގެ އޮފިޝަލުންނާ ހަވާލާދީ ބުނީ ހަމަލާ ދީފައިވަނީ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް މަޝްވަރާކުރަން ތިއްބާ ކަމަށެވެ.
ގަތަރުން ބުނީ ހަމާސްގެ ސިޔާސީ ގޮފީގެ އެތައް ވެރިންނެއް އެ ގައުމުގައި އުޅުއްވާއިރު، އޭގެ ތެރެއިން އެތައް ބޭފުޅުންނެއްގެ ގެޔަށް އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. ހަމާސް އިން ބުނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ސުލްހައިގެ މަޝްވަރާތަކުގައި އުޅުއްވާ ބޭފުޅުންނަށް ކަމަށެވެ. އެކަމަކު ހަމަލާތަކުގައި އެއިން ބޭފުޅަކަށް ކަމެއް ވީކަމެއް އަދި ނޭނގެ އެވެ.
އިޒްރޭލުގެ ވެރިން ވަނީ މިއީ "ހުރިހާ ގޮތަކުން ބަލާއިރު ވެސް ޖަސްޓިފައިކުރެވޭ" ހަމަލާއެއް ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން އެމެރިކާއިން ވަނީ މި ހަމަލާތައް ދިނުމުގެ ކުރިން އިޒްރޭލުން އެމެރިކާއަށް އެކަން އަންގާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން މިއަދު ދިން ހަމަލާއެއް އަމާޒުވި އިމާރާތަކުން ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ
"ހަމާސްގެ މި ލީޑަޝިޕަކީ، 'ޓެރަރިސްޓު ޖަމާއަތް' ހިންގައި އަދި އޮކްޓޫބަރު 7 [2023] ގައި ދިން ހަމަލާގެ ޒިންމާ ސީދާ ގޮތުން އުފުލުންޖެހޭ މީހުން،" ހަމަލާދިންކަން ކަށަވަރުކޮށްދީ އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ދޯހާގައި ހިންގި މި އޮޕަރޭޝަންގެ ނަމަކީ 'ސަމިޓް އޮފް ފަޔަ'. މިއީ ވައިގެ މަގުން ދިން ހަމަލާތަކެއް،" އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އެކްސްގައި ވިދާޅުވީ "އިޒްރޭލުގެ މި ފިނޑި އަމަލު އަމާޒުކޮށްފައިވަނީ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިން ދޯހާގައި އުޅުއްވާ އިމާރާތްތަކަކަށް" ކަމަށެވެ. މިއީ އާންމުން އުޅޭ އިމާރާތްތަކެއް ކަމަށާއި މި ޖަރީމާ ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ގަތަރުގައި އިޒްރޭލުން ހަމަލާދީފައި މި ވަނީ އެކި ގައުމުތަކުގައި އުޅޭ ހަމާސްގެ ވެރިންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދިންތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ހަމާސްގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން އުޅުއްވަނީ އެހެން ގައުމުތަކުގައި ކަމަށާއި އިޒްރޭލުގެ އަސްކަރިއްޔާ އެ ހިސާބުތަކަށް ވެސް ދާނެ ކަމަށް މިދިޔަ މަހުގެ 31 ގައި ސިފައިންގެ ވެރިޔާ ވަނީ ބުނެފަ އެވެ.
ހަމަލާ އަމާޒުވި ހަމާސްގެ ލީޑަރަކު އަލްޖަޒީރާއަށް
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި
ހަނިއްޔާ ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގައި
ހަމަލާތައް ހުއްޓާލަން ހަމާސް އަށް ބޮޑު ހުށަހެޅުމެއް
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ތިން ދުވަހުން 175 އަސީރުން މިނިވަންކޮށްފި
އިޒްރޭލު ސިފައިން ގާޒާގެ ގެތައް ލޫޓުވައި ފޭރެނީ
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން