08 އެޕްރީލް 2018
ދިމިޝްގް (އެޕްރީލް 8) - ސީރިއާގެ އިރުމަތީ ޣޫތާގައި އިިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ދޫމާ އަށް ދިން ވިހަ ގޭހުގެ ހަމަލާއެއްގައި 70 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ދިމިޝްގް (އެޕްރީލް 8) - ސީރިއާގެ އިރުމަތީ ޣޫތާގައި އިިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ދޫމާ އަށް ދިން ވިހަ ގޭހުގެ ހަމަލާއެއްގައި 70 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސީރިއާގައި އެހީ ދިނުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސްގެ އޮފިޝަލުން ބުނީ ކެމިކަލް ހަމަލާގައި މަރުވި ވަރަށް ގިނަ މީހުންގެ ހަށިތައް ބިންގަރާހުން ވެސް ފެނިފައިވާ ކަމަށެވެ.
އެކަމަކު ސީރިއާ ސަރުކާރުން ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ކެމިކަލް ވިހަ ބޭނުން ކުރި ކަމަށް ބުނާ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ސީރިއާ ސިފައިންނާ އެކު އިރުމަތީ ޣޫތާ އަށް ހަމަލާ ދޭ ރަޝިޔާ އިން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
"ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން ވެސް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ މައްސަލަ އަކީ ދެބަސްވެވެން ނެތް ކަމެއް،" ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ވައިޓް ހެލްމެޓްސްގެ ޑިރެކްޓަރު ރާއިދު އަލް ސަލާހު ވިދާޅުވީ ވިހަ ގޭހުގެ ހަމަލާގައި 70 މީހުން ވެސް މަރުވެފައި ވަނީ ނޭވާ ހާސްވެގެން ކަމަށެވެ. އަދި މިހާރު ވެސް ބައެއް މީހުންނަށް ނޭވާލާން އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކެމިކަލް ހަމަލާގައި ވަނީ 180 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ސީރިއާގެ ރަސްމީ ނޫސް އެޖެންސީ، ސާނާ އިން ބުނީ ކެމިކަލް ހަމަލާ ދިން ކަމަށް އަޑު ފަތުރާފައި ވަނީ ދޫމާގައި ކޮންޓްރޯލް ނަގައިގެން ތިބި ޖައިޝުލް އިސްލާމް ކަމަށެވެ.
"ޖައިޝުލް އިސްލާމްގެ ޓެރަރިސްޓުން އެ ދަނީ ބަލިވަމުން. ސީރިއާ ސިފައިން ހުއްޓުވުން ކޮންޓްރޯލް ނުކުރެވުމުން އެ މީހުންނަށް ތާއީދުކުރާ މީޑިއާތަކުން ދަނީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނަމުން،" ރަސްމީ މީޑިއާ އިން ބުނެފައިވެ އެވެ.
ސީރިއާ އިން 2013 ވަނަ އަހަރު އިރުމަތީ ޣޫތާ އަށް ނާވް އެޖެންޓެއް ކަމަށްވާ ސަރިން ގޭހުގެ ހަމަލާއެއް ދިނުމުން އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ ޚާން ޝެއިޚޫން އަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ސީރިއާ އިން ކެމިކަލް ހަމަލާއެއް ދިނުމުން 80 މީހުން މަރުވެފައިވެ އެވެ.
ކެމިކަލް ހަމަލާދިން ތަން ތަޖްރިބާކާރުން ބަލާ ފާސްކޮށްފި
ކެމިކަލް ހަމަލާ ތަހުގީގު ކުރަން ރަޝިޔާ އިން ދެކޮޅު
ކެމިކަލް ހަމަލާ ދިން ތަނަށް އިންސްޕެކްޓަރުން ވައްދަނީ
ސީރިއާގެ ކެމިކަލް ހަމަލާއަކީ ބައެއްގެ ރޭވުމެއް: ރަޝިޔާ
ކެމިކަލް ހަމަލާ ދިން ހިސާބަށް ވަނުމަށް ޑަބްލިއުއެޗްއޯ އިން އެދިއްޖެ
ސީރިއާ އަށް ވަރުގަދަ ރައްދެއް ދޭނަން: ޓްރަމްޕް
ސީރިއާގައި ކެމިކަލް ހަމަލާއެއް ދިންކަމުގެ ހެއްކެއް ނެތް: ރަޝިޔާ
ސީރިއާގައި ކެމިކަލް ހަމަލާ ދިން މީހުން ބޮޑު އަގެއް ދައްކަން ޖެހޭނެ
ސީރިއާގައި ކެމިކަލް ހަމަލާ ދިނީ އަސަދުގެ ސަރުކާރުން
ކެމިކަލް ހަމަލާއާ ގުޅިގެން ސީރިއާ އަށް ދަތިކުރުމުގެ ފިޔަވަޅު