Roadha Mihaaru
ސީރިއާގައި ކެމިކަލް ހަމަލާ ދިން މީހުން ބޮޑު އަގެއް ދައްކަން ޖެހޭނެ

ސީރިއާގައި ކެމިކަލް ހަމަލާ ދިން މީހުން ބޮޑު އަގެއް ދައްކަން ޖެހޭނެ: ޓްރަމްޕް

08 އެޕްރީލް 2018

ވޮޝިންޓަން (އެޕްރީލް 8) - ސީރިއާގައި ކެމިކަލް ހަތިޔާރުގެ ހަމަލާ ދިން މީހުން އެކަމުގެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 8) - ސީރިއާގައި ކެމިކަލް ހަތިޔާރުގެ ހަމަލާ ދިން މީހުން އެކަމުގެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެެއްވައިފި އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދަކީ "ޖަނަވާރެއްގެ" ގޮތުގައި ވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ.

"ޖަނަވަރު އަސަދަށް ވާގިވެރިވުމުގެ ޒިންމާ ރައީސް ލަޑިމިއާ ޕުޓިން އާއި ރަޝިޔާ އަދި އީރާނުން އުފުލަން ޖެހޭނެ. އެކަމުގައި އެ މީހުން ބޮޑު އަގެއް އަދާކުރަން ޖެހޭނެ،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސީރިއާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާއެއްގައި ވަނީ 70 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހުކުރު ދުވަހުން ފެށިގެން ސީރިއާ ސިފައިން ދަނީ އުރުމަތީ ޣޫތާ އަށް ވައިގެ ހަމަލާ ދެމުން ކަމަށެވެ. އެކަމަކު ސީރިއާގެ ރަސްމީ ނޫސް އެޖެންސީން ވަނީ އިރުމަތީ ޣޫތާ އަށް ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެމެރިކާގެ ކުރީގެ ސަރުކާރުން ސީރިއާ އަށް ވައިގެ ހަމަލާ ދީފައި ނުވާތީ ޓްރަމްޕް ވަނީ ރައީސް ބަރަކް އޮބާމާ އަށް ވެސް ފާާޑު ވިދާޅުވެފަ އެވެ. އަދި ކުރިން ވައިގެ ހަމަލާ ދިން ނަމަ އަސަދުގެ ކަންތައް މިހާރު ނިމިއްޖެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.