25 އެޕްރީލް 2017
ވޮޝިންޓަން (އެޕްރީލް 25) - ސީރިއާގައި ދިން ކެމިކަލް ހަމަލާގައި ޒިންމާވާ ސަރުކާރުގެ އެޖެންސީގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.
ވޮޝިންޓަން (އެޕްރީލް 25) - ސީރިއާގައި ދިން ކެމިކަލް ހަމަލާގައި ޒިންމާވާ ސަރުކާރުގެ އެޖެންސީގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ ސީރިއަން ސައެންޓިފިކް ސްޓަޑީޒް އެންޑް ރިސާޗް ސެންޓާ (އެސްއެސްއާރުސީ) ގެ 271 މުވައްޒަފުންގެ އެމެރިކާގައި ހުރި މުދާތައް ފްރީޒް ކުރުމަށް އަންގައިފަ އެވެ. އެމެރިކާ އިން ގަބޫލް ކުރަނީ ސީރިއާގައި ކެމިކަލް ހަމަލާދީ 80 އަށް ވުރެ ގިނަ މީހުން މަރާލުމުގެ ޒިންމާ އުފުލަން ޖެހޭނީ އެސްއެސްއާރުސީން ކަމަށެވެ. ސީރިއާ އިން ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިން ކަމަށް ފަތުރާފައި ވަނީ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. ސީރިއާގައި ދިން ކެމިކަލް ހަމަލާ އުޒުރަކަށް ދައްކާ އެމެރިކާ އިން ވަނީ އެ ގައުމަށް މިސައިލް ހަމަލާދީފަ އެވެ.
ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ ސީރިއާގައި ކެމިކަލް އެޖެންޓްސް އުފައްދާ ސަޕްލައި ކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އެސްއެސްއާރުސީން ކަމަށެވެ. އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމުގެ އެއްވެސް ބަޔަކު އެސްއެސްއާރުސީގެ އެއްވެސް މުވައްޒަފަކާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުން ވެސް ވަނީ މަނާކޮށްފަ އެވެ.
ޓްރެޝަރީ ސެކްރެޓަރީ ސްޓީވް ނުޗިން ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އެޅީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަޕޯޓް ސެންޓަރުން އާއްމުންގެ ތެރޭން ފިރިހެނުންނާއި އަންހެނުން އަދި ކުޑަ ކުދިންނަށް ދިން ރަހުމެއް ނެތް ހަމަލާގެ އަދަބެއްގެ ގޮތުން ކަމަށެވެ. އަދި މިއީ އިންސާނިއްޔަތާ ޚިލާފަށް އަސަދުގެ ސަރުކާރުން ކުރާ ކަންކަމާ އެ މީހުން ޒިންމާވާން ޖެހޭނެ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސީރިއާގެ އިދްލީބުގެ ޚާން ޝެއިޚޫންނަށް މި މަހު 4 ވަނަ ދުވަހު ދީފައި ވަނީ ކެމިކަލް އެޖެންޓެއް ކަމަށްވާ ސަރިން ގޭހުގެ ހަމަލާއެއް ކަމަށް އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ބުނެފައިވެ އެވެ.
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން
ސީރިއާގެ ޖެޓުތަކުގެ 20 ޕަސެންޓް ހަލާކުކޮށްލައިފި
އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާ ހަނދާން ނުނެތޭނެ
ސީރިއާ އަށް އެމެރިކާ އިން ވައިގެ ހަމަލާދީފި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
އެމެރިކާ ބަދަލުހިފުމުން އިރާގާއި ސީރިއާ ރުޅިގަދަވެއްޖެ
އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން
އެމެރިކާގެ ފިޔަވަޅުތަކާ ހެދި ސީރިއާއަށް އެހީވާން ދަތި
އުރުދުގާނަށް ބައިޑަންގެ ތައުޒިޔާ، ބައްޝާރަށް އަޅާނުލި