Roadha Mihaaru
އެމެރިކާގެ ފިޔަވަޅުތަކާ ހެދި ސީރިއާއަށް އެހީވާން ދަތި

ސީރިއާ އަށް އައި ބިންހެލުން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އެހީވުން ވެސް އުނދަގޫ ކަމަކަށް

10 ފެބުރުއަރީ 2023

ދިމިޝްގް (ފެބްރުއަރީ 10) - ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިއާގެ ޕްރޮވިންސްތަކަށް އެހީ ފޯރުކޮށްދޭން، އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ސީރިއާގެ ރެޑް ކްރޮސެންޓުން ބުނެފި އެވެ.

ދިމިޝްގް (ފެބްރުއަރީ 10) - ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ސީރިއާގެ ޕްރޮވިންސްތަކަށް އެހީ ފޯރުކޮށްދޭން، އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ސީރިއާގެ ރެޑް ކްރޮސެންޓުން ބުނެފި އެވެ.

ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ސީރިއާ އިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ތުރުކީން އިން 17،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެއާއެކު ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 20،000 އަށް އަރައިފަ އެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ޕްރޮވިންސަކީ ތުރުކީގެ ހަޓައި ޕްރޮވިންސާއި ސީރިއާގެ ހަލަބެވެ. އެކަމަކު ސީރިއާ އަށް އެންމެ އެކަށީގެންވާ ވަރަށް އެހީ ފޯރުކޮށް ނުދެވޭތީ މީހުން ސަލާމަތް ކުރުމުގައި ވެސް އެންމެ އެކަށީގެންވާ ވަސީލަތްތައް ބޭނުން ނުކުރެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމަށް ބޭނުންކުރާ މެޝިނަރީ ނެތުމުން، މަސައްކަތް ކުރާ ސާމާނު އަތުން ހިފައިގެން، ވެއްޓި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ސީރިއާގެ ބައެއް ހިސާބުތަކުގައި ކުރިއަށް ގެންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސީރިއާއާ ދެކޮޅަށް އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ.

ބިންހެލުމުގެ ސަބަބުން ސީރިއާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްތައް ކުރިމަތި ކުރާތީ ސީރިއާ އިން ވަނީ ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ސީރިއާގެ އަރަބި ރެޑް ކްރެސެންޓްގެ ރައީސް ހާލިދު ހްބޫބަތީ ވަނީ އެ ގައުމަށް އެހީ ފޯރުކޮށް ދިނުމަށް މަގުފަހި ކުރުމަށް، އެމެރިކާ އާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވާފަ އެވެ.

ދިމިޝްގުގައި މީޑިއާތަކާ ވާހަކަ ދައްކަމުން ހްބޫބަތީ ވިދާޅުވީ، ރެޑްކްރޮސެންޓް ޖަމިއްޔާ އަށް އެމްބިއުލަިންސާއި ވެއްޓިފައިވާ އިމާރާތްތައް ނަގައި ސާފު ކުރުމަށް މެޝިނަރީ ބޭނުންވާ ކަމަށެވެ.

"އެކަމަކު މައިގަނޑު ހުރަހަކީ ސީރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް. އެ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އަޅުގަނޑުމެން ޑިމާންޑް ކުރަން،" ހްބޫބަތީ ވިދާޅުވި އެވެ.