ޖޯޑަންގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީ އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލުމުން އެކަމުގެ ޒިންމާ، އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރިންނަށް ތުހުމަތުކޮށް ސީރިއާ އާއި އިރާގަށް އެމެރިކާއިން ހަމަލާ ދިނުމުން އެ ދެ ގައުމުން ނުރުހުން ފާޅުކޮށްފި އެވެ.
ޖޯޑަންގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީ އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލުމުން އެކަމުގެ ޒިންމާ، އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރިންނަށް ތުހުމަތުކޮށް ސީރިއާ އާއި އިރާގަށް އެމެރިކާއިން ހަމަލާ ދިނުމުން އެ ދެ ގައުމުން ނުރުހުން ފާޅުކޮށްފި އެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެމެރިކާ ސިފައިންނަށް ހަމަލާ ދިނުމުން އެމެރިކާއިން ސީރިއާ އާއި އިރާގަށް ހަމަލާދިނީ އެމެރިކާއަށް ހަމަލާދިން ކަމަށް ތުހުމަތުވާ ހަނގުރާމަވެރި ޖަމާއަތްތައް އުޅޭ ތަންތަނަށް ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވި ކަމަށް އިރާގުން ވަނީ ބުނެފަ އެވެ. އެމެރިކާގެ އެންމެ ބޮޑު ތުހުމަތު އޮތީ އިރާނަށް ކަމަށް ވިޔަސް އީރާންގެ ސަރަހައްދު ތެރެއަށް އެމެރިކާގެ ހަަމަލާއެއް އަމާޒެއް ނުކުރެ އެވެ. މިއީ އާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރަށް އެމެރިކާއިން އަމަލުކުރި ގޮތެއް ކަމަށް ބެލެވުނަސް އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ނާމާން ވެފައިވާ މަސްރަހު މިހާރު ވަނީ އިތުރަށް ގޯސްވެފަ އެވެ. އީރާނާ އެކު ސީރިއާ އަދި އިރާގުން ވެސް ވަނީ އެމެރިކާގެ ސަބަބުން ހާލަތު އިތުރަށް ނުރައްކާވެ ޓެރަރިޒަމަށް ހިތްވަރު ލިބޭނެ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ އީރާން ސިފައިންނާއި ހަނގުރާމަވެރި ޖަމާއަތްތަކުން ބޭނުންކުރާ 85 އަށް ވުރެ ގިނަ ތަނަށް އަމާޒުކޮށް އެމެރިކާގެ ޖެޓްތަކުން ހަމަލާ ދިން ކަމަށެވެ. އޭނާ ވިދާޅުވީ ހަމަލާ ދިން ފެސިލިޓީތަކުގެ ތެރެއިން ތިން ތަނެއް އިރާގުގައި ހުރި ކަމަށާއި ހަތަރު ތަނެއް ސީރިއާގައި ހުރި ކަމަށެވެ.
"މި ތަންތަނަށް އަމާޒުކޮށް ހަމަލާ ދީފައި ވާނީ އާންމުންނަށް ގެއްލުން ނުވާނެ ގޮތް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އިރާގުން ބުނީ މަރުވި 16 މީހުންގެ ތެރޭގައި އާންމުން ހިމެނޭ ކަމަށެވެ.
"މި ހަމަލާތަކުގެ. ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތީ ރައްކާތެރިކަން މި ވައްޓާލެވެނީ ނުބައި ފައްތަރަކަށް،" އިރާގު ސަރުކާރުގެ ތަރުޖަމާނު ބައްސާމް އަލް އަވާދީ ވިދާޅުވި އެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިއާ އަލް ސުދާނީ ވަނީ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ހިތާމައިގެ ތިން ދުވަސް އިއުލާނުކުރައްވައިފަ އެވެ.
އިރާނުން ބުނީ މިއީ އެމެރިކާއިން އަނެއްކާ ވެސް ކުރި މޮޔަ އަމަލެއް ކަމަށާއި މިކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުލިބި ހާލަތު ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް އިން ބުނީ އެމެރިކާއިން "އަލިފާނަށް ތެޔޮ އެޅީ" ކަމަށެވެ.
ރަޝިއާއިން ވެސް އެމެރިކާގެ ހަމަލާތައް ކުށްވެރިކޮށް ބުނީ މިއީ މުޅި މެދުއިރުމަތި ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށެވެ.
ސީރިއާއިން ވެސް ބުނީ މިއީ ހައްދުފަހަނައެޅި ޖަމާއަތްތަކުގެ އަމަލުތައް އިތުރުވެ ހާލަތު އިތުރަށް ގޯސްވާ ގޮތަށް އެމެރިކާއިން ހިންގި އަމަލެއް ކަމަށެވެ.
އެމެރިކާއިން ބުނީ "ދިފާއުގައި" އަދިވެސް ހަމަލާ ދޭނެ ކަމަށާއި އެކަން ކުރަންޖެހޭ ވަގުތު، ކުރަން ޖެހުނު ގޮތަކަށް ކުރާނެ ކަމަށެވެ. --އޭއެފްޕީ
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
އެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް އިތުރުވަނީ
އެމެރިކާ ސިފައިންގެ ހަމަލާތަކެއް ސީރިޔާ އާއި އިރާގަށް
ސީރިއާ އިން ފޭބި އެމެރިކާ ސިފައިން އިރާގަށް
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން