އިރާގާއި ސީރިޔާއަށް އަރައި ތިބި އެމެރިކާ ސިފައިން އެ ސަރަހައްދުން ފައިބަން ތައްޔާރުވަމުން އަންނަ އިރު، އެ ދެ ގައުމުގައި އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވާން ފަށައިފި އެވެ.
އިރާގާއި ސީރިޔާއަށް އަރައި ތިބި އެމެރިކާ ސިފައިން އެ ސަރަހައްދުން ފައިބަން ތައްޔާރުވަމުން އަންނަ އިރު، އެ ދެ ގައުމުގައި އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވާން ފަށައިފި އެވެ.
ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އެ ގައުމުގެ އިރުމަތީގައި އެމެރިކާ ސިފައިން ގާއިމުވެ ތިބޭ އަސްކަރީ މަރުކަޒަށް އިއްޔެ މިސައިލް ހަމަލާތަކެއް ދިނެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެ ހަމަލާތައް ދިނީ، ސީރިޔާ ސަރުކާރަށް ވަފާތެރި އަދި އީރާންގެ އަސްކަރީ މަދަދު ލިބޭ ޝީއީ ހަނގުރާމަވެރިންގެ ބައެކެވެ.
އެ ހަމަލާތައް ދިނުމާ ގުޅިގެން، އެމެރިކާ ސިފައިން ވަނީ ރައްދުގައި ބޮޑުބަޑިން ހަމަލާ ދީފައި ކަމަށް ސީރިޔާގައި ތިބި ކޯލިޝަން ލަޝްކަރުގެ ތަރުޖަމާނު ވައިން މާރޯޓޯ ބުންޏެވެ. އޭނާ ބުނީ މިއީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށާއި، އެމެރިކާ ސިފައިންގެ މަރުކަޒަށް ދިން މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ސީރިޔާގެ ބައެއް މަސްދަރުތައް ބުނާ ގޮތުން، އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސީރިޔާ އަށް ގޮސް ތިބި ގުޅިފައިވާ އަސްކަރީ ލަޝްކަރުގެ ސިފައިން ތިބޭ މަރުކަޒާ ކައިރި ސަރަހައްދުތަކަށް ގިނަ މިސައިލްތަކެއް ވެއްޓުނެވެ.
އިރާގާއި ސީރިޔާގައި ތިބޭ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ސިފައިންނަށް ދޭ ހަމަލާތައް މި އިތުރުވީ، އިރާގާއި ސީރިޔާގައި ތިބި އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ އަމާޒުތަކަކަށް، މިދިޔަ އާދީއްތަ ދުވަހު އެމެރިކާ ސިފައިން ހަމަލާ ދިނުމާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ހަތަރު މީހަކު މަރުވި އެވެ.
އެމެރިކާ ސަރުކާރުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ހަމަލާތައް އަމާޒުކުރި ތަންތަން ކަނޑައެޅީ، އިރާގު ސަރުކާރުގެ ޖާސޫސީ މައުލޫމާތަށް ބަރޯސާވެގެނެއް ނޫނެވެ. އަދި އެ ހަމަލާ ދިނުމުގެ ކުރިން، އިރާގު ސަރުކާރަށް އެކަމުގެ މައުލޫމާތު ނުދޭ ކަމަށް ވެސް އެމެރިކާ ސަރުކާރުން ބުންޏެވެ.
ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އިރާގުގައި ތިބި އެމެރިކާ ސިފައިންގެ ބަޔަކު ވެސް މިހާރު ވަނީ ސީރިޔާގައި ތިބޭ އެމެރިކާ ސިފައިންނަށް މަދަދު ދިނުމަށް ސީރިޔާ އަށް ގެނެސްފަ އެވެ. އެމީހުންނާ އެކު އެމެރިކާ ސިފައިންގެ ގިނަ އަދަދެއްގެ ބަރު ހަތިޔާރު ވެސް ސީރިޔާ އަށް ގެނައި ކަމަށްވެ އެވެ.
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
އެމެރިކާ ބަދަލުހިފުމުން އިރާގާއި ސީރިއާ ރުޅިގަދަވެއްޖެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
އެމެރިކާ ސިފައިންގެ ހަމަލާތަކެއް ސީރިޔާ އާއި އިރާގަށް
ސީރިއާ އިން ފޭބި އެމެރިކާ ސިފައިން އިރާގަށް
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން