11 އެޕްރީލް 2017
ވޮޝިންޓަން (އެޕްރީލް 11) - ސީރިއާ އިން ކެމިކަލް ހަމަލާ ދިން ކަމަށް ބަލާ އެ ގައުމަށް އެމެރިކާ އިން މިދިޔަ ހަފުތާގައި ދިން މިސައިލް ހަމަލާގައި ރައީސް ބައްޝާރުލް އަސަދުގެ ހަނގުރާމަ މަތީ ޖެޓުތަކުގެ 20 ޕަސެންޓް ހަލާކުކޮށްލެވުނު ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
ވޮޝިންޓަން (އެޕްރީލް 11) - ސީރިއާ އިން ކެމިކަލް ހަމަލާ ދިން ކަމަށް ބަލާ އެ ގައުމަށް އެމެރިކާ އިން މިދިޔަ ހަފުތާގައި ދިން މިސައިލް ހަމަލާގައި ރައީސް ބައްޝާރުލް އަސަދުގެ ހަނގުރާމަ މަތީ ޖެޓުތަކުގެ 20 ޕަސެންޓް ހަލާކުކޮށްލެވުނު ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް ވިދާޅުވީ ސީރިއާ އަށް ދިން ހަމަލާ ޑިފެންސް ޑިޕާޓްމަންޓުން ވަޒަން ކުރިއިރު ތެލާއި ގޮވާތަކެތި ރައްކާކުރާ ސައިޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން ސީރިއާގެ ހަނގުރާމަމަތީ ޖެޓުތަކުގެ 20 ޕަސެންޓް ހަލާކުކޮށްލެވުނު ކަމަށެވެ.
"ސީރިއާގެ ޝޭރާތު ވައިގެ މަރުކަޒަށް ދިން ހަމަލާގައި މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމާއި އަސްކަރީ ގާބިލްކަން ވަނީ ނައްތާލެވިފައި،" މެޓިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާން ކާނަލް ޖޯން ތޯމަސް ވެސް ކުރިން ވިދާޅުވެފައި ވަނީ ސީރިއާގެ މެދުތެރޭގެ ހިމްސް ޕްރޮވިންސާ ކައިރީގައި އޮންނަ ޝޭރާތު ވައިގެ މަރުކަޒަށް ދިން މިސައިލް ހަމަލާގައި ސީރިއާގެ ޖެޓުތަކުގެ ފަސްބައިކުޅަ އެއްބައި ހަލާކުކޮށްލާފައިވާ ކަމަށެވެ.
މެޓިސް ވިދާޅުވީ އެމެރިކާ އިން ވައިގެ ހަމަލާ ދީނީ ސީރިއާ އިން ކެމިކަލް ހަމަލާ ދިނުމުން ކަމަށެވެ.
މެޑިޓެރޭނިއަން ކަނޑުގައިވާ އެމެރިކާގެ މަނަވަރުތަކުން ސީރިއާ އަށް ހުކުރު ދުވަހު ވަނީ 59 ޓޮމަހޯކް މިސައިލް ފޮނުވާލައިފަ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ޝޭރާތަށް ދިން ހަމަލާގައި މިގް-23 ގެ ހަ ބޯޓާއި ވަރަށް ގިނަ އިމާރާތްތައް ހަލާކުވި ކަމަށެވެ. އަދި އެމެރިކާ އިން ފޮނުވާލި ކަމަށް ބުނާ 59 މިސައިލްގެ ތެރޭން ޝޭރާތާ ހަމައަށް ފޯރީ 23 މިސައިލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދްލީބުގެ ޚާން ޝެއިޚޫން އަށް ދިން ކެމިކަލް ހަމަލާގައި 87 މީހުން ވަނީ މަރުވެފަ އެވެ.
ކެމިކަލް ހަމަލާއާ ގުޅިގެން ސީރިއާ އަށް ދަތިކުރުމުގެ ފިޔަވަޅު
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން
އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާ ހަނދާން ނުނެތޭނެ
ސީރިއާ އަށް އެމެރިކާ އިން ވައިގެ ހަމަލާދީފި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
އެމެރިކާ ބަދަލުހިފުމުން އިރާގާއި ސީރިއާ ރުޅިގަދަވެއްޖެ
އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން
އެމެރިކާގެ ފިޔަވަޅުތަކާ ހެދި ސީރިއާއަށް އެހީވާން ދަތި
އުރުދުގާނަށް ބައިޑަންގެ ތައުޒިޔާ، ބައްޝާރަށް އަޅާނުލި